Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓް

ނަފްސާނީ ބަލި ހުންނަ ކޮއްކޮ އަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ގ.ސެމިޓޯ/ކ.މާލެ، 28 އަހަރުގެ މާދިހު، ނަފްސާނީ ބަލި ހުންނަ ކޮއްކޮ އަށް ވަޅިން ހަމަލާދީ ޒަހަމް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް 30 ދުވަހުގެ ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައި. މި ބާވަތުގެ މައްސަލައެއް އޮކްޓޫބަރު މަހުގައި ވެސް ހިންގާފައިވާ ކަމަށް ފުލުހުން ބުނޭ. ނަމަވެސް ގަސްދުގައި ކޮއްކޮއަށް އަނިޔާ ނުކުރާ ކަމަށާއި، އޭނާ އަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށް މާދިހު ކޯޓުގައި ބުނެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 31 ޑިސެމްބަރު 2025 | ބުދަ 09:35
ގޭންގް ސަޕްރެޝަން ޑިޕާޓްމަންޓުގެ ފުލުހުން ހަރަކާތްތެރިވަނީ- ފައިލް ފޮޓޯ

ގޭންގް ސަޕްރެޝަން ޑިޕާޓްމަންޓުގެ ފުލުހުން ހަރަކާތްތެރިވަނީ- ފައިލް ފޮޓޯ

ނަފްސާނީ ބަލި ހުންނަ ކޮއްކޮ އަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ގ.ސެމިޓޯ/ކ.މާލެ، 28 އަހަރުގެ މާދިހު މުހައްމަދު އިބްރާހިމް އެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މާދިހުގެ ބަންދަށް 30 ދުވަސް ޖަހާފަ އެވެ. އަދި ކަސްޓޯޑިއަލް ޖަލެއް ގައި ބެހެއްޓުމަށް އަމުރު ކޮށްފައިވެ އެވެ. 

ބަންދުގައި ބަހައްޓަން ނިންމި ސަބަބުގެ ގޮތުގައި ކޯޓުން ބުނީ ތުހުމަތެއް ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި، ސީން ފޮޓޯ އާއި އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާގެ ފޮޓޯ ހުށަހަޅާފައިވާ ކަމަށެވެ. 

ކޯޓުގެ އަމުރު ގައި މާދިހު ހައްޔަރު ކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅާފައިވެ އެވެ.  

މީގެ އިތުރުން މާދިހު ވަކީލަކު ބޭނުން ނުވާ ކަމަށް ބުނުމުން، ވަކީލަކު ނެތުމުން ޝަރީއަތުގައި އޭނާ ދައްކާ ވާހަކަ ތަކަކީ އޭނާއާ ދެކޮޅަށް ބޭނުން ކުރެވިދާނެ ވާހަކަ ތަކެއް ކަމަށް ހަނދާން ކޮށް ދެވުނު ކަމަށް ކޯޓު އަމަރުގައި ބުނެފައިވެ އެވެ. 

ފުލުހުން ކޯޓުގައި ބުނީ، މާދިހު ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ އޭނާ ގެ ކޮއްކޮ ކަމަށާއި، މި ބާވަތުގެ މައްސަލަ މި އަހަރުގެ އޮކްޓޫބަރު މަހުގައި ވެސް ހިންގާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ދައުވާކޮށް ފައިވާ ކަމަށް އައިއޯ ފާހަގަ ކޮށްފައިވެ އެވެ. 

މާދިހު ކޯޓުގައި ބުނެފައިވަނީ އޭނާ ގެ ކޮއްކޮ އަކީ ނަފްސާނީ ބަލި ހުންނަ ކުއްޖެއް ކަމަށާއި، އަމިއްލަ ނަފްސަށް ވެސް ބައެއް ފަހަރު އަނިޔާ ދޭ ކަމަށެވެ. ގަސްދުގައި ކޮއްކޮއަށް އަނިޔާ ނުކުރާ ކަމަށާއި، އޭނާ އަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށެވެ. ނަމަވެސް އެކަން ފުލުހުން ނުބަލާކަން ފާހަގަ ކޮށްފައިވެ އެވެ.

ކޯޓު އަމުރުގައި ވާ ގޮތުގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މާދިހު އަކީ ބަންދުގެ ރެކޯޑު އޮތް މީހެކެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ދެބެންގެ ދެމެދުގައި މިމާރާމާރީ ހިންގާފައިވަނީ 29 ޑިސެންބަރު 2025 ގަ އެވެ.

މާދިހު މުހައްމަދު އިބްރާހިމްކްރިމިނަލް ކޯޓްމާރާމާރީނަފްސާނީ ބަލި

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2025

ކޭޕާކް މައްސަލައިގައި މަންޑޭ 397 އަހަރަށް ޖަލަށް، މިއީ ރާއްޖޭގައި އިއްވި އެންމެ ދިގު ޖަލު ހުކުމް!

31 ޑިސެމްބަރު 2025
ކޭޕާކް މައްސަލައިގައި މަންޑޭ 397 އަހަރަށް ޖަލަށް، މިއީ ރާއްޖޭގައި އިއްވި އެންމެ ދިގު ޖަލު ހުކުމް!
27 ޑިސެމްބަރު 2025

ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

27 ޑިސެމްބަރު 2025
ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ
27 ޑިސެމްބަރު 2025

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

27 ޑިސެމްބަރު 2025
ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
27 ޑިސެމްބަރު 2025

ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

27 ޑިސެމްބަރު 2025
ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި
26 ޑިސެމްބަރު 2025

ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ

26 ޑިސެމްބަރު 2025
ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު