Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޭޕާކް މައްސަލަ

ކޭޕާކް މައްސަލައިގައި މަންޑޭ 397 އަހަރަށް ޖަލަށް، މިއީ ރާއްޖޭގައި އިއްވި އެންމެ ދިގު ޖަލު ހުކުމް!

ކޭޕާކް ފްލެޓް ވިއްކުމުގެ މައްސަލައިގައި ހަސަން މަމްދޫހުގެ މައްޗަށް 100 އަށްވުރެ ގިނަ ދައުވާގެ ތެރެއިން 94 ދައުވާ ސާބިތުވެ 397 އަހަރާއި 6 މަހާއި 20 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ. ޖަލު ހުކުމުގެ އިތުރުން 30 މިލިއަން ރުފިޔާގެ ޖޫރިމަނާއާއެކު ހުޅުމާލެއިން ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 08:11
މަންޑޭ އަދި އޭނާ ދިރިއުޅޭ ގެ ބަލާ ފަސްކުރުމުގެ ތެރެއިން ފުލުހުންނަށް ފެނުނު ބައެއް ތަކެތި

މަންޑޭ އަދި އޭނާ ދިރިއުޅޭ ގެ ބަލާ ފަސްކުރުމުގެ ތެރެއިން ފުލުހުންނަށް ފެނުނު ބައެއް ތަކެތި

ކޭޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ކްރިމިނަލް ކޯޓުގައި 94 ދައުވާ ސާބިތުވި  ހަސަން މަމްދޫހު (މަންޑޭ)  397 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

މަންޑޭ ގެ މައްޗަށް ކުރި 100 އަށް ވުރެ ގިނަ ދައުވާގެ ތެރެއިން 94 ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މި މަހުގެ 27 ވަނަ ދުވަހުގަ އެވެ. 

Advertisement - newsAdvertisement

ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ މަންޑޭ ގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން އޭނާ ގެ މައްޗަށް ސާބިތުވީ، ޓެކުމުގެ 46 ދައުވާ އާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ އާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ 3 ދައުވާ އާއި، މަނީ ލޯންޑްރިންގ ގެ 1 ދައުވާ އޭނާ ގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި އޭނާ ގެ މައްޗަށް 397 އަހަރުގެ ޖަލުގެ ހުކުމެއް އައިސްފައި ވަނީ  އޭނާ ގެ މައްޗަށް ސާބިތުވި ޓެކުމުގެ 46 ދައުވާގައި، ކޮންމެ ދައުވާއެއް ގައި 8 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭ ހެން ޖުމްލަ 368 އަހަރުގެ ޖަލު ހުކުމަކާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި ޖުމްލަ 14 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން މަނީ ލޯންޑްރިންގ ގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ 3 ދައުވާއެއް ގައި ދޮޅު އަހަރުގެ ޖަލު ހުކުމެއް އިއްވުމުން ނެވެ.

އެހެން ކަމުން ބަންދުގައި ހޭދަކުރި މުއްދަތު އުނި ކުރުމަށްފަހު، ހުރިހާ ދައުވާއެއްގެ އަދަބަކީ ޖުމުލަ 397 އަހަރާއި 6 މަހާއި 20 ދުވަސް ކަމަށް  މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ހުކުމް ކުރެއްވި އެވެ. ޖަލު ހުކުމުގެ އިތުރުން  މަނީ ލޯންޑްރިންގ ގެ ކުށުގައި މަންޑޭ 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު ފައިސާ ނެގި މީހުންނަށް އެ ފައިސާ ދިނުމަށް ވެސް ކޯޓުން އަމުރު ކޮށްފައި ވެ އެވެ. 

އޭގެ އިތުރުން އޭނާ ގަނެފައިވާ ޕެންޓްހައުސްއާއި އެ ތަނުގައި ހުރި މުދާތައް ދައުލަތަށް ނެގުމަށް ވެސް ހުކުމް ކޮށްފައި ވެ އެވެ.

ކްރިމިނަލް ކޯޓުން ވަނީ މަންޑޭގެ އިތުރުން އޭނާ އާއެކު މި މައްސަލައިގައި ހިމެނޭ ޖައިޝާން ސައީދު 159 އަހަރަށް ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފަ އެވެ.

ހަސަން މަމްދޫހް ކްރިމިނަލް ކޯޓްމަނީ ލޯންޑަރިންގ

ކޮމެންޓް

އިތުރަށް ކިޔާލަން

އޭސީސީ އާއި ފުލުހުންނާއި ގުޅިގެން މިހާރު 13 މައްސަލަ އެއް އެބަ ބަލާ: ފުލުހުން

އޭސީސީ އާއި ފުލުހުންނާއި ގުޅިގެން މިހާރު 13 މައްސަލަ އެއް އެބަ ބަލާ: ފުލުހުން

30 ޑިސެމްބަރު 2025
ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

27 ޑިސެމްބަރު 2025
ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

27 ޑިސެމްބަރު 2025
ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

27 ޑިސެމްބަރު 2025
މަންޑޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މަންޑޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

27 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު