Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޭ-ޕާކް މައްސަލަ

ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ

ހަސަން މަމްދޫހު ބަންދުގައި ބަހައްޓައިގެން 2025 ޑިސެންބަރު 27 ވަނަ ދުވަހުގެ 14:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވޭ. މި އަމުރާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުން.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2025 | ހުކުރު 18:48
ކޭ ޕާކު މައްސަލައިގައި ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މަމްދޫހު (މަންޑޭ)

ކޭ ޕާކު މައްސަލައިގައި ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މަމްދޫހު (މަންޑޭ)

ކޭ-ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ކޯޓަށް ހާޒިރު ނުވުމުން ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އޭނާ ހޯދަން ފަށައިފި އެވެ.

ރާއްޖެ އެމްވީ އިން ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުން ބުނީ  އ. އެރަލްަސީ /މާލެ، ޙަސަން މަމްދޫހު ބަންދުގައި ބަހައްޓައިގެން 2025 ޑިސެންބަރު 27 ވަނަ ދުވަހުގެ 14:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. 

ބުރާސްފަތި ދުވަހު މަންޑޭ އޭނާ ގެ މައްސަލައިގެ އަޑު އެހުމަށް ހާޒިރު ނުވުމުން އެ މައްސަލައިގެ ހުކުމް ކުރުން ހޮނިހިރު ދުވަހަށް ވަނީ ލަސްކޮށްފަ އެވެ.  ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ އަޑު އެހުން ފަސްކުރުމަށް މަންޑޭ ގެ ފަރާތުން އެދުނު ނަމަވެސް ޝަރީއަތް އޮންނާނެކަން މަންޑޭ އަށް އަންގާފައިވާނެ ކަމަށެވެ. އެ ސަބަބަށްޓަކާ ކޯޓަށް ހާޒިރުނުވާ މީހުންނާ މެދު އަމަލުކުރާ އުސޫލުން މަންޑޭ އާއި މެދު ވެސް އަމަލު ކުރާނެ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭ ގައި ތަރައްގީކުރަމުންދާ ކޭ-ޕާކް ރެޒިޑެންސް ގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މަންޑޭގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ވަނީ އުފުލާފަ އެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ފަހު ގެއްލުން ލިބުނު 51 މީހުންނާ ގުޅިގެން ދައުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ 12 ޑިސެންބަރު 2023 ގައެވެ.

މަންޑޭގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާ އަށް ދިގު މުއްދަތެއް ޖަލު ހުކުމެއް އަންނާނެ ކަން ފާހަގަކޮށްލެވެ އެވެ.

ހަސަން މަމްދޫހް ކޭ-ޕާކް ރެސިޑެންސީކްރިމިނަލް ކޯޓްހަންބޯ ކޮމްޕެނީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

25 ޑިސެމްބަރު 2025
ޝަރުތުތަކާއެކު ޝަމްޢާން ބަންދުން ދޫކޮށްލައިފި

ޝަރުތުތަކާއެކު ޝަމްޢާން ބަންދުން ދޫކޮށްލައިފި

25 ޑިސެމްބަރު 2025
ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ވެއްޖެ

ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ވެއްޖެ

25 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު