Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ހަރުގެ ޖަލްސާ

ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

ހުޅުމާލޭގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ 2021 ގައި މުއިއްޒު މޭޔަރަކަށް އިންތިޚާބުވުމާއެކު ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލުކުރުމަށް ވާހަކަދެކެވުނު ކަމަށް. އެއްބަސްވުމަކުން އެކަން ކުރުމުގެ ބަދަލުގައި މުއިއްޒު ބޭނުންވީ ހުޅުމާލޭގެ އިހުތިސާސް އެއްކޮށް ކަމަށާ އެ ނޫން ގޮތަކަށް ހުޅުމާލޭގެ ކަންކަމާ ހަވާލުވެވަޑައިގަންނަވަން ބޭނުން ނުވާ ކަމަށް ވިދާޅުވި ކަމަށް ވެސް ނިޔާޒް ފާހަގަ ކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 08:07
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދިނުން މާލެ ސިޓީ ކައުންސިލް އާއި ހަވާލު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަން ޖެހިވަޑައިގަންނަވާނީ އެންމެ ފޯނު ކޯލެއް ކަމަށާ ނަމަވެސް އެމަނިކުފާނު އެކަން ނުކުރައްވަނީ ހަމަ ގަސްތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހު އެމްޑީޕީ އިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނިޔާޒް ވަނީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދިނުން މާލެ ސިޓީ ކައުންސިލް އާއި ހަވާލު ނުކުރެވިގެން އުޅެނީ ކައުންސިލް އިން އެކަމަށް ބޭނުން ނުވާތީ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާފަ އެވެ. 

Advertisement - newsAdvertisement

2019 ވަނަ އަހަރު ހުޅުމާލެ ވަކި ދާއިރާއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރުމަށް އެ ދާއިރާގެ ރައްޔިތުން އިންތިޚާބު ކުރި ނިޔާޒް ވަނީ 19 ވަނަ މަޖިލީހުގައި ލާމަރުކަޒީ ކޮމިޓީ ވުޖޫވުމާއެކު އެ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާފަ އެވެ. އަދި އޭރު ހުޅުމާލެ އާ ގުޅޭ ކަންކަން ވެސް މަޖިލީހުގައި ކުރައްވާފައި ވަނީ ވެސް ނިޔާޒް އެވެ. 

ނިޔާޒް ވިދާޅުވީ 2021 ވަނަ އަހަރު މާލެ ސިޓީގެ މޭޔަރަކަށް މުއިއްޒު އިންތިޚާބު ވުމާއެކު ކައުންސިލާ ގުޅިގެން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ކައުންސިލް ގެ ދަށަށް ބަދަލު ކުރުމަށް ވާހަކަ ދެކެވުނު ކަމަށެވެ. އެގޮތުން މަޖިލީހަށް ހުޅުމާލޭގެ އިހުތިސާސް ގެ މައްސަލައިގައި ވެސް އެންމެ ބޮޑަށް ޝަކުވާ ކުރެއްވި އެއް ބޭފުޅަކީ އޭރު މޭޔަރު ކަމުގައި ހުންނެވި މުއިއްޒު ކަމަށް ނިޔާޒް ވިދާޅުވި އެވެ. 

ނިޔާޒް ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށްޓަކައި ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ. އަދި ގާނޫނުގެ ތެރެއިން އެކަން ތިން ވަނަ ފަރާތަކުން ކުރާ ނަމަ ކުރަން ވާނީ ކައުންސިލާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ. 

 އަޅުގަނޑުމެން އޭރު ސަރުކާރުގަ  ސަރުކާރުން މުނިސިޕަލް ޚިދުމަތް ދިނުމަށްޓަކައި ގާނޫނުގެ ތެރެއިން އެކަން ވެއްދުމަށްޓަކައި ޑރ. މުއިއްޒަށް އަޅުގަނޑުމެން ހުށަހެޅުން ހުށަހެޅިން. މުނިސިޕަލް ޚިދުމަތްތައް ތިންވަނަ ފަރާތުން ދިނުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް. އެހެން ނަމަވެސް އެކަން ކުރަން ވާނީ އެއްބަސް ވުމުގެ ތެރެއިން. ކައުންސިލާ އެއްބަސްވާ އެއްބަސްވުމެއްގެ ތެރެއިން. އެ އެއްބަސްވުމުގެ ޑްރާފްޓް އަޅުގަނޑުމެން މުއިއްޒަށް ހުށަހެޅިން. އެހެން ނަމަވެސް މުުއިއްޒާ ކައުންސިލް މެޖޯރިޓީ ގަބޫލުކުރީ އެއްބަސްވުމެއްގެ ތެރެއިން ކުރުމުގެ ބަދަލުގައި މުޅި ހުޅުމާލޭގެ އިހުތިސާސް އެއްްކޮށް ލިބިގެން ނޫން ގޮތަކަށް ތިމަންނާ މެން ހުޅުމާލެ އާ ހަވާލުވާ ކަމަށް ބޭނުމެއް ނެތޭ. އެކަމުގަ އަރައިރުންވެ އެމަނިކުފާނު ވަޑައިގަތީ ކޯޓަށް.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު 

ނިޔާޒް ވިދާޅުވީ އެކަމުގައި ކޯޓުން ވެސް އެދުނީ ސަރުކާރާ މަޝްވަރާ ކުރުމަށްފަހު އެއްބަސްވުމަކަށް އައުމަށް ކަމަށެވެ. ނަމަވެސް މޭޔަރަކަށް ހުންނެވި މުއިއްޒު އެ މައްސަލަ އިސްތިއުނާފު ކުރައްވާ ވަޑައިގަތީ ހައި ކޯޓަށް ކަމަށާ މިއަދު ވެސް ހުޅުމާލޭ މުނިސިޕަލް ކަންކަން ކައުންސިލާ ހަވާލު ކުރުމަށް ކުރައްވަން ޖެހިވަޑައިގަންނަވާނީ އެންމެ ފޯނު ކޯލެއް ކަމަށެވެ. ނަމަވެސް އެކަން ނުކުރައްވަން އުޅެނީ ހަމަ ގަސްތުގައި ކަމަށް ނިޔާޒް ވިދާޅުވި އެވެ. 

ހުޅުމާލެ މުނިސިލް ހިދުމަތް އެޗްޑީސީގެ ދަށުން އޮތުމުގެ ސަބަބުން ރައްޔިތުންގެ ގިނަ ހައްގުތަކެއް ގެއްލި ރައްޔިތުންނަށް ފަސޭހައިން ލިބެންޖެހޭ ޚިދުމަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ހުޅުމާލެ ރައްޔިތުން ދަނީ ކެނޑި ނޭޅި ކުރަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމާލޭ ސިޓީ ކައުންސިލްއަލީ ނިޔާޒްމުނިސިޕަލް ޚިދުމަތްތައްއެޗްޑީސީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

2025: ސަރުކާރެއް ހިންގަން ނޭނގުނު އަހަރެއް!

2025: ސަރުކާރެއް ހިންގަން ނޭނގުނު އަހަރެއް!

30 ޑިސެމްބަރު 2025
2025: ރައްޔިތުންނަށް އެންމެ ގިނަ އަދަދެއްގެ ބިންގާ ފެނުނު އަހަރު!

2025: ރައްޔިތުންނަށް އެންމެ ގިނަ އަދަދެއްގެ ބިންގާ ފެނުނު އަހަރު!

30 ޑިސެމްބަރު 2025
ބިންވެރިޔާ ސްކީމާއި މެދު ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދިނުމަށް އެދިއްޖެ

ބިންވެރިޔާ ސްކީމާއި މެދު ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދިނުމަށް އެދިއްޖެ

29 ޑިސެމްބަރު 2025
ބޯހިޔާވަހިކަމަށް ޚާއްސަ ކުރި 2025 އަހަރު ރައްޔިތުންނަށް ޔަގީން ވެގެންދިޔައީ ލިބުނު ބޯހިޔާވަހިކަން ވެސް ލޫޓުވާލިކަން!

ބޯހިޔާވަހިކަމަށް ޚާއްސަ ކުރި 2025 އަހަރު ރައްޔިތުންނަށް ޔަގީން ވެގެންދިޔައީ ލިބުނު ބޯހިޔާވަހިކަން ވެސް ލޫޓުވާލިކަން!

29 ޑިސެމްބަރު 2025
ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ

ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ

29 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު