Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަންޑޭ ގެ ޙުކުމް ފަސްކުރުން

ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

މަންޑޭގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާ އަށް ދިގު މުއްދަތެއް ޖަލު ހުކުމެއް އަންނާނެ. ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ އަޑު އެހުން ފަސްކުރުމަށް މަންޑޭ ގެ ފަރާތުން އެދިފައިވާ ކަމަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ޑިސެމްބަރު 2025 | ބުރާސްފަތި 14:18
ކޭ ޕާކު މައްސަލައިގައި ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މަމްދޫހު

ކޭ ޕާކު މައްސަލައިގައި ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މަމްދޫހު

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތުން އެތައް ބައެއްގެ  އަތުން ފައިސާ ނެގިކަމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ)  ކޯޓަށް ހާޒިރު ނުވުމުން އެ މައްސަލައިގެ ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި އެވެ. 

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭ ގައި ތަރައްގީކުރަމުންދާ ކޭ-ޕާކް ރެޒިޑެންސް ގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ފެންމަތިވެ، މަންޑޭގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ވަނީ އުފުލާފަ އެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ފަހު ގެއްލުން ލިބުނު 51 މީހުންނާ ގުޅިގެން ދައުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ 12 ޑިސެންބަރު 2023 ގައެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ އަޑު އެހުން ފަސްކުރުމަށް މަންޑޭ ގެ ފަރާތުން އެދިފައިވާ ކަމަށެވެ.  ނަމަވެސް ޝަރީއަތް އޮންނާނެކަން މަންޑޭ އަށް ކޯޓުން އަންގާފައި ވެ އެވެ. އެހެންކަމުން ކޯޓަށް ހާޒިރުނުވާ މީހުންނާ މެދު އަމަލުކުރާ އުސޫލުން މަންޑޭ އާއި މެދު ވެސް އަމަލު ކުރާނެ އެވެ.

މަންޑޭގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާ އަށް ދިގު މުއްދަތެއް ޖަލު ހުކުމެއް އަންނާނެ ކަން ފާހަގަކޮށްލެވެ އެވެ. 

މަންޑޭއަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރެ އެވެ. އަދި އެ މަޝްރޫއު ހިންގާ ކުންފުނިކަމަށްވާ ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު އުޅެނީ ފައިސާ ހިފައިގެން ފިލަން ކަމަށް ވެސް މަންޑޭ ތުހުމަތުކޮށްފައި ވެ އެވެ.

މަންޑޭކޭ ޕާކް ރެޒިޑެންސްކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ޝަރުތުތަކާއެކު ޝަމްޢާން ބަންދުން ދޫކޮށްލައިފި

25 ޑިސެމްބަރު 2025
ޝަރުތުތަކާއެކު ޝަމްޢާން ބަންދުން ދޫކޮށްލައިފި
25 ޑިސެމްބަރު 2025

ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ވެއްޖެ

25 ޑިސެމްބަރު 2025
ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ވެއްޖެ
21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު