Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުށްކުރުން

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

34 އަހަރުގެ ޝަމާހު މޫސާ ދީދީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި 10 ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވޭ. ފުލުހުންގެ ބަހުން އޭނާގެ އަތުން ތޫނު ހަތިޔާރެއް ފެނިފައިވާ ކަމަށާއި ޝަމާހު އަކީ މި ފަދަ މައްސަލަތަކުގެ ރިކޯޑު އޮތް މީހެއް ކަމަށް ކޯޓުގެ އަމުރުގައި ވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޑިސެމްބަރު 2025 | ހޮނިހިރު 08:12
ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން- (ފައިލް)

ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން- (ފައިލް)

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ. 

34 އަހަރުގެ ޝަމާހު މޫސާ ދީދީ ބަންދު ކުރުމުގެ އަމުރަކަށް އެދިފައިވަނީ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ ފަރާތުންނެވެ. 

އޭނާ ބަންދު ކުރުމަށް އަމުރު ކޮށްފައިވަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގަ އެވެ. މިމަހުގެ 25 ވަނަ ދުވަހު އޭނާ 10 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް އަމުރު ކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި، ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ބަހުން އޭނާ ގެ އަތުން ތޫނު ހަތިޔާރެއް ފެނިފައިވާކަން އެނގޭ ކަމަށެވެ.

މީގެ އިތުރުން ޝާމާހު އަކީ އެތައް ފަހަރަކު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށާއި، މި ފަދަ މައްސަލަތަކުގެ ރިކޯޑު އޮތް މީހެއް ކަމަށެވެ.

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި މީގެ ކުރިން  ވެސް މީހުން ހައްޔަރު ކޮށްފައިވެ އެވެ. ޖަމާއަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ގެންގުޅެނީ ބޮޑެތި މާރާމާރީތަކާ ޓެރަރިޒަމްގެ ނުރައްކާތެރި އަމަލުތައް ހިންގުމުގެ މަގުސަދު ގައި ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ. 

ޝަމާހު މޫސާދީދީކްރިމިނަލް ކޯޓްޖަމާއަތް ހަދައިގެން ހަތިޔާރު ގެންގުޅުން

އިތުރަށް ކިޔާލަން

27 ޑިސެމްބަރު 2025

ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

27 ޑިސެމްބަރު 2025
ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި
26 ޑިސެމްބަރު 2025

ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ

26 ޑިސެމްބަރު 2025
ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ
25 ޑިސެމްބަރު 2025

ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

25 ޑިސެމްބަރު 2025
ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި
25 ޑިސެމްބަރު 2025

ޝަރުތުތަކާއެކު ޝަމްޢާން ބަންދުން ދޫކޮށްލައިފި

25 ޑިސެމްބަރު 2025
ޝަރުތުތަކާއެކު ޝަމްޢާން ބަންދުން ދޫކޮށްލައިފި
25 ޑިސެމްބަރު 2025

ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ވެއްޖެ

25 ޑިސެމްބަރު 2025
ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު