Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މ. ކޮޅުފުށި

ކޮޅުފުށީގައި އިމާރާތް ކުރި 100 ހައުސިންގ ޔުނިޓުތައް ނިންމާ ހަވާލު ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މި ސަރުކާރުން ފެނާއި ކަރަންޓު އަދި ނަރުދަމާ ގުޅާ ދީފައިނުވާތީ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި

މި ސަރުކާރުން ހައުސިން ޔުނިޓްތަކަށް ވަރަށް ބޮޑަށް ދަނީ އިހުމާލު ވަމުން. ބަނދަރުގައި ތަރައްގީކުރި ޕީއެންސީ ބޭފުޅެއްގެ ވިޔަފާރި ޔުނިޓަކަށް ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދީފައިވޭ. މީގެ އިތުރުން އިހުސާން ވިދާޅުވީ ކޮޅުފުށީގެ ތަރައްގީ ވެސް މި ސަރުކާރާއެކު ހުއްޓިފައިވާ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2026 | ބުރާސްފަތި 08:32
މ. ކޮޅުފުށީގައި އިމާރާތް ކުރި ހައުސިންގ ޔުނިޓުތައް

މ. ކޮޅުފުށީގައި އިމާރާތް ކުރި ހައުސިންގ ޔުނިޓުތައް

މ. ކޮޅުފުށީގައި އިމާރާތް ކުރި 100 ހައުސިންގ ޔުނިޓުތައް ނިންމައި ރައްޔިތުންނާ ހަވާލު ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔަ ނަމަވެސް މި ސަރުކާރުން ފެނާއި ކަރަންޓު އަދި ނަރުދަމާ ގުޅާ ދީފައިނުވާތީ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް އެ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮޅުފުށީގެ ހައުސިން ޔުނިޓްތައް 2024 ވަނަ އަހަރުގެ ތެރޭގައި ވަނީ ނިންމާފަ އެވެ. އަދި 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ޔުނިޓްތައް ރައްޔިތުންނާ ހަވާލު ކޮށްފައިވެ އެވެ. 

Advertisement - newsAdvertisement

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އިހުސާން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޮޅުފުށީ ރައްޔިތުން އެދުނު ގޮތަށް 100 ހައުސިން ޔުނިޓް ތަރައްގީ ކޮށްދީފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ޔުނިޓްތަކަށް ފެނާއި ކަރަންޓު އަދި ނަރުދަމާ ގުޅައިދޭނެ ދުވަހެއް ނޭނގޭ ކަމަށާއި، ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ. އަދި ޚިދުމަތްތައް ނުލިބޭތީ އެޔުނިޓްތަކަށް ދިރިއުޅުން ބަދަލު ނުކުރެވި ނިކަމެތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ ހައުސިން ޔުނިޓްތަކަށް މިސަރުކާރުން ވަރަށް ބޮޑަށް އިހުމާލު ވަމުންދާ ކަމަށާއި، ނަމަވެސް މިފަހުން ކޮޅުފުށީ ބަނދަރުގައި ތަރައްގީ ކޮށްފައިވާ ޕީއެންސީއަށް ނިސްބަތްވާ ބޭފުޅެއްގެ ވިޔަފާރި ޔުނިޓަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. މިއީ ވަރަށް ނާއިންސާފުން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ހައުސިން ޔުނިޓްތަކުގައި ދިރިއުޅުމަށް  އެތަންތަނަށް ނުދެވޭ. އެކަންކަން ހާސިލް ނުވަނީ ފާއިތުވެގެން ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި  ދެއަހަރު ފާއިތުވެގެން ދިޔައިރު ވެސް އެތަންތަނަށް ބޭނުންވާނެ ކަރަންޓާ ނަރުދަމާ އެތަންތަނަށް ފޯރުކޮށް ދެވިފައިނެތުމުގެ ސަބަބުން.  މިކަންބޮޑުވުމުގައި މިޝަކުވާގައި ރައްޔިތުން ތިއްބާ ބަނދަރު މަތީގައި އިމާރާތް ކުރެވުނު ވިޔަފާރި ޔުނިޓަކަށް ކަރަންޓާ ނަރުދަނާ ފޯރުކޮށްދީފަ ވެއްޖެ އެނގޭތޯ. މައުލޫމާތު ލިބޭ ގޮތުގައި މި ވިޔަފާރި ޔުނިޓަކީ ވެރިކަން ކުރާ ޕާޓީގެ ސްޓީއަރިން ކޮމެޓީގެ ބޭފުޅެއް. އެބޭފުޅަކަށް ނިސްބާތްވާ ތަނެއް.
މުލަކު ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން  

ކޮޅުފުށީގެ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ބޭނުންވާ ވިއުގަ ގާއިމުކުރުމުގެ މަޝްރޫއު ފެނަކަ ކޯޕަރޭޝަން ހަވާލުކޮށް 23 ޑިސެންބަރު 2025 ގައި ވަނީ ސޮއި ކޮށްފަ އެވެ. ފެނަކަ އަށް މި މަޝްރޫއު ހަވާލުކުރީ 20 ހަފްތާގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ. މި މަޝްރޫއުގެ އަގަކީ 11،435،789.59ރ. (އެގާރަ މިލިއަން ހަތަރުލައްކަ ތިރީސް ފަސްހާސް ހަތްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ، ފަންސާސް ނުވަލާރި) އެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ ކޮޅުފުށީގެ ތަރައްގީ ވެސް މިސަރުކާރާއެކު ހުއްޓިފައިވާ ކަމަށެވެ.

އެރަށް ހިއްކުމާއި، ރަށް ވަށައިގެން ދުއްވޭ ގޮތަށް ރިންގް ރޯޑެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް މިމަޝްރޫއުތަކުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މ. ކޮޅުފުށިމުހައްމަދު އިހުސާންރައީސް ޑރ. މުހައްމަދު މުއިއްޒު100 ހައުސިން ޔުނިޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް: ރައީސް

މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް: ރައީސް

01 ޖެނުއަރީ 2026
ރާއްޖޭ ގައި އޮތީ ކޮން ނިޒާމެއް ކަމެއް ނޭނގޭ، މިއީ ދިމްޔާތުން މޮޑެފައިވާ ވާނުވާ ނޭނގޭ ނިޒާމެއް: ވަކީލް ނިޝާން

ރާއްޖޭ ގައި އޮތީ ކޮން ނިޒާމެއް ކަމެއް ނޭނގޭ، މިއީ ދިމްޔާތުން މޮޑެފައިވާ ވާނުވާ ނޭނގޭ ނިޒާމެއް: ވަކީލް ނިޝާން

31 ޑިސެމްބަރު 2025
ފާޑު ކިޔުން ބޮޑުވުމާ ގުޅިގެން ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ

ފާޑު ކިޔުން ބޮޑުވުމާ ގުޅިގެން ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ

31 ޑިސެމްބަރު 2025
ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

31 ޑިސެމްބަރު 2025
2025: ސަރުކާރެއް ހިންގަން ނޭނގުނު އަހަރެއް!

2025: ސަރުކާރެއް ހިންގަން ނޭނގުނު އަހަރެއް!

30 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު