Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ށ. ކަނޑިތީމު

މިސަރުކާރުން ކަނޑިތީމުގައި ފެށި އެއްވެސް މަޝްރޫއުއެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އަހުސަން

ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހުސަން ވިދާޅުވީ މިސަރުކާރުން ރަށުގައި ގިނަ މަޝްރޫއުތަކެއް ފަށާފައި ވިޔަސް ބިން ސާފުކުރުމަށްފަހު އިތުރު އަމަލީ މަސައްކަތެއް ކުރިއަށް ނުދާކަމަށެވެ. ކުރީސަރުކާރުން ފަށާފައިހުރި މަލްޓިޕާޕަސް ހޯލާއި ސިއްހީ މަރުކަޒުގެ މަސައްކަތް ވެސް ހުއްޓިފައިވާކަން ފާހަގަކުރައްވައި އެވާހަކަ ރައީސް މުއިއްޒުއާ ހިއްސާކުރި ކަމަށް ވިދާޅުވި އެވެ. ނޮވެމްބަރު 14 ގައި ހަވާލުކުރި ވޭސްޓް މެނޭޖްމަންޓް ސެންޓަރާއި ފުޓްސަލް ދަނޑުގެ މަސައްކަތުގެ އަޕްޑޭޓް ލިބިފައި ނުވާކަން ފާހަގަކުރެއްވި އެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2025 | ހޮނިހިރު 06:11
ކަނޑިތީމު ކައުންސިލް ގެ ރައީސް އަހުމަދު އަހުސަން

ކަނޑިތީމު ކައުންސިލް ގެ ރައީސް އަހުމަދު އަހުސަން

ށ. ކަނޑިތީމުގައި މިސަރުކާރުން ގިނަ މަޝްރޫއުތަކެއް ފެށި ކަމަށާއި އެހެން ނަމަވެސް އެއްވެސް މަސައްކަތެއް އެކަށީގެންވާ ގޮތެއްގައި ކުރިއަށްދާތަން ނުފެންނަ ކަމަށް ކައުންސިލް ގެ ރައީސް އަހުމަދު އަހުސަން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަހުސަން ވިދާޅުވީ، ކަނޑިތީމުގެ ތަރައްގީއަށް މިސަރުކާރުން ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށާއި އެހެން ނަމަވެސް މަޝްރޫއުއަށް ބޭނުންވާ ބިން ސާފު ކުރުން ނޫން އިތުރު މަސައްކަތެއް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމަށެވެ. 

Advertisement - newsAdvertisement

އަހުސަން ވިދާޅުވީ ކުރީ ސަރުކާރުން ފަށާފައި ހުރި ދެ މަޝްރޫއުގެ ތެރެއިން މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ވަރަށް ބާރަށް ކުރީ ސަރުކާރުގައި ކުރިއަށް ގޮސް މިހާރު ޝީޓު އެޅުމަށް ތައްޔާރު ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ތަނުގެ ޝީޓު އެޅުމަށް ތައްޔާރު ކޮށްފައި ހުންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް އަހުސަން ވިދާޅުވި އެވެ. އޭގެ އިތުރުން ސިއްހީ މަރުކަޒުގެ ފައުންޑޭޝަން ގެ މަސައްކަތް ހުއްޓިފައިވާކަން ފާހަގަ ކޮށް އަހުސަން ވިދާޅުވީ ސިއްހީ މަރުކަޒުގެ ފައުންޑޭޝަން މަސައްކަތް ނިމިފައި ހުންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި މިހާރު އެމަސައްކަތް ކުރާ ކުންފުނިން އެ މަސައްކަތް އެހެން ކުންފުންޏަކަށް ދޭން އުޅޭ ކަހަލަ ވާހަކަތަކެއް އަޑު އިވިފައިވާ ކަމަށާއި ރައީސް މުޢިއްޒު އެންމެ ފަހުން ކަނޑިތީމަށް ކުރި ދަތުރުގައި އެވާހަކަ ހިއްސާ ކުރި ކަމަށް އަހުސަން ވިދާޅުވި އެވެ. 

މިސަރުކާރުން ބިންގާ އަޅާފަ މިހާރު އަމަލީ މަސައްކަތް ފަށާފަ ހުރި މިބުނާ މަސައްކަތް ތަކަކީ ޕޮލިސް ޕޯސްޓުގެ އާއިމާރާތުގެ މަސައްކަތް.. ބިން ސާފު ކޮށްފަ އޮތީ ދެން އިތުރު މަސައްކަތެއް އަދި ކުރިއަކަށް ނުދޭ، ދެން ދެވަނަ ކަމަކަށް ފިޓްނެސް ރިކްރިއޭޝަން ސެންޓަރު ގެ މަސައްކަތް ވެސް ބިން ސާފު ކޮށްފަ ސައިޓު ތައްޔާރު ކޮށްފަ އޮތީ ދެން އަދިއެއް އަމަލީ މަސައްކަތެއް ފަށައެއް ނުގަނެވެ، ދެން އޭގެ އިތުރުން ރޯޑް ކޯޕަރޭޝަން އާ މަގުތައް ހެދުން ހަވާލުކޮށްފަ، އޭގަވެސް މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށްދާ ހަބަރު ކޮންމެސް ވަރަކަށް ލިބިފައިނީ ، އޭގެ އިތުރުން ފަޅުގެ މަސައްކަތް ވެސް އެމްޓީސީސީ އާއި ހަވާލުކޮށްފަ އޮތީ. ފަޅުގެ މަސައްކަތުގެ ތިން މީހަކު މިކޮޅުގަ އުޅޭތާ ދުވަސްތަކެއް ވެއްޖެ އެހެން ނަމަވެސް އެއްވެސް މަސައްކަތޔެއް ކުރިއަކަށް ނުދޭ. 
ކަނޑިތީމު ކައުންސިލް ގެ ރައީސް އަހުމަދު އަހުސަން

އޭގެ އިތުރުން އަހުސަން ވިދާޅުވީ ނޮވެމްބަރު 14 ގައި އެއްފަހަރާ ގިނަ ޕްރޮޖެކްޓް ތަކެއް ކުންފުނިތަކާ ހަވާލުކުރި އިރު ކަނޑިތީމުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ކުންފުންޏަކާ ހަވާލުކޮށްފައި ވާކަމަށާއި އަދި ރަށުގެ ކުރީގެ ފުޓްސަލް ދަނޑު ވެސް ކުންފުންޏަކާ ހަވާލުކޮށްފައި ވާކަމަށެވެ. އަދި އެ ދެ މަސައްކަތުގެ އެއްވެސް އަޕްޑޭޓެއް މިހާތަނަށް ނުލިބޭ ކަމަށާއި މަސައްކަތް ހަވާލުކުރިކަން ހަބަރުން އެނގުން ކަމަށް އަހުސަން ވިދާޅުވި އެވެ. 

އަހުސަން ވިދާޅުވީ ރަށުގައި ހިންގާ އެއްވެސް މަސައްކަތަކަށް ކައުންސިލް އިން އެއްބާރުލުން ނުދީގެން ކުރިއަށް ނުގޮސް ނޯންނާނެ ކަމަށާއި ކައުންސިލް އިން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން އެދުނު ގޮތަށް ކޮށްދީފައި ވާނެ ކަމަށެވެ. 

ކަނޑިތީމުއަހުމަދު އަހުސަންމަލްޓިޕާޕަސް ހޯލްޞިއްޙީ މަރުކަޒުތައްރައީސް މުއިއްޒުކައުންސިލުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!

ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!

18 ޑިސެމްބަރު 2025
ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
"ފަލާހު އަށް ދަންނަވާލަން މާލޭ މީހުންގެ ގޯތި ގެދޮރާ ނުބެހެން"

"ފަލާހު އަށް ދަންނަވާލަން މާލޭ މީހުންގެ ގޯތި ގެދޮރާ ނުބެހެން"

17 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!

ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!

16 ޑިސެމްބަރު 2025
ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ  ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ

ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ

16 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު