Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަރާޖު ދޫކުރުމުގެ ހުއްދަ

4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެޗްޑީސީ އިން ދޫކުރަމުން އައި، ގަރާޖު ދޫކުރުމުގެ ހުއްދަ ދޫކުރުން ހުއްޓާލައިފި

އެޗްޑީސީން ބުރާސްފަތި ދުވަހުން ފެށިގެން 4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް ދޫކުރަމުން އައި ގަރާޖު ހުއްދަ ދޫކުރުން ވަނީ ހުއްޓާލާފައި. ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ކުރިއެކޭ އެއްގޮތައް އަދިވެސް ގަރާޖު ޖާގަ އޮތުން ލާޒިމު ކަމަށް.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ޖެނުއަރީ 2026 | ބުރާސްފަތި 05:07
އެޗްޑީސީ އޮފީސް އިމާރާތް

އެޗްޑީސީ އޮފީސް އިމާރާތް

ބުރާސްފަތި ދުވަހުން ފެށިގެން 4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް ދޫކުރަމުން އައި، ގަރާޖު ދޫކުރުމުގެ ހުއްދަ ދޫކުރުން  ހައުސިންގ ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްޓާލައިފި އެވެ. 

އެޗްޑީސީ އިން ބުނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން 22 ޑިސެމްބަރު 2025 ގައި ގެޒެޓްކޮށްފައިވާ އިއުލާނުގައިވާ ގޮތަށް، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެ ކޯޕަރޭޝަނުން ދޫކުރަމުން އައި، ގަރާޖު ދޫކުރުމުގެ ހުއްދަ ދޫކުރުން 1 ޖެނުއަރީ 2026 އިން ފެށިގެން އެ ކޯޕަރޭޝަނުން ހުއްޓާލާނެ ކަމަށެވެ. 

ނަމަވެސް މިހާރު ވެސް އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން، އިމާރާތުގައި ހަދާ ގަރާޖު ބޭނުން ކުރުމުގެ ހުއްދަ އެ ކޯޕަރޭޝަނުން ނަގަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. 

އެޗްޑީސީ އިން މިހެން ބުނި ނަމަވެސް ކުރިއެކޭ ވެސް އެއްގޮތައް އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރަން އަދިވެސް ގަރާޖު ޖާގަ އޮތުން ލާޒިމު ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީ އިން ބުނީ ގަރާޖާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލް ނުވަތަ ހައުސިންގ ޑިވެލޮޕަމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ، އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އާއި މާލެ ސިޓީ ކައުންސިލުން ނުވަތަ އެޗްޑީސީ އިން ދޫކުރާ ވެހިކަލް ގަރާޖު ޕާމިޓް އާއި ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމާއި، ވެރިފަރާތުގެ އައިޑީ ހުށަހަޅަން އޮންނަ އޮތުން ބަދަލު ކޮށް 1 ޖަނަވަރީ 2026 އިން ފެށިގެން ހުށަހަޅަން ޖެހޭނީ އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އާއި ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑީ ކަމަށެވެ.

ޓްރާންސްޕޯޓުން ބުނީ މި ބަދަލު ގެނައީ، އިދާރީ ގޮތުން ގަރާޖު ކުރުމާ ގުޅޭ ކަންކަން ކަށަވަރު ކުރާނެ ގޮތްތައް ކަނޑައެޅުމުގައި ކުރިން ވަކި ދެ އިދާރާ އަކުން ވަކި ދެ ހުއްދަ ނަގަންޖެހޭ މައްސަލައިގައި ދިމާވާ ދަތިތައް ކުޑަކުރުމުގެ ގޮތުން ކަމަށެވެ.

އުޅަނދު ރަޖިސްޓަރީ ކުރަން ގަރާޖު އޮތުން އަދިވެސް ލާޒިމު: ޓްރާންސްޕޯޓު
Raajje.mv

އުޅަނދު ރަޖިސްޓަރީ ކުރަން ގަރާޖު އޮތުން އަދިވެސް ލާޒިމު: ޓްރާންސްޕޯޓު

މީގެ އިތުރުން 2009 ވަނަ އަހަރު ގަރާޖު ލާޒިމު ކުރުމުގެ ކުރިން އަދި ކަނޑައެޅިގެން ވަކި ގަރާޖެއް ރަޖިސްޓަރީ ކޮށްފައި ނުވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލު ނުކުރެވި އޮންނަ މައްސަލަ ގައި ޝަކުވާ ހުށަހަޅަމުންދާތީ، މިހާރުވެސް މާލޭ ޒޯނުގައި ރަޖިސްޓަރީ ކޮށްފައިވާ މިފަދަ އުޅަނދުތަކަށް އިތުރު ގަރާޖު ލިޔުމެއް ހުށަހެޅުމަކާ ނުލައި ވެރިފަރާތް ބަދަލު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވެ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ، އުޅަދުފަހަރުގެ އަހަރީ ފީ ނުވަތަ ޖޫރިމަނާ ނުދައްކާ ހުރި ކަމުގައިވީނަމަވެސް، ރަޖިސްޓަރީ ކެންސަލްކުރެވޭނެ ގޮތް ހަދާފަ އެވެ. މީގެކުރިން، ދައްކަންޖެހޭ ހުރިހާ ފައިސާ އެއް ދައްކައި ނިމެންދެން ރަޖިސްޓްރީ ކެންސަލްކުރުމުގެ ފުރުސަތެއް ނޯވެ އެވެ. އެހެން ނަމަވެސް މިނިސްޓްރީން ބުނީ، ރަޖިސްޓްރީ ކެންސަލްކުރުމުގެ ހުއްދަ ދެވުނު ނަމަވެސް، ދައްކާފައިނުވާ އަހަރީ ފީ ނުވަތަ ޖޫރިމަނާ އުޅަނދުގެ ވެރިފަރާތުން ދައްކަން ޖެހޭނެ ކަމަށެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)މާލޭ ސިޓީ ކައުންސިލްގަރާޖު ހުއްދަވެހިކަލް ރަޖިސްޓްރީ

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2025

ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

31 ޑިސެމްބަރު 2025
ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް
29 ޑިސެމްބަރު 2025

ބިންވެރިޔާ ސްކީމާއި މެދު ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދިނުމަށް އެދިއްޖެ

29 ޑިސެމްބަރު 2025
ބިންވެރިޔާ ސްކީމާއި މެދު ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދިނުމަށް އެދިއްޖެ
25 ޑިސެމްބަރު 2025

ހިޔާ ފްލެޓު ކުއްޔަށް ދޭ މައްސަލަ ބޮޑުވެ، ގިނަ ބައެއްގެ ފާޑުކިޔުން އެޗްޑީސީއަށް އަމާޒުވެފައިވަނިކޮށް ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާ ފްލެޓުތައް ހުސް ކުރުމަށް މުހުތަލެއް ދީފި

25 ޑިސެމްބަރު 2025
ހިޔާ ފްލެޓު ކުއްޔަށް ދޭ މައްސަލަ ބޮޑުވެ، ގިނަ ބައެއްގެ ފާޑުކިޔުން އެޗްޑީސީއަށް އަމާޒުވެފައިވަނިކޮށް ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާ ފްލެޓުތައް ހުސް ކުރުމަށް މުހުތަލެއް ދީފި
24 ޑިސެމްބަރު 2025

އުޅަނދު ރަޖިސްޓަރީ ކުރަން ގަރާޖު އޮތުން އަދިވެސް ލާޒިމު: ޓްރާންސްޕޯޓު

24 ޑިސެމްބަރު 2025
އުޅަނދު ރަޖިސްޓަރީ ކުރަން ގަރާޖު އޮތުން އަދިވެސް ލާޒިމު: ޓްރާންސްޕޯޓު
24 ޑިސެމްބަރު 2025

ހިޔާ ފްލެޓެއް 21،000 ރުފިޔާ އަށް ކުއްޔަށް ދޫކުރަން އިއުލާން ކޮށްފައި، ގިނަ ބައެއްގެ ފާޑު ކިޔުން އެޗްޑީސީ އަށް

24 ޑިސެމްބަރު 2025
ހިޔާ ފްލެޓެއް 21،000 ރުފިޔާ އަށް ކުއްޔަށް ދޫކުރަން އިއުލާން ކޮށްފައި، ގިނަ ބައެއްގެ ފާޑު ކިޔުން އެޗްޑީސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު