Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިލެކްޝަންސް ކޮމިޝަންސް

އިލެކްޝަންސް ގެ ރައީސް ޒާހިދު ރައީސް މުއިއްޒު އާ ސިއްރުން ބައްދަލު ކުރެއްވީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމަކަށް ބޭނުންވާ ވަސީލަތް ހޯދުމަށް ކަމަށް ޒާހިދު ވިދާޅުވެއްޖެ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު އާއި ރައީސް މުހައްމަދު މުއިއްޒު ސިއްރުން ބައްދަލުކުރެވީ ރައްޔިތުން ވޯޓު ގެ ކަންކަމާއި ޑިމޮކްރެޓިކް ވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމަށް ރާވާފައިވާ ކަންކަން ރައީސް މުއިއްޒު އާއި ހިއްސާކޮށް އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމާގުޅޭ މަޝްވަރާތައް ކުރުމަަށް ކަމަށް ޒާހިދު ވިދާޅުވި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2025 | ހޮނިހިރު 15:23
Your browser does not support the video tag.
0:00 / 0:00

ރައީސް މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު އަށް މަގާމުގެ ފަތްކޮޅު އަރުވަނީ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު ރައީސް މުއިއްޒު އާ ސިއްރުން ބައްދަލު ކުރެއްވީ އެ ކޮމިޝަނުން ކުރިއަށް ގެންދަން ރާވާފައިވާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކަމަށް ޒާހިދު ވިދާޅުވެއްޖެ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުން މި ބައްދަލުވުން ކުރިއަށްދިޔައީ މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުގަ އެވެ. ބައްދަލުވުމަށް އީސީ ގެ ފަރާތުން ބައިވެރިވީ ޒާހިދު އެކަންޏެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު ޒާހިދު ރައީސް މުއިއްޒު އާ އެކު ވަކިން ބޭއްވި މި ބައްދަލުވުމުގެ އެއްވެސް މައުލޫމަތެއް އިލެކްޝަންސް ކޮމިޝަނުން ވެސް އަދި ރައީސް އޮފީހުން ވެސް އިސްވެ ހިއްސާ ކޮށްފައެއް ނުވެއެވެ. އާއްމު ގޮތެއްގައި ރައީސް މުއިއްޒު އެކިއެކި ފަރާތްތަކާ އެކު ބާއްވާ ބައްދަލުވުންތައް ފުޅާ ދާއިރާ އެއްގައި ރައީސް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް އަދި ސޯޝަލް މީޑިއާ ގެ ޒަރީއާ އިން ޕްރޮމޯޓު ކުރެ އެވެ. 

މި ބައްދަލުވުމާ ގުޅޭގޮތުން ރާއްޖެ އެމްވީ އިން ސުވާލުކުރުމުން ޒާހިދު ވިދާޅުވީ، ރައީސް މުއިއްޒު އާ ވަކިން ބައްދަލު ކުރެއްވީ ރައްޔިތުން ވޯޓު ގެ ކަންކަމާއި ޑިމޮކްރެޓިކް ވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމަށް  ރާވާފައިވާ ކަންކަން ރައީސް މުއިއްޒު އާއި ހިއްސާކޮށް އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމާގުޅޭ މަޝްވަރާތައް ކުރުމަަށް ކަމަށެވެ. 

މިނިވަން މުސްތަގިއްލު ކޮމިޝަނެއް ގެ ގޮތުގައި ހިންގަންޖެހޭ އީސީ އަށް ބޭނުންވާ ވަސީލަތްތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ބަޖެޓުގެ ތެރެއިން ހޯދާ ވަސީލަތްތަކެއްގެ ގޮތުގައި އޮންނަނީ ކަނޑައެޅިފައެވެ. އެކަމުގައި ރައީސް އޮފީހުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަމެއް ގާނޫނުން ސާފު ނުވާކަން ފާހަގަ ކުރެވެއެވެ.

ކޮމިޝަންގެ އެހެން މެމްބަރުން ބައްދަލުވުމުގައި ބައިވެރި ނުވީ ކީއްވެތޯ އާއި އެ ބައްދަލުވުމުގެ މައުލޫމާތު ހާމަ ނުކުރެއްވީ ކީއްވެތޯ ދެންނެވުން، ވަރަށް ހިތްހަމަ ނުޖެހި ހުންނަވާ ރުންކުރުކޮށް ޒާހިދު ވިދާޅުވީ އެއީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ވާހަކަ ދައްކައިގެން އެގޮތަށް އެއްބަސް ވުމުން ކަމަށެވެ. އަދި އޭގެ މައްސަލަ އެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ޒާހިދު ވިދާޅުވި އެވެ.

އަޅުގަނޑުމެން އެންމެން ވާހަކަ ދައްކާފާ އެގޮތައް ނިންމައިގެން ދިޔައީ. އޭގަ މައްސަލައެއް އެބަ އޮތްތޯ؟. އޭގަ މައްސަލަ އަކީ ކޮބާތޯ؟ ކޮމިޝަން ގެ އަމިއްލަ ނިންމުމެއް ނޫންތޯ އެއީ. ތިކަހަލަ ވާހަކަ ދެން ދެއްކުން ރަނގަޅެއް ނޫން އިނގޭތޯ. އަޅުގަނޑުމެން އަމިއްލަ އަށް ކޮމިޝަނުން ނިންމި ނިންމުމެއްގެ ތެރެއިން މިކަން ކުރިޔަށް ގެންދިޔައީ
 އިލެކްޝަންސް ކޮމިޝަން ގެ ރައީސް މުހައްމަދު ޒާހިދު

މި ބައްދަލުވުމުގެ ވާހަކަ އީސީ ގެ ފަރާތުން ހިއްސާ ނުކުރީ ކީއްވެތޯ ސުވާލުކުރުމުން ޒާހިދު ވިދާޅުވީ، އިލެކްޝަންސް ގެ ފަރާތުން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ މައުލޫމާތު ހިއްސާނުކުރާ ކަމުގަ އެވެ. 

އީސީގެ ރައީސް ކަމަށް ޒާހިދު، ރައީސް މުއިއްޒު އައްޔަންކުރެއްވީ ޖެނުއަރީ 26، ގަ އެވެ. އެ މަގާމަށް އައްޔަންކުރަން މުއިއްޒު، ޒާހިދުގެ ނަން ފޮނުވުމުން ރައްޔިތުންގެ މަޖިލީހުން އޭނާ ގެ ނަން ފާސްކުރީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއީދާ އެކު އެވެ. ޒާހިދަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ގޮތައް ގާނޫނަށް ގެނައި ބަދަލާ އެކު ފުރަތަމަ އައްޔަނު ކުރެއްވި އެ ކޮމިޝަނުގެ ރައީސް އެވެ.

މުއިއްޒު އީސީގެ ރައީސް އާއި ބައްދަލުކުރައްވާފައި މިވަނީ މި ސަރުކާރުން ކުރިމަތިލާ ދެވަނަ ބޮޑު އިންތިހާބު ކަމަށްވާ ލޯކަލް ކައުންސިލް އިންތިހާބު ކުޑަތަންވެފައި ވަނިކޮށެވެ.

އިލެކްޝަން ކޮމިޝަންމުޙައްމަދު ޒާހިދުރައީސް މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މީގެ 4 މަސް ދުވަސް ކުރިން ބިންގާ އެޅި، ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އަދިވެސް ނުފެށޭ

މީގެ 4 މަސް ދުވަސް ކުރިން ބިންގާ އެޅި، ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އަދިވެސް ނުފެށޭ

27 ޑިސެމްބަރު 2025
 ނޮވެމްބަރު ގައި ފެށޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި، ހދ. ކުމުންދޫ ސްކޫލު ގެ މަލްޓި ޕަރޕަސް ހޯލު ގެ މަސައްކަތް އަދިވެސް ނުފެށޭ

ނޮވެމްބަރު ގައި ފެށޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި، ހދ. ކުމުންދޫ ސްކޫލު ގެ މަލްޓި ޕަރޕަސް ހޯލު ގެ މަސައްކަތް އަދިވެސް ނުފެށޭ

24 ޑިސެމްބަރު 2025
ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް ޖަމާ ނުވާތާ 1 އަހަރު

ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް ޖަމާ ނުވާތާ 1 އަހަރު

21 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކު ގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލާއި އެކު 550 ގޮނޑި މަދުވާނެ!

ލޯކަލް ކައުންސިލްތަކު ގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލާއި އެކު 550 ގޮނޑި މަދުވާނެ!

21 ޑިސެމްބަރު 2025
މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

20 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު