Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
2025 - ބޮޑެތި ވައްކަން

ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ވައުދުވެގެން އައި ސަރުކާރުން މުގުރާލީ ރެކޯޑެއް!

ރައީސް މުއިއްޒުގެ ވެރިކަމުގައި ކޮރަޕްޝަނާއި ވައްކަން އިންތިހާއަށް އިތުރުވެފައިވާއިރު، ބޮޑެތި މަޝްރޫއުތައް ގާތް ރައްޓެހިންނަށް ބީލަމަކާ ނުލައި ދީފައިވޭ. ސަރުކާރުގެ މަގާމުތަކުން ކޮރަޕްޝަންގެ ތުހުމަތުގައި ވަކިކުރި ބޭފުޅުން ފަހުން އަލުން އެހެން މަގާމުތަކަށް އައްޔަންކޮށްފައިވާއިރު، މިކަން ބައިނަލްއަގުވާމީ ރިޕޯޓްތަކުން ދައްކައިދޭ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2026 | ބުރާސްފަތި 13:43
މި ސަރުކާރު އައީ ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ވައުދުވެގެން

މި ސަރުކާރު އައީ ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ވައުދުވެގެން

ޖުމްހޫރީ ވެރިކަމެއްގެ އެންމެ އަސާސީ ސިފައަކީ ރައްޔިތުން އިންތިހާބު ކުރާ ވެރިއަކު ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދިނުމެވެ. ގާނޫނުއަސާސީގެ ހަތަރެއް، ފަހެއް، ހައެއް އަދި ހަތް ވަނަ މާއްދާގައި ހުދާއި ކަޅުން ދިވެހި ބަހުން އެ ވާހަކަ ލިޔެފައި އޮވެ އެވެ.

ޑިމޮކްރެސީގެ ރިވެތި ނަމުގައި ވެރިކަމަށް ވަޑައިގެން، ދައުލަތުގެ އެންމެހައި ބާރުތައް އެންމެ މީހެއްގެ މުށުތެރެއަށް ޖަމާކުރަމުންދާ ދިއުމަކީ ތާރީހުގައި ހިނގާފައިވާ ހުދުމުހުތާރު ވެރިކަންތަކުގެ ހަނދާންތައް އާކޮށްދޭ ކަމެކެވެ. ވޭތުވެދިޔަ އަހަރަށް ބަލައިލުމުން އެކަން ފެނިގެން ހިނގައްޖެ އެވެ.

ދިވެހިރާއްޖެ އަކީ މަނީ ލޯންޑަރިން އާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި ކޮރަޕްޝަނުގެ ކުށްތަކާއި، އޮގަނައިޒްޑް ކްރައިމް އާއި، މަކަރާއި ހީލަތުން އަދި، ނާޖާއިޒު ގޮތުގައި ފައިސާ ހޯދުމުގެ ނުރައްކާ ބޮޑު ގައުމެއް ކަމަށް އޭޝިއާ ޕެސިފިކް ގްރޫޕް އޮން މަނީ ލޯންޑަރިން (އޭޕީޖީ) އިން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަންމުކުރި ރިޕޯޓެއްގައިވެސް ބުނެފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވިފަހުން މިގައުމުގައި ކޮރަޕްޝަނާއި ވައްކަން އިންތިހާ އަށް އިތުރުވެފައިވާކަމީ އެނގެން އޮތް ހަގީގަތެކެވެ. އެގޮތުން ނަސަންދުރަައިގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެތައް ސަތޭކަ މިލިއަން ރުފިޔާ ގެ މަޝްރޫއުތައް ބަހާލިތާ މާ ގިނަ ދުވަހެއް ނުވެ އެވެ. ރައިސް މުޢިއްޒު އިސްކޮށް ހުންނަވާ މިހާބޮޑު އޮޅުވާލުމެއް ރައްޔިތުންނަށް އޮޅުވާލުމަށް ފަހު، ސަރުކާރުގެ ތެރޭގައި އެންމެ ގިނައިން ކަރަޕްޝަން ހިންގަނީ ދަށު ލެވެލްގެ ވަޒީފާ އިން ފެށިގެން މެދުފަންތިއާ ހަމައިގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން ރައީސް މުއިއްޒު އަށް ވަނީ އަމާޒުވެފަ އެވެ.

206 މަޝްރޫއު ބޭނުން ބަޔަކަށް ބަހާލި އިރު ސަރުކާރުގެ ޕްރޮޖެކްޓުތައް ބީލަމަށް ނުލައި ދެވޭނެ ގޮތަށް މާލިއްޔަތުގެ ގާނޫނަކު ނެތެވެ. މުއިއްޒު ދެފުށް ފެންނަ ވާހަކަ ދައްކަވާ އިރު، މި ޕްރޮޖެކްޓުތައް އިއުލާނުކޮށްފަ އެއް ނުވެއެވެ. ޖަވާބުދާރީ ވާ ވާހަކަ ދައްކަވާ އިރު، ސަރުކާރާ ގުޅުން ހުރި ފަރާތްތަކުގެ ކުންފުނިތައް ފިޔަވައި އެހެން އެއްވެސް ބަޔަކަށް ފުރުސަތު ދީފައެއް ނުވެއެވެ. އެންމެ ކުޑަ މިނުން ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ހިމެނޭ ބައެއްތޯ ބަލާލުމެއް ވެސް ނެތި ބޮޑެތި އުމުރާނީ ތަރައްގީގެ މަސައްކަތްތައް ގާތް ރައްޓެހިންނަށް އޮތީ ދީފަ އެވެ. ޒިންމާދާރު ކަމާ އެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ވާހަކަ ދައްކަވާ އިރު އެއީ އުވާލުމުގެ މަރުހަލާގައި އޮތް ކުންފުންޏެއްތޯ ވެސް ބަލާލުމެއް ވެސް ނެތެވެ.

މި ސަރުކާރު އިންތިޚާބު ކުރެވުނީ ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ވަޢުދުގައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ހަލުވިކަމާއިއެކު ކުރިއަށް ނުދާއިރު ރައީސް މުޢިއްޒުގެ ޒާތީ ތަޢައްސުބު މިފަދަ މައްސަލަތަކުގެ ތެރެއިން ދަނީ ފެންނަމުންނެވެ. ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީޕީއައި) ފަދަ ބައިނަލްއަގުވާމީ އިންޑެކްސްތަކުން ދައްކާ ގޮތުގައި ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވެއެވެ. މިކަމުން ދޭހަވަނީ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ތަހުގީގުކޮށް ޝަރީއަތް ކުރުމުގައި ފެއިލްވެފައިވާ ކަމެވެ. ބޮޑެތި އިންފްރާސްޓްރަކްޗަރ ކޮންޓްރެކްޓްތަކާއި ޕަބްލިކް އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކުގައި ނިންމުންތައް ނިންމުމުގައި ސިއްރު ކުރުމުގެ ސަގާފަތެއް ސަރުކާރުންދަނީ ގެންގުޅެމުންނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ހުރި މައްސަލަތަކަކީ މިއަދު އައު ވާހަކައެއް ނޫނެވެ. ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަން އިންތިހާ އަށް ބޮޑުވެ އެކަމުގެ އަޑު ގަދަވަމުން ދާއިރު، ފައިދާގައި ހިންގަމުން އައި ކުންފުނިތައް ވެސް މިއަދު ގެއްލުމުގައި ހިންގަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ.

މި ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން ހިންގައިގެން އެއްވެސް މީހަކު ހާސްވާކަށް ނުޖެހޭނެއެވެ. ބިރު ވެސް ގަންނާކަށް ނުޖެހޭނެއެވެ. ސަބަބަކީ އެއިން މީހަކާ ދެކޮޅަށް މި ސަރުކާރުން އަޅާނެ ފިޔަވަޅެއް، ހިންގާނެ ތަޙުގީގެއް އަދި ކުރާނެ ޝަރީއަތެއް ނޯންނާނެތީއެވެ. އެ މީހެއްގެ މައްޗަށް ތުހުމަތުތައް ކޮށްކޮށް، ރައްޔިތުން އިންތިހާ އަށް ރުޅި ގަދަވެ، ސަރުކާރަށް ހަދާނެ ގޮތް ހުސްވުމުން ދެން ކުރާނީ މަގާމުން ވަކި ކޮށްފާނެ އެވެ. އެކަމަކު ފިޔަވަޅެއް ނާޅާނެއެވެ. އޭގެ ބަދަލުގައި އެ ވާހަކަތައް މަތިން ރައްޔިތުން ހަނދާން ނެތޭހާ ދުވަސް ކޮށްލުމަށް ފަހު، ދެން އެ މީހަކަށް ކިޔާނީ މަރުޙަބާއެވެ. ދެއްވާނީ އެހެން މަގާމެކެވެ. އެހެން ހައިސިއްޔަތެކެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައި، އިބްރާހީމް ފަޒުލް ރަޝީދު ހިންގެވި ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ރައްޔިތުން ހަނދާން ނެތޭހާ ދުވަހެއް ނުވެ އެވެ. ހަދާނެ ގޮތް ހުސްވެ، ދައްކާނެ ބަހަނާތައް ހުސްވުމުން، ފަޟުލް ދެއްވީ އިސްތިއުފާއެވެ. އެއާއެކު، އެހެން ބޭފުޅަކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އައްޔަން ކުރެއްވުމަށް ފަހު ރައީސް މުޢިއްޒު ވިދާޅުވީ، ދެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ރަނގަޅުވާނެ ކަމަށެވެ. ދެން އައްޔަން ކުރެއްވި ބޭފުޅަކީ އިތުބާރު ކުރެވޭ، އަދި ވަރަށް ނަޒާހަތްތެރި ބޭފުޅެއް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ.

އެކަމަކު، އޭގެ މަސްތަކެއް ފަހުން ފެނުނީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ހަރުގޭގައި ރައީސް މުޢިއްޒު ބޭއްވި ޚާއްސަ ހަފުލާއެއްގެ ކުރީ ސަފުގައި ފަޟުލް އިންދައެވެ. ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ސެނެޓުގެ މެމްބަރު ކަމުގެ ހުވާ ކުރައްވައި، އެކަމަށް އިޤުރާރުވެ ރައީސް މުޢިއްޒުގެ އަތްފުޅުން މަގާމުގެ ލިޔުމާ ހަވާލުވީއެވެ. އަދި ނިމުނީއެއް ނޫނެވެ. އޭގެ ދުވަސް ކޮޅެއް ފަހުން އަޑު އިވުނީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ވ އަތޮޅުގެ ކެމްޕެއިން މެނޭޖަރަކަށް ފަޟުލް ހަމަޖެއްސެވި ވާހަކަ އެވެ. އެތައް ތުހުމަތެއް އަމާޒުވެފައި ހުރި ފަޒުލް އެ އުޅުއްވަނީ ހެވިލައިފަ އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް، އަޙުމަދު ޝަމާހު ރަޝީދު މަގާމުން ވަކި ކުރީ، އޭނާ ގެ މައްޗަށް އެތައް ތުހުމަތެއް ކޮށްފައެވެ. އެ މައްސަލަ ބަލާކަމެއް ނުވަތަ، ނުބަލާ ކަމެއް ވެސް ދެނަހުރި މީހަކު ނެތެވެ. އެކަން އެހެން އޮއްވައި، ދެން މި އިވުނީ ސަރުކާރުން ޝަމާހުއަށް ވެސް މަރުޙަބާ ކީ އަޑެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ޙުސެއިން ފަހުމީ ވަކި ކުރުމަށް ފަހު، އެ މަޤާމަށް އައްޔަން ކުރެއްވީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީގައި ހުރިއިރު ވައްކަމާއި، ކޮރަޕްޝަންގެ ތުހުމަތުތަކުން ޖަރީވެފައި ހުރި ޝަމާހު އެވެ. ސަރުކާރުގައި ވައްކަމާއި، ކޮރަޕްޝަނަށް ކުޑަ ވެސް ޖާގައެއް ނެތްތާ އެވެ.

ގޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުޙައްމަދުގެ މައްޗަށް ކުރެވިފައި އޮތް ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ވެސް އޮތީ އެވެ. އެ މައްސަލަ ފަޅާ އަރައިގެން އެ މައްސަލަ ފަޅާ އަރައިގެން ގޮސް، އެތައް ވާހަކަ ތަކެއް ދެކެވުނު އިރު ވެސް، އޭނާއާ ދެކޮޅަސް ފިޔަވަޅެއް އަޅާލަން ސަރުކާރަށް އަދި ރައީސް މުޢިއްޒު ވެސް ނުކެރުނެވެ. އަދި ވެސް އޭނާ އެ ހުންނެވީ އެ މަގާމުގަ އެވެ. ޕީއެންސީގެ ވެސް އިސް ސަފުގަ އެވެ.

ދައުލަތާއި އާންމުން ހިއްސާވާ ވިޔަފާރި ކުންފުނި, އެސްޓީއޯގެ ސަބްސިޑަރީ، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ވަގަށް ނަގައިގެން ވިއްކި މައްސަލައިގައި ތުހުމަތުކުރެވޭ އެކެއްގެ ބޭންކު އެކައުންޓުގައި 21 މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަން ފަޅާއެރީ ވެސް ހަމަ 2025 ވަނަ އަހަރު އެވެ. 

ދައުލަތުގެ މަގާމުތަކުގައި ތިބެގެން ރައްޔިތުންނަށް ހިޔާނާތްތެރިވުމުގެ އަމަލުތަކަކީ، އަދި ދައުލަތުގެ ބައިތުލްމާލުން އެކި ގޮތްގޮތުން ވައްކަންކުރުމުގެ އަމަލުތައް މިއީ އެކަންކަން ކުރާ މީހުން، މާތް ﷲ ގެ ލޯބިވެވޮޑިގަތުމުން ދުރުކުރެވިފައިވާ ބައެކެވެ. އަލްއަންފާލް ސޫރަތުގެ 58 ވަނަ އާޔަތުގައި މާތް ﷲ އެކަން އަންގަވައި ބަޔާންކުރައްވާފައިވެއެވެ. "ހަމަކަށަވަރުން ހިޔާނާތްތެރިން ދެކެ ﷲ ލޯބިވެވޮޑިގެންނުވެއެވެ."

ރައީސް ޑރ. މުހައްމަދު މުއިއްޒުކޮރަޕްޝަން އިބްރާހިމް ފަޒުލް ރަޝީދުހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ޕީއެންސީމަނީ ލޯންޑަރިންގ

ކޮމެންޓް

އިތުރަށް ކިޔާލަން

އައު އަހަރު ފާހަގަ ކުރަން މުންކަރާތްތައް ހިންގުމުން މުއިއްޒުގެ މުނާފިގުކަން އިތުރަށް ހާމަވެއްޖެ: ޑރ. އިޔާޒް

އައު އަހަރު ފާހަގަ ކުރަން މުންކަރާތްތައް ހިންގުމުން މުއިއްޒުގެ މުނާފިގުކަން އިތުރަށް ހާމަވެއްޖެ: ޑރ. އިޔާޒް

01 ޖެނުއަރީ 2026
ކޮޅުފުށީގައި އިމާރާތް ކުރި 100 ހައުސިންގ ޔުނިޓުތައް ނިންމާ ހަވާލު ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މި ސަރުކާރުން ފެނާއި ކަރަންޓު އަދި ނަރުދަމާ ގުޅާ ދީފައިނުވާތީ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި

ކޮޅުފުށީގައި އިމާރާތް ކުރި 100 ހައުސިންގ ޔުނިޓުތައް ނިންމާ ހަވާލު ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މި ސަރުކާރުން ފެނާއި ކަރަންޓު އަދި ނަރުދަމާ ގުޅާ ދީފައިނުވާތީ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި

01 ޖެނުއަރީ 2026
4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެޗްޑީސީ އިން ދޫކުރަމުން އައި، ގަރާޖު ދޫކުރުމުގެ ހުއްދަ ދޫކުރުން ހުއްޓާލައިފި

4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެޗްޑީސީ އިން ދޫކުރަމުން އައި، ގަރާޖު ދޫކުރުމުގެ ހުއްދަ ދޫކުރުން ހުއްޓާލައިފި

01 ޖެނުއަރީ 2026
މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް: ރައީސް

މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް: ރައީސް

01 ޖެނުއަރީ 2026
ރާއްޖޭ ގައި އޮތީ ކޮން ނިޒާމެއް ކަމެއް ނޭނގޭ، މިއީ ދިމްޔާތުން މޮޑެފައިވާ ވާނުވާ ނޭނގޭ ނިޒާމެއް: ވަކީލް ނިޝާން

ރާއްޖޭ ގައި އޮތީ ކޮން ނިޒާމެއް ކަމެއް ނޭނގޭ، މިއީ ދިމްޔާތުން މޮޑެފައިވާ ވާނުވާ ނޭނގޭ ނިޒާމެއް: ވަކީލް ނިޝާން

31 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު