Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނު އަސާސީ

ރާއްޖޭ ގައި އޮތީ ކޮން ނިޒާމެއް ކަމެއް ނޭނގޭ، މިއީ ދިމްޔާތުން މޮޑެފައިވާ ވާނުވާ ނޭނގޭ ނިޒާމެއް: ވަކީލް ނިޝާން

31 ޑިސެމްބަރު 2025 | ބުދަ 09:37

އަންގާރަ ރޭ އެމްޑީޕީގެ ޖަލްސާގައި ގާނޫނީ ވަކީލު ނިޝާން ވިދާޅުވީ ގާނޫނެއް އަންނައިރު ނުވަތަ ގާނޫނު ބަދަލުކުރާއިރު އެގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ވާނުވާ އެނގެން ޖެހޭ. ނަމަވެސް މިސަރުކާރުގައި ގެންނަ ގާނޫނުގެ ގޮތުން އެގަހު ކޭލެއް ނުވަތަ މިގަހު ކޭލެއް ނޭނގޭ ކަމަށް ނިޝާން ވިދާޅުވި. އަދި ވިދާޅުވީ ގާނޫނު ގެނައުމަށް ސްޓްރަކްޗަރއެއް އޮންނަ ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުން އަމަލު ކުރާ އުސޫލުން ރާއްޖެއިން ވެސް އަމަލު ކުރަން ޖެހޭ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 31 ޑިސެމްބަރު 2025 | ބުދަ 09:37
އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވާހަކަ ދައްކަވަނީ

އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވާހަކަ ދައްކަވަނީ

ދިވެހިރާއްޖޭގައި މިހާރު އޮތީ ކޮން ނިޒާމެއްކަން ނޭނގޭ ކަމަށާއި، މިއީ ދިމްޔާތުން މޮޑެފައިވާ ވާނުވާ ނޭނގޭ ނިޒާމެއް ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާ ގައި ނިޝާން ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލުތަކަށް އަލިއަޅުއްލައްވާ ވާހަކަ ދައްކަވާފަ އެވެ. ރައްޔިތުންގެ ބަސް މުހިންމު ނުވާ ކަމަށާއި، ލާމަރުކަޒީ ނިޒާމު އެކުއެކީގައި ހަލާކު ކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް މުއިއްޒު އަމަލު ކުރައްވަމުން ގެންދަވަނީ ގުދުރަތީ ތޮބީއަތުގައި އުފެދިފައިވާ ގޮތާ ވެސް ހިލާފަށްކަން ފާހަގަކުރައްވައި ނިޝާން ވިދާޅުވީ ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ގިނަ ކަންކަން މިސަރުކާރުން ކުރަމުންދާ ކަމަށެވެ.

މިހާތަނަށް ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ވެސް ގެނެސްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ނިޝާން ވިދާޅުވި އެވެ. އެގޮތުން ލާރުމަކަޒީ ގާނޫނަށް ގެނެސްފައިވާ ބަދަލާއި، ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ނެގުމަށް މިސަރުކާރުން ގާނޫނަށް ގެނެސްފައިވާ ބަދަލު ނިޝާން ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން ނިޝާން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ ރިޔާސީ ނިޒާމު ކަމެއް ނުވަތަ ބަރުލަމާނީ ނިޒާމު ކަމެއް ނޭނގޭ ކަމަށެވެ. މުޅި ނިޒާމު ވެސް ގަނޑުބަނޑު ކުރަމުންދާ ކަމަށާއި، ހުރިހާ އެއްޗެއް އެއްކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަމުންދާއިރު، ގާނޫނުގައި އޮތް މަހުފޫމްއަކީ ކޮބައިކަން ނުވަތަ މަގުސަދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.  

ގާނޫނު އަސާސީގައި ލިޔެފައި ނޯވޭ މިރާއްޖެއަކީ ރިޔާސީ ނިޒާމުގެ ގައުމެކޭ. އެހެންނަމަވެސް މިރާއްޖޭގައި ނިމިދިޔަ ތާރީހުގައި ގާނޫނު އަސާސީއަށް 17 އަހަރު ވެގެން ދިޔައިރު  ވެރިކަން ކުރި 4 ރައީސުލްޖުމްހޫރިއްޔާ ވެސް ވެރިކަން ކުރީ ރިޔާސީ ބައްޓަމަށް.  ރައީސް މުއިއްޒުގެ ވެރިކަމުގައި މިވީ 774 ދުވަސް ތެރޭގައި އަޅުގަނޑުމެންނަށް ސާފެއް ނުވޭ މި ރާއްޖޭގައި މިވެރިކަން ކުރަނީ ރިޔާސީ ނިޒާމަށް ކަމެއް، ބަރުލަމާނީ ނިޒާމަށް ކަމެއް މެދުއިރުމަތީގައި އޮތް ރަސްކަމުގެ ނިޒާމެއް ކަމަށް، ޗައިނާ ތަންތަނުގައި އޮތް ވަންމޭން ޑިމޮކްރަސީއަށް ކަމެއް އަޅުގަނޑުމެންނަށް ސާފެއް ނުވޭ. ހުރިހާ ވައްތަރެއްގެ ނިޒާމެއް އެއްތަނަކަށް އެއްކޮށް މަސްހުނިވެ މޮޑެވި، ދިމްޔާތުން ނުކުތް ނިޒާމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ނިޒާމު މިފެނިގެން މިދަނީ.
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

ނިޝާން ވިދާޅުވީ ގާނޫނެއް އަންނައިރު ނުވަތަ ގާނޫނު ބަދަލުކުރާއިރު އެގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ވާނުވާ އެނގެން ޖެހޭ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި ގެންނަ ގާނޫނުގެ ގޮތުން އެގަހު ކޭލެއް ނުވަތަ މިގަހު ކޭލެއް ނޭނގޭ ކަމަށް ނިޝާން ވިދާޅުވި އެވެ.

ނިޝާން ވިދާޅުވީ ގާނޫނު ގެނައުމަށް ސްޓްރަކްޗަރއެއް އޮންނަ ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުން އަމަލު ކުރާ އުސޫލުން ރާއްޖެއިން ވެސް އަމަލު ކުރަން ޖެހޭ ކަމަށެވެ. އެހެންނޫން ކަމަށްވާނަމަ މުޅި ގައުމަށް މިކަމުގެ ގެއްލުން ކުރާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ނިޝާން އިބްރާހިމްރައީސް ޑރ. މުހައްމަދު މުއިއްޒުރިޔާސީ ނިޒާމުރައްޔިތުންގެ ޤާނޫނުއަސާސީ

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2025

ފާޑު ކިޔުން ބޮޑުވުމާ ގުޅިގެން ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ

31 ޑިސެމްބަރު 2025
ފާޑު ކިޔުން ބޮޑުވުމާ ގުޅިގެން ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ
31 ޑިސެމްބަރު 2025

ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

31 ޑިސެމްބަރު 2025
ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް
30 ޑިސެމްބަރު 2025

2025: ސަރުކާރެއް ހިންގަން ނޭނގުނު އަހަރެއް!

30 ޑިސެމްބަރު 2025
2025: ސަރުކާރެއް ހިންގަން ނޭނގުނު އަހަރެއް!
30 ޑިސެމްބަރު 2025

2025: ރައްޔިތުންނަށް އެންމެ ގިނަ އަދަދެއްގެ ބިންގާ ފެނުނު އަހަރު!

30 ޑިސެމްބަރު 2025
2025: ރައްޔިތުންނަށް އެންމެ ގިނަ އަދަދެއްގެ ބިންގާ ފެނުނު އަހަރު!
29 ޑިސެމްބަރު 2025

ބިންވެރިޔާ ސްކީމާއި މެދު ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދިނުމަށް އެދިއްޖެ

29 ޑިސެމްބަރު 2025
ބިންވެރިޔާ ސްކީމާއި މެދު ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދިނުމަށް އެދިއްޖެ
29 ޑިސެމްބަރު 2025

ބޯހިޔާވަހިކަމަށް ޚާއްސަ ކުރި 2025 އަހަރު ރައްޔިތުންނަށް ޔަގީން ވެގެންދިޔައީ ލިބުނު ބޯހިޔާވަހިކަން ވެސް ލޫޓުވާލިކަން!

29 ޑިސެމްބަރު 2025
ބޯހިޔާވަހިކަމަށް ޚާއްސަ ކުރި 2025 އަހަރު ރައްޔިތުންނަށް ޔަގީން ވެގެންދިޔައީ ލިބުނު ބޯހިޔާވަހިކަން ވެސް ލޫޓުވާލިކަން!
29 ޑިސެމްބަރު 2025

ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ

29 ޑިސެމްބަރު 2025
ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ
28 ޑިސެމްބަރު 2025

ރައީސްގެ ސިއްރު ބައްދަލުވުމެއް އީސީގެ ރައީސާއި އެކު، ދެން އިވުނީ ރިފަރެންޑަމްގެ ތުހުމަތުގެ އަޑު!

28 ޑިސެމްބަރު 2025
ރައީސްގެ ސިއްރު ބައްދަލުވުމެއް އީސީގެ ރައީސާއި އެކު، ދެން އިވުނީ ރިފަރެންޑަމްގެ ތުހުމަތުގެ އަޑު!
28 ޑިސެމްބަރު 2025

ކުރީ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުން ގެ ލިސްޓް އިން އުނި ކުރި މީހުންގެ އަދަދު ހާމައެއް ނުކުރި!

28 ޑިސެމްބަރު 2025
ކުރީ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުން ގެ ލިސްޓް އިން އުނި ކުރި މީހުންގެ އަދަދު ހާމައެއް ނުކުރި!
28 ޑިސެމްބަރު 2025

ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރު: ރައީސް

28 ޑިސެމްބަރު 2025
ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރު: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް