Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

2025: ރައްޔިތުންނަށް އެންމެ ގިނަ އަދަދެއްގެ ބިންގާ ފެނުނު އަހަރު!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެތައް ވައުދުތަކާ އެކު. ރައްޔިތުންނަށް ކޮށްދެއްވަން އެމަނިކުފާނު ވިދާޅުވެފައިވާ ކަންކަން އެހާ ވެސް ގިނަ. ހުރިހާ ކަމެއް ހަނދާނުގައި ނެތް ނަމަވެސް، އެކަންކަން ލިޔެފައި އޮތް ފޮތެއް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނެރުއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2025 | އަންގާރަ 10:17
ނ.އަތޮޅު ހޮސްޕިޓަލްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ނ.އަތޮޅު ހޮސްޕިޓަލްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އަހަރެއް ނިމުނީ އެވެ. އަނެއްކާ ވެސް ދެން ފެށެން އޮތީ އައު އަހަރެކެވެ. އައު އުންމީދު ތަކާއި، އައު ތަސައްވަރު ތަކާއި، އައު ކަންތައް ތަކެއް ޙާސިލު ކުރުމަށް އަނެއްކާ ވެސް އަޒުމު ކަނޑައަޅަންވީ އެވެ. އެކަމަކު، ނިމިގެން މިދާ އަހަރުގައި ލިބުނު އެއްޗެކާ، ޙާސިލުވި ކަމަކާއި، ލިބުނު ފައިދާއާ ދޭތެރޭ ވެސް ވިސްނާލުން ބުއްދިވެރި ނޫން ހެއްޔެވެ؟ ޚާއްސަކޮށް، ރައްޔިތުންނަށް ޚިދުމަތް ކުރަން އޮތް ސަރުކާރުގެ ފަރާތުން ލިބުނު ކަންތައްތަކާ ދޭތެރޭ ވެސް ވިސްނާލަން ވާނެ ކަމަށް ޤަބޫލު ކުރަމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެތައް ވައުދުތަކާ އެކު އެވެ. ރައްޔިތުންނަށް ކޮށްދެއްވަން އެމަނިކުފާނު ވިދާޅުވެފައިވާ ކަންކަން އެހާ ވެސް ގިނަ އެވެ. ހުރިހާ ކަމެއް ހަނދާނުގައި ނެތް ނަމަވެސް، އެކަންކަން ލިޔެފައި އޮތް ފޮތެއް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނެރުއްވައިފަ އެވެ. ބޭނުން ކޮންމެ ވަގުތެއްގައި ބަލައިލެވޭނެ ގޮތަށް ތައްޔާރު ކުރި ފޮތް ވީ ތަނެއް ނޭނގުނަަސް، އޭގައި ހުރި ވައުދުތައް ކޮންމެ ވެސް ވަރަކަށް ރައްޔިތުން ހަނދާން ހުންނާނެ އެވެ.

ޚާއްސަކޮށް، 2025 ވަނަ އަހަރު ރައްޔިތުންނަށް އެތައް ކަމެއް ކޮށްދެއްވާނެ ކަމުގެ ފޮނި ހުވަފެންތައް ދެއްކެވި އެވެ. 2024 ވަނަ އަހަރުގެ ފަހު ކޮޅު އެ ހުވަފެންތައް ދައްކަވަން ފެށީ، އައު އަހަރުގެ ބަޖެޓު ދުވަސްވަރާ ދިމާކޮށެވެ. އައު އަހަރުގެ ބަޖެޓަކީ ބޯހިޔާވަހި ކަމަށް ޚާއްސަ ބަޖެޓެއް ކަމަށް ވިދާޅުވެ، އަދިވެސް އެތައް އެތައް ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. ބިޔަ ބޮޑެތި މަޝްރޫއު ތަކުން ރައްޔިތުން ހެއްވާލާނެ ކަމަށް ވިދާޅުވި ނަމަވެސް، މިއަދު ރައްޔިތުން ތިބީ މާޔޫސްކަމާއި، މޮޅިވެރި ކަމުގެ ތެރޭގަ އެވެ.

މި ފާއިތުވި އެއް އަހަރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ފަރާތުންް ރައްޔިތުންނަށް ލިބުނީ "ބިންގާ" ތަކެވެ. ބަރި ބަރި އަށް ރަށް ރަށުގައި ހުރީ ހައްތަހާ ވެސް ބިންގަލަ އެވެ. އެ ނޫން އެއްވެސް މަސައްކަތެއް ރަށް ރަށުގައި ކުރިއަށް ނުދާ ކަމަށް ބުނަނީ، ރަށް ރަށުގެ ރައްޔިތުންނެވެ. ކުލަ ގަދަ ރަސްމިއްޔާތާއި، ބެރު ދުންމާރީގެ ފޯރީގައި ބިންގާ އެޅި ބައެއް ރަށް ރަށުގައި މިއަދު ބިންގާ ގަނޑު ވެސް ނެތީ އެވެ. ޙާލަތަކީ މިއަދު މިއީ އެވެ.

ރަށް ރަށުގައި ބިންގާ އެޅުން ކުރިއަށް ދާނީ ވެސް ވަކި ދުވަސް ވަރެއްގަ އެވެ. އަހަރެއްގެ ތެރޭގައި ސަރުކާރުން ރަށަކަށް ހަމަ އެންމެ ކަމެއް ވެސް ކޮށްނުދީ، ރައީސް ރަށަށް ވަޑައިގަންނަވަން ވީމާ ދެން އެ ވީ ބިންގަލެއް އަޅުއްވާށެވެ. ދަގަނޑު ކޮޅަކާއި، ސިމެންތި ކޮޅަކާއި، ވެލި ކޮޅެއް ގެނެސްގެން، ވަޒީރުންނާއި ކުންފުނި ތަކުގެ ވެރިން އަދި ދާއިރާގެ މަޖިލިސް މެމްބަރުން އެއް ސަފެއްގައި ތިއްބަވައިގެން ބިންގާ އަޅުއްވާނެ އެވެ. ނަމަވެސް، ރައީސް ރަށުން ފުރައި ވަޑައިގެންނެވުމާ އެކު، އެކަން ވެސް ދެން އެ ނިމުނީ އެވެ.

މިސާލެއް ވެސް ދެންނެވިދާނެ އެވެ. ށ.ފޮކައިދޫގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމަށް ކަމަށް ބުނެ، އެ ރަށުގައި ހުރި މިސްކިތެއް ސަރުކާރުން ތަޅާލި އެވެ. ބަރާބަރަށް ނަމާދު ކުރަމުން ގެންދިޔަ އެ މިސްކިތް ތަޅާލީ، ރައީސް މުޢިއްޒު ވަޑައިގަންނަވާ ދުވަހު އިސްލާމީ މަރުކަޒުގެ ބިންގާ އެޅުމަށެވެ. މިސްކިތް އެއްކޮޅަށް ތަޅާލައި، ބިމާ ހަމަ ކޮށްލުމަށް ފަހު، ރައީސް ވަޑައިގެން އިސްލާމީ މަރުކަޒެއްގެ ބިންގާ އެޅުއްވި އެވެ. އޭގެ ފަހުން މިހާތަނަށް ދެ މަސް ދުވަސްވީ އިރު، އެ ބިމުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

މިސްކިތް ތަޅާލި ފަހުން، ދެ މަސް ދުވަސް ވަންދެން ފޯކައިދޫގެ ރައްޔިތުން ހުކުރު ކުރީ ވެސް އެ ރަށު ސްކޫލުގެ ހޯލުގަ އެވެ. އިސްލާމީ ވައުދަތާއި، ދީނީ ކަންކަން ބާރުވެރި ކުރެވޭނީ މިހާވަރަށް ނޫން ހެއްޔެވެ؟ ދެ މަސް ދުވަަސް ވެގެން ދިޔައިރު، އިސްލާމީ މަރުކަޒު އިމާރާތް ކުރަން ކަމަށް ބުނެ، އެ ސަރަހައްދުގައި އެޅި ބިންގާ ވެސް މިއަދު ނެތެވެ. ދައުލަތަކުން، ނުވަތަ ސަރުކާރަކުން، ނުވަތަ ރައްޔިތުންގެ ޚާދިމުގެ ގޮތުގައި ހުންނެވި ރައީސް ކަންކަން ކުރަން ވާ ގޮތަކީ މިއީ ކަމަށް ވަންޏާ، ދެން އިތުރަށް ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟

ތެދެކެވެ. މިއަދު ބިންގާ ނާޅާ އެއްވެސް ރަށެއް ނެތެވެ. ރައީސްގެ ފައިންޕުޅު ޖެހިވަޑައިގަންނަވާ ކޮންމެ ރަށެއްގައި ބިންގަލެއް އަޅުއްވަ އެވެ. އެކަމަކު، އޭގެ އެއްވެސް ތަނެއްގައި އިތުރު މަސައްކަތެއް ކުރިއަށް ނުދެ އެވެ. ބިންގާ ގަނޑު ހަލާކުވެ ދާއިރު ވެސް، އެ އިން ސަރަހައްދަކަށް ވެލި ބަރޯ ގަނޑެއްގެ މިންވަރު ވެސް އަޅާލެވިފައި ނެތެވެ. ދެން އަނެއްކާ ވެސް ދެ ވަނަ ފަހަރަށް ރައީސް ވަޑައިގަންނަވަން ވީމާ، އައު ބިންގަލެއް އަޅުއްވަންވީ އެވެ. އެ ބީދައިން ބަލާއިރު، ބައެއް ރަށް ރަށުގެ އެއް މަޝްރޫއެއް ދެ ފަހަރު، ދެ ބަޔަކާ ވެސް ހަވާލު ކޮށްފި އެވެ. ބައެއް މަޝްރޫއު ތަކުގެ ބިންގާ އެއް ފަހަރަށް ވުރެ ގިނަ ފަހަރު އަޅައިފި އެވެ.

އާދޭހެވެ. ރައީސް މުޢިއްޒުގެ ޒައާމަތުގައި 2025 ވަނަ އަހަރު ރައްޔިތުން މި ނިންމާލީ ބިންގާ ބަލައިގެންނެވެ. މިއީ އެއް އަހަރެއްގެ ތެރޭގައި ރައްޔިތުންނަށް އެންމެ ގިނަ ބިންގާ ފެނުނު އަހަރަށް ވާނެ އެވެ. އަމަލީ މަސައްކަތެއް ކުރިއަށް ނުގޮސް، ރައްޔިތުންނަށް ބިންގާ ދެއްކުމުން ރެކޯޑެއް ހައްދަވާނީ ރައީސް މުޢިއްޒު ނޫން، ދެން ކޮން ރައީސެއް ހެއްޔެވެ؟

މަގޭ ރިޕޯޓްރައީސް ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ބިންވެރިޔާ ސްކީމާއި މެދު ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދިނުމަށް އެދިއްޖެ

ބިންވެރިޔާ ސްކީމާއި މެދު ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދިނުމަށް އެދިއްޖެ

29 ޑިސެމްބަރު 2025
ބޯހިޔާވަހިކަމަށް ޚާއްސަ ކުރި 2025 އަހަރު ރައްޔިތުންނަށް ޔަގީން ވެގެންދިޔައީ ލިބުނު ބޯހިޔާވަހިކަން ވެސް ލޫޓުވާލިކަން!

ބޯހިޔާވަހިކަމަށް ޚާއްސަ ކުރި 2025 އަހަރު ރައްޔިތުންނަށް ޔަގީން ވެގެންދިޔައީ ލިބުނު ބޯހިޔާވަހިކަން ވެސް ލޫޓުވާލިކަން!

29 ޑިސެމްބަރު 2025
ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ

ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ

29 ޑިސެމްބަރު 2025
ރައީސްގެ ސިއްރު ބައްދަލުވުމެއް އީސީގެ ރައީސާއި އެކު، ދެން އިވުނީ ރިފަރެންޑަމްގެ ތުހުމަތުގެ އަޑު!

ރައީސްގެ ސިއްރު ބައްދަލުވުމެއް އީސީގެ ރައީސާއި އެކު، ދެން އިވުނީ ރިފަރެންޑަމްގެ ތުހުމަތުގެ އަޑު!

28 ޑިސެމްބަރު 2025
ކުރީ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުން ގެ ލިސްޓް އިން އުނި ކުރި މީހުންގެ އަދަދު ހާމައެއް ނުކުރި!

ކުރީ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުން ގެ ލިސްޓް އިން އުނި ކުރި މީހުންގެ އަދަދު ހާމައެއް ނުކުރި!

28 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު