Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒު

2025: ރައްޔިތުން ވާ ވައްދަން ބޭއްވި ބައްދަލުވުންތައް "ގޮވީ އަތަށް"

ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ވީއިރު ތަރައްގީގެ މުހިންމު މަޝްރޫއެއް ހިންގިފައި ނުވާއިރު، އެމްޑީޕީ ސަރުކާރުން ފެށި ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފަ. ރައްޔިތުންނަށް ހަގީގަތް އޮޅުވަލުމަށްޓަކާ ރައީސް މުއިއްޒު 2025 ވަނަ އަހަރު ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތަކީ ބޭއްވި ރައްޔިތުންގެ ބައްދަލުވުންތައް. ރައީސް މުއިއްޒު ހައުސިންގ މިނިސްޓަރު ކަމާއި މޭޔަރުކަމުގައި ހުރި ދުވަސްވަރު ބޭއްވި ބައްދަލުވުންތަކުން ރައްޔިތުންގެ މައްސަލަތައް ހައްލުނުވެ ޝަކުވާތައް އިތުރުވި. ރައީސް ކަމަށްފަހު ބޭއްވި ރައްޔިތުންގެ ބައްދަލުވުންތަކުން ފާޅުވީ ދައުލަތުގެ މުއައްސަސާތައް ނުކުޅެދިފައިވާ މިންވަރާއި ރައްޔިތުންނަށް އިންސާފު ހޯދަން ޓަކި ޖަހާނެ ދޮރެއް ނެތް ކަން.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 12:01
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލެ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލެ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ

2025 ވަނަ އަހަރު ނިމިގެން ދިޔަ އިރު ރައީސް މުއިއްޒުގެ ސަރުކާރުން ހަގީގީ މާނަ އެއްގައި ދިވެހި ރައްޔިތުންނަށް ހިދުމަތެއް ކޮށްދީފައި ނުވާއިރު ވެސް، ސަރުކާރުން ދިޔައީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ރައީސް މުއިއްޒު ގެ ސަރުކާރަށް ދެ އަހަރު ވެފައި ވާއިރު ރާއްޖޭގެ އެއްވެސް ހިސާބެއްގައި އެކަށީގެންވާ ތަރައްގީގެ މަޝްރޫއެއް ފެށިފައި ނުވާއިރު، އެމްޑީޕީ ސަރުކާރުން ފެށި ގިނަ މަޝްރޫއުތައް ވެސް މިހާރު ވަނީ ހުއްޓިފަ އެވެ. ދައުލަތުގެ އިގްތިސާދީ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށްދާއިރު ވެސް، އަދިވެސް ރައީސް މުއިއްޒު ގެންދަވަނީ ސިޔާސީ މަގާމުތަކަށް މީހުން އިތުރުކޮށް ސަރުކާރުގެ މަތި ބަރު ކުރައްވަމުންނެވެ. ސަރުކާރަށް ދެ އަހަރު ވީއިރު ރައީސް މުއިއްޒު އަދިވެސް ގެންދަވަނީ ވައުދުތަށް ނުފުއްދަވާ، މަތިމަށްޗަށް ތަކުރާރުކޮށް އެއްވެސް އިހުލާސްތެރިކަމެއް ނެތި ވައުދު ވަމުންނެވެ. 

Advertisement - newsAdvertisement

ރައީސް މުއިއްޒު ގެ އިހްލާސްތެރިކަމެއް ނެތް މިންވަރު އެންމެ ރަނގަޅަށް ހާމަވެގެން ދިޔައީ 2025 އަހަރު ބޭއްވި ރައްޔިތުންގެ ބައްދަލުވުން ތަކުންނެވެ.  ރައީސް މުއިއްޒު ބާއްވަމުން ގެންދަވާ  ރައްޔިތުންގެ ބައްދަލުވުން ތަކަކީ އާކަމެއް ނޫނެވެ. ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރުވެސް ރައްޔިތުންގެ ބައްދަލުވުން، މޭޔަރަކަށް ހުންނެވި އިރުވެސް ރައްޔިތުންގެ ބައްދަލުވުމެވެ. އެންމެ ފަހުން ރާއްޖޭގެ ވަލިއްޔުލް އަމުރު ކަމާ ހަވާލުވެވަޑައިގެން 2 އަހަރު ވެގެން ދިޔައިރު ވެސް އެމަނިކުފާނަށް ރައްޔިތުންގެ ބައްދަލުވުންތަކުން އަރައިގަނެވޭނެ ގޮތެެއް ނުވި އެވެ.

ހައުސިންގ މިނިސްޓަރު ކަމުގައި އަދި މާލެ ސިޓީ ކައުންސިލް ގެ މޭޔަރު ކަމުގައި އެމަނިކުފާނު ހުންނަވައިގެން ބޭއްވި ބައްދަލުވުންތަކުގައި ވެސް ރައްޔިތުންގެ އެތައް ޝަކުވާ އެއް ބަންޑުންކޮށްލާފައިވެ އެވެ. ބައްދަލުވުން ބޭއްވުމުގެ އެތައް ރެކޯޑެއް ހެއްދެވުމަށްފަހު މަގާމުތަކުން އެމަނިކުފާނު ވަކިވެވަޑައިގެން  އިރުވެސް ހައްލުނުވަނީ ރައްޔިތުންގެ މައްސަލަތަކެވެ. އިތުރު ވެފައިވަނީ ޝަކުވާ ތަކެވެ. ރައީސް މުއިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި އަދި މޭޔަރު ކަމުގައ ހުންނެވި އިރު ކަންކުރައްވާފައިވާ ގޮތުން، ރައްޔިތުންނަށް ލިބުނު ބޮޑެތި ގެއްލުންތައް އަދިވެސް ފެންނަން އެބަ އޮތެވެ. އެއްވެސް ކަމެއް ހަގީގީ މާނައިގައި ހައްލުނުވެ ބޭއްވުނީ ބޭކާރު ބައްދަލުވުން ތަކެކެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގެން ރައީސް މުއިއްޒުގެ ބައްދަލުވުންތައް ވަނީ އެހެން ހަރުފަތަކަށް ގެންދަވާފަ އެވެ. އުވަ ދޯންޔަކާ ހައިމާކެއް ހިއްޕަވައިގެން ރަށްތަކަށް ކުރެއްވި ދަތުރުތައް ނިންމާ ލެއްވުމަށްފަހު، މިހާރު ރައީސް މުއިއްޒު އަވަދިނެތި މަސައްކަތް ކުރައްވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހަގީގަތް އޮޅުވާލާ، އެ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށެވެ.

 ސިލްސިލާ ގޮތެއްގައި މާލޭގެ އެކި ސަރަހައްދުތަކުގައި ރައީސް މުއިއްޒު ބާއްވަމުން ގެންދަވާ  ބައްދަލުވުންތަކުން ސާފުވަނީ އެއްމެ ކަމެކެވެ. ނާގާބިލު ވެރިޔެއްގެ ސަބަބުން ދިވެހި ރައްޔިތުން އުޅެންޖެހިފައިވާ ދަތި ހާލެވެ. ޒިންމާ އަދާކުރަން ދައުލަތުގެ މުއައްސަސާތައް ނުކުޅެދިފައިވާ މިންވަރެވެ. ރައީސް މުއިއްޒު ޖައްސަވާހާ ބެރަކަށް، އެމަނިކުފާނު ހިއްޕުޅާވާ ބަނޑި ބަނޑި ލައްވަމުން ނަށާނެ ބަޔަކު ކުރީބައިގައި ތައްޔާރުކޮށްފައި ބައްދަލުވުންތަކަށް ދޫކޮށްލިޔަސް، ކޮންމެ ބައްދަލުވުމަކުން ވެސް ފާޅުވަނީ ދިވެހި ގައުމު މިއަދު ފާލުން ނެއްޓިފައިވާ މިންވަރެވެ.

ރައްޔިތުން ދައްކަނީ ވެރިންގެ ޖީބުތައް ފުރިގެން ބަންޑުން ވާއިރު ވެސް، ނިކަމެތި އާއްމު ރައްޔިތުންގެ އަނގަޔާ އަތާ ދިމާ ނުވާ ވާހަކަ އެވެ. ކުއްތަކަށް އަރައިގަތުމަށްފަހު ބޮޑުންނަށް ޝަރުއީ ނިޒާމުގެ ތެރެއިން ދެމި ގަނެވޭ އިރު، އާއްމު ރައްޔިތު މީހާ އިންސާފު ހޯދުމަށް، ޓަކި ޖަހާލަނެ ދޮރެއް ނެތް ވާހަކަ އެވެ. ރައްޔިތުންގެ ބޭސް ފަރުވާ އިން ވައްކަންކޮށް ރައީސް މުއިއްޒު އަސް ސަނާ ކިޔަން 70 އެތައް މިލިއަން ރުފިޔާ އެއް ހަރަދުކޮށްގެން ޓީވީ ޗެނަލް އެއް އުފެއްދި އިރު، ބޭސްފަރުވާ އަށް ރައްޔިތުން ސަލާން ޖަހަން ޖެހިފައިވާ މިންވަރެވެ.

ރައްޔިތުންގެ ޝަކުވާތައް މިފަދައިން ބަންޑުން ކޮށްލުމުން، ކިރިޔާވެސް ރައްޔިތުންނަށް ރަހުމެއް ކުލުނެއް ހުންނަ ވެރިއެއް ވިއްޔާ ކަންކަން ހައްލުކުރަން ކޮންމެވެސް ވަރެއްގެ ފިޔަވަޅެއް އަޅުއްވާނެ ކަން ޔަގީނެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ފެންނަނީ މިކަމުގެ އިދިކޮޅެވެ. ޒިންމާތައް އަދާނުކުރެވި މުޅި ދައުލަތް ފެއިލް ވާ ހިސާބަށް ދިޔުމުންވެސް ސަރުކާރުން އިސްކުރާތަން ފެންނަނީ އަނިޔާވެރިކަމެވެ. ފެންނަނީ ރައީސް މުއިއްޒުގެ އަރިހަށް ޝަކުވާ އާއި ވެގެން އަންނަ ވަކި ވަކި ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށް، އެފަރާތްތަކުގެ ޒާތީ މައުލޫމާތު ތައް އުސޫލުން ބޭރުން ހާމަކޮށް، އެއްވެސް ލަދެއް ހަޔާތެއް ނެތި ރައީސް މުއިއްޒުގެ ވަޒީރުން އެ ނިކަމެތި ރައްޔިތުން ފަޟީހަތް ކުރާ މަންޒަރެވެ. 

ހަމަ އެކަނި މިކަމުންވެސް ވެރިކަން ކުރުމުގައި ރައީސް މުއިއްޒު ގެ ސަރުކާރު ބޮޑުތަނުން ފެއިލް ވެއްޖެކަން ހާމަވެ އެވެ. ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމުގެ ބޭނުމަކީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާ އެކަން ކަމަށް އަވަސް ހައްލެއް ސަރުކާރުގެ ތެރެއިން ހޯދައިދިނުމެވެ. ނަމަވެސް ބައްދަކުވުން ބޭއްވުމުގެ ރެކޯޑް ފޮތުން ޖާގަހޯދަން ރައީސް މުއިއްޒު އަތުކުރި އޮޅައިގެން ހުންނެވި އިރު، ކޮންމެ ބައްދަލުވުމެއްގައި ވެސް ރައްޔިތުންގެ އެއްމެ ބޮޑެތި ކަންބޮޑުވުންތައް ހުންނަ ކަންކަމާ ގުޅޭ ސުވާލުތަކަށް ޖަވާބު ނުދެއްވާ ރައީސް މުއިއްޒު ވިދާޅުވަނީ ހުރިހާ ކަމެއް ވެސް ނޯޓުކުރައްވާ ކަމަށެވެ.

ރައީސް މުއިއްޒުގެ ނޯޓު ފޮތް ފުރިގެން ބަންޑުންވާ އިރު، ދުވަހެއް ދުވަހަކަށް މަތި ވަމުންދާ ޑޮލަރުގެ އަގާ އެކު ބާޒާރުގައި ތަކެތީގެ އަގުތައް ހުރީ ލޮލު ކޮޅަށް ވެސް ފެންނަ ހިސާބެއްގަ އެއް ނޫނެވެ. ގައުމުގެ އިޖުތިމާއި ފޭރާން ވީދި ހަލާކު ވެއްޖެ އެވެ. ސަރުކާރަށް ދެ އަހަރު ވީއިރު ތަރައްގީގެ މުހިންމު މަޝްރޫއެއް ހިންގިފައެއް ނުވެ އެވެ. ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް އިތުބާރުކުރާ ދޭސީއެއް އަދި އަދި ބިދޭސީއެއްވެސް މިހާރު މިގައުމަކު ނެތެވެ. ކޮންމެ ދުވަހެއްގެ އިރު އަރާ އިރު އޮއްސޭއިރު އިތުރަށް ހާމަވެގެން ދަނީ އެއްމެ ކަމެކެވެ. ދަައުލަތް ހިންގުމުގައި ރައީސް މުއިއްޒު ފެއިލް ވެފަވާ މިންވަރެވެ. ފެނިގެންދިޔައީ ރައްޔިތުން ވާ ވާއްދަން ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުންތަށް " އަތަށް ގޮވައިގެން" ދިޔަ މަންޒަރެވެ. 

 

ރައީސް މުއިއްޒުރައްޔިތުންނާ ބައްދަލުކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިލެކްޝަންސް ގެ ރައީސް ޒާހިދު ރައީސް މުއިއްޒު އާ ސިއްރުން ބައްދަލު ކުރެއްވީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމަކަށް ބޭނުންވާ ވަސީލަތް ހޯދުމަށް ކަމަށް ޒާހިދު ވިދާޅުވެއްޖެ

އިލެކްޝަންސް ގެ ރައީސް ޒާހިދު ރައީސް މުއިއްޒު އާ ސިއްރުން ބައްދަލު ކުރެއްވީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމަކަށް ބޭނުންވާ ވަސީލަތް ހޯދުމަށް ކަމަށް ޒާހިދު ވިދާޅުވެއްޖެ

27 ޑިސެމްބަރު 2025
މީގެ 4 މަސް ދުވަސް ކުރިން ބިންގާ އެޅި، ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އަދިވެސް ނުފެށޭ

މީގެ 4 މަސް ދުވަސް ކުރިން ބިންގާ އެޅި، ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އަދިވެސް ނުފެށޭ

27 ޑިސެމްބަރު 2025
 ނޮވެމްބަރު ގައި ފެށޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި، ހދ. ކުމުންދޫ ސްކޫލު ގެ މަލްޓި ޕަރޕަސް ހޯލު ގެ މަސައްކަތް އަދިވެސް ނުފެށޭ

ނޮވެމްބަރު ގައި ފެށޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި، ހދ. ކުމުންދޫ ސްކޫލު ގެ މަލްޓި ޕަރޕަސް ހޯލު ގެ މަސައްކަތް އަދިވެސް ނުފެށޭ

24 ޑިސެމްބަރު 2025
"ތިކަންކަމާއި ސީރިއަސްކޮށް އެޓެންޑް ވާނަން"

"ތިކަންކަމާއި ސީރިއަސްކޮށް އެޓެންޑް ވާނަން"

23 ޑިސެމްބަރު 2025
ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް ޖަމާ ނުވާތާ 1 އަހަރު

ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް ޖަމާ ނުވާތާ 1 އަހަރު

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު