Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔޫކްރެއިން

ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

ޓްރަމްޕާއި ޒެލެންސްކީއާ ދެމެދު ބޭއްވުނު މަޝްވަރާތަކުގައި ކީވްއަށް ސަލާމަތީ ގެރެންޓީތައް ދިނުމުގައި ކުރިއެރުމެއް ލިބުނު ނަމަވެސް ބިމުގެ މައްސަލައިގައި ދެފަރާތް އެއްބަސްވުމަކަށް ނާދެވުނު. ޒެލެންސްކީ ވިދާޅުވީ ޒަޕޮރިޒިއާ ނިއުކްލިއަރ މަރުކަޒާއި ޑޮންބާސް ސަރަހައްދުގެ މުސްތަގުބަލުގެ މައްސަލަ ހައްލުނުވެ އޮތް ކަމަށް.

ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2025 | ހޯމަ 15:50
ޔޫކްރެއިންގެ ރައީސް ވުލޮޑިމިއާ ޒެލެންސްކީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގެ ޕާމް ބީޗްގެ މާ-އޭ-ލަގޯ ކްލަބުގައި ބޭއްވި މެންދުރުގެ ކެއުމަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި - ޑިސެމްބަރު 28، 2025

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔޫކްރެއިންގެ ރައީސް ވުލޮޑެމިއަރ ޒެލެންސްކީއާ ދެމެދު ބޭއްވުނު މަޝްވަރާތަކުން ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު އޮތް ބިމުގެ މައްސަލަތަކަށް ކުރިއެރުމެއް ނުލިބި ނިމިއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔޫކްރެއިނުގެ ލީޑަރު ވޮލޮޑިމިރް ޒެލެންސްކީއާ ދެމެދު ބޭއްވުނު ވާހަކަ ދެއްކުންތަކުގައި ކީވްއަށް ސަލާމަތީ ގެރެންޓީތައް ދިނުމުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުނު ނަމަވެސް، ސުލްހައިގެ އެއްބަސްވުމަކަށް ހުރަސް އަޅާ ބިމުގެ މައްސަލަތަކުގައި ޔޫކްރެއިނާއި ރަޝިޔާއާ ދެފަރާތް އެއްބަސްވުމަކާ ވަރަށް ދުރުގައި ތިބިކަން ފާހަގަކުރެވިފައިވާކަން ރިޕޯޓްތައް ބުނެ އެވެ.

ޔޫކްރެއިނުގެ ރައީސާ އެކު އާދީއްތަ ދުވަހު ބޭއްވި މަޝްވަރާތަކަށްފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކާ "ވަރަށް ގާތަށް، ފަހަރެއްގައި ވަރަށް ބޮޑަށް ގާތަށް" ދެފަރާތައް އާދެވިފައިވާ ކަމަށާއި ނަމަވެސް "އުނދަގޫ ގޮންޖެހުންތައް" އަދިވެސް ހުރި ކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ، 20 ނުކުތާގެ ސުލްހައިގެ ހުށަހެޅުމެއްގައި ހިމެނޭ މުހިންމު ދެ މައްސަލައެއް ހައްލުނުވެ އެބައޮތް ކަމަށެވެ. އެއީ ރަޝިޔާގެ ބާރުގެ ދަށުގައިވާ ޔޫކްރެއިނުގެ ޒަޕޮރިޒިއާ ނިއުކްލިއަރ ހަކަތަ އުފައްދާ މަރުކަޒުގެ ކޮންޓްރޯލް އާއި އިރުމަތީ ޔޫކްރެއިނުގެ ޑޮންބާސް ސަރަހައްދުގެ މުސްތަގުބަލެވެ.

ޒެލެންސްކީ ނޫސްވެރިންނަށް ވިދާޅުވީ، "ދެ ސުވާލެއް އެބަ އޮތް: ސްޓޭޝަން – އެ ސްޓޭޝަން ހިންގާނީ ކިހިނެއް؟ – އަދި ސަރަހައްދު،" އެވެ.

ބިމުގެ މައްސަލައިގައި ކީވްއާއި މޮސްކޯއާ ދެމެދު ވަރަށް ބޮޑެތި ތަފާތުތައް ހުރިކަން ފާހަގަކޮށް، ކްރެމްލިންގެ ތަރުޖަމާނު ދިމިތްރީ ޕެސްކޮވް ވިދާޅުވީ، ޑޮންބާސްގެ ކުޑަ ބައެއް ޔޫކްރެއިނުން އަދިވެސް ކޮންޓްރޯލް ކުރާއިރު، އެ ސަރަހައްދުން ޔޫކްރެއިނުގެ ސިފައިން ފޭބުން ކޮންމެހެން މުހިންމު ކަމަށާއި އަދި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ޔޫކްރެއިނަށް އިތުރު ބިން ގެއްލޭނެ ކަމަށެވެ.

ޕެސްކޮވް ވިދާޅުވީ، "އަޅުގަނޑުމެން މިދައްކަނީ ޑޮންބާސްއިން [ޔޫކްރެއިން] ސަރުކާރުގެ ހަތިޔާރު އެޅި ފަރާތްތައް ފޭބުމުގެ ވާހަކަ،" ކަމަށެވެ.

ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމިރް ޕޫޓިންއާ ދެމެދު  ފޯނުން މަޝްވަރާ ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، ގުޅުއްވާނެ ވަގުތެއް ވިދާޅެއް ނުވެއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްވޮލޮޑިމިރް ޒެލެންސްކީވްލަޑިމިއަރ ޕުޓިންޔޫކްރެއިން-ރަޝިޔާޑޮންބާސްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫކްރެއިންނަށް ފޮނުވާ ޔޫރަޕްގެ ކޮންމެ އަސްކަރީ ފައުޖެއް ވާނީ ރަޝިޔާގެ ހައްގު ޓާގެޓަކަށް: ލަވްރޯވް

ޔޫކްރެއިންނަށް ފޮނުވާ ޔޫރަޕްގެ ކޮންމެ އަސްކަރީ ފައުޖެއް ވާނީ ރަޝިޔާގެ ހައްގު ޓާގެޓަކަށް: ލަވްރޯވް

29 ޑިސެމްބަރު 2025
ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

29 ޑިސެމްބަރު 2025
ޓްރަމްޕް ވިދާޅުވީ ޕުޓިން އާއި ޒެެލެންސްކީ ވެސް ހުންނެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށް

ޓްރަމްޕް ވިދާޅުވީ ޕުޓިން އާއި ޒެެލެންސްކީ ވެސް ހުންނެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށް

29 ޑިސެމްބަރު 2025
ރަޝިޔާގެ ހަމަލާ ތަކުގެ ސަބަބުން ޔުކްރެއިންގެ 2600 އަށް ވުރެ ގިނަ އިމާރާތަކަށް ހޫނު ކުރެވޭނެ ގޮތެއް ނެތިފައި

ރަޝިޔާގެ ހަމަލާ ތަކުގެ ސަބަބުން ޔުކްރެއިންގެ 2600 އަށް ވުރެ ގިނަ އިމާރާތަކަށް ހޫނު ކުރެވޭނެ ގޮތެއް ނެތިފައި

28 ޑިސެމްބަރު 2025
އީރާނަށް ހަމަލާ ދޭން އިޒްރޭލުން ރާވަނީ - މިފަހަރުގެ ސަބަބަކީ އީރާނުގެ މިސައިލް ޕްރޮގްރާމް

އީރާނަށް ހަމަލާ ދޭން އިޒްރޭލުން ރާވަނީ - މިފަހަރުގެ ސަބަބަކީ އީރާނުގެ މިސައިލް ޕްރޮގްރާމް

27 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު