Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަހި ދިރިއުޅުން ކޯޕަރޭޝަން

އެފްޑީސީ ފްލެޓް ތަކަށް ރައީސް މުއިއްޒު ފުރަތަމަ އެންގެވި ގޮތަށް ދެއްކި ޑިޕޮސިޓް ފައިސާ ކުލިން އުނި ކުރަނީ

20 ޑިސެމްބަރު 2025 | ހޮނިހިރު 11:32

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ދަށުން މިދިޔަ ސަރުކާރުން އެޅި ގެދޮރުވެރިޔާ ފްލެޓްތަކަށް، މި ސަރުކާރުން ނަގަން ފެށި ޑިޕޮސިޓް ފައިސާ މިހާރު ދައްކައިފައިވާ ނަމަ، ޑިޕޮސިޓުން ކުޑަވި ބައި ކުލިން ކެނޑޭ ގޮތަށް ވަނީ ނިންމާފައި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 20 ޑިސެމްބަރު 2025 | ހޮނިހިރު 11:32
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އެމްޑީޕީ ސަރުކާރުން އިމާރާތް ކޮށްފައިވާ ޓަވަރުތައް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އެމްޑީޕީ ސަރުކާރުން އިމާރާތް ކޮށްފައިވާ ޓަވަރުތައް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ  ދަށުން މިދިޔަ ސަރުކާރުން އެޅި ގެދޮރުވެރިޔާ ފްލެޓްތަކަށް، މި ސަރުކާރުން ނަގަން ފެށި ޑިޕޮސިޓް ފައިސާ މިހާރު ދައްކައިފައިވާނަމަ، ޑިޕޮސިޓުން ކުޑަވި ބައި ކުލިން ކެނޑޭ ގޮތަށް ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ހުކުރު ދުވަހުގެ ރޭ ބުނީ ޑިޕޮސިޓް ކުޑަކުރުމުގެ ސަބަބުން، ކުރިން އެ ދައްކައި ނިންމައިފައި ވާނަމަ، އެ ފައިސާ އިން ކުޑަވި އަދަދު އުނިކުރާނީ ދެން ދައްކަންޖެހޭ މަސްތަކުގެ ކުލިން ކަމަށެވެ.

Advertisement - newsAdvertisement

މި ފްލެޓް ތަކުގެ ކުލީގެ ގޮތުގައި މި ސަރުކާރުން ނިންމީ، ދެ ކޮޓަރީގެ އެޕާޓްމަންޓަކުން ނަގާ ކުލި 7،000 ރުފިޔާއަށް ބޮޑު ކުރުމަށާއި، ތިން ކޮޓަރީގެ އެޕާޓްމަންޓަށް ނަގާ ކުލި 9،000 ރުފިޔާއަށް ބޮޑު ކުރުމަށެވެ. ނަމަވެސް ނިމިދިޔަ އެމްޑީޕީ ގެ ސަރުކާރުން ނިންމާފައިވަނީ ދެ ކޮޓަރީގެ އެޕާޓްމަންޓަކުން 5،000 ރުފިޔާ ނެގުމަށާއި، ތިން ކޮޓަރީގެ އެޕާޓްމަންޓަކުން މަހު ކުލީގެ ގޮތުގައި 7،000 ރުފިޔާ ނެގުމަށެވެ. އަދި އެމްޑީޕީ ސަރުކާރުން ނިންމާފައިވަނީ މި ފްލެޓް ތަކުން ސެކިއުރިޓީ ޑިޕޮސިޓް ގެ ގޮތުގައި އެއްވެސް ފައިސާ އެއް ރައްޔިތުން ގެ އަތުން ނުނެގުމަށެވެ. 

އެމްޑީޕީ ސަރުކާރުން މި އަގުތައް 15 ނޮވެމްބަރު 2023 ގައި އާންމު ކޮށް އިއުލާނު ކޮށްފައިވަނިކޮށް، ރައީސް މުއިއްޒު ވަނީ ފްލެޓް ތަކުގެ ކުލި ބޮޑުކޮށް ، 3 ކޮޓަރީގެ އެޕާޓްމެންޓަކުން ޑިޕޮސިޓް ގެ ގޮތުގައި 25،000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމެންޓަކުން 15،000 ރުފިޔާ ގެ ޑިޕޮސިޓެއް ނަގާ ގޮތަށް ހަމަޖައްސާފަ އެވެ. 

ނަމަވެސް މިކަމާ ގުޅިގެން އެ ފްލެޓް ލިބުނު މީހުންގެ ޝަކުވާ އާއި ކަންބޮޑުވުންތައް ހިއްސާކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ފަހުން ރައީސް މުއިއްޒު ނިންމެވީ ތިން ކޮޓަރީގެ އެޕާޓްމަންޓް ތަކަށް މެއިންޓެނެންސް ފީ އާއި އެކު ދައްކަން ޖެހޭ މަހު ކުލި 10،500 ރުފިޔާ 10،000 ރުފިޔާއަށް ކުޑަ ކޮށް، އެޑްވާންސް ގެ ގޮތުގައި ދައްކަންޖެހޭ 25،000 ރުފިޔާ 8،000 ރުފިޔާއަށް ކުޑަ ކުރުމަށެވެ. އަދި  ދެ ކޮޓަރީގެ އެޕާޓްމަންޓް ތަކަށް މެއިންޓެނެންސް ފީ އާއެކު  ދައްކަން ޖެހޭ މަހުކުލި 8،000 ރުފިޔާއިން 7،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސް ގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 15،000 ރުފިޔާ އިން އެއް މަހުގެ ކުލި ކަމަށްވާ 6،000 ރުފިޔާއަށް ކުޑަ ކުރުމަށެވެ. 

ރައީސް މުއިއްޒު ގެ ސަރުކާރަށް ދެ އަހަރު ވީ އިރު، އެއްވެސް ހައުސިން މަޝްރޫއެއް ގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިޔަށް ނުދާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ ކުރިމަތި ވަމުންނެވެ. ހައުސިން މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް މުއިއްޒު އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކަވާ، ބޮޑެތި އިތުރުފުޅު ހައްދަވަމުން ދާކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ. ރައީސް މުއިއްޒު ބާއްވަމުންދާ ރައްޔިތުންގެ ބައްދަލުވުންތަކުން އެކަނިވެސް، މިކަން ވަރަށް ސާފުކޮށް ފެނެ އެވެ. 

ފަހި ދިރިއުޅުން ކޯޕަރޭޝަންރައީސް މުއިއްޒުގެދޮރުވެރިޔާ ސްކީމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

މިސަރުކާރުން ކަނޑިތީމުގައި ފެށި އެއްވެސް މަޝްރޫއުއެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އަހުސަން

20 ޑިސެމްބަރު 2025
މިސަރުކާރުން ކަނޑިތީމުގައި ފެށި އެއްވެސް މަޝްރޫއުއެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އަހުސަން
19 ޑިސެމްބަރު 2025

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން ފުލެޓުތަކަށް ހަމަޖެއްސި އަގުތައް ރައީސް މުއިއްޒު އަމިއްލަފުޅަށް ބޮޑު ކުރައްވައި އަމިއްލަފުޅަށް ކުޑަ ކުރައްވައިފި

19 ޑިސެމްބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން ފުލެޓުތަކަށް ހަމަޖެއްސި އަގުތައް ރައީސް މުއިއްޒު އަމިއްލަފުޅަށް ބޮޑު ކުރައްވައި އަމިއްލަފުޅަށް ކުޑަ ކުރައްވައިފި
19 ޑިސެމްބަރު 2025

ރައީސް މުއިއްޒު ބޮޑު ކުރި ގެދޮރުވެރިޔާ ފުލެޓުގެ ކުއްޔާއި، ނަގަން ނިންމި އެޑްވާންސަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެއްޖެ، ކުލި ކުޑަވާނެ ދުވަހެއް ވިދާޅެއް ނުވޭ

19 ޑިސެމްބަރު 2025
ރައީސް މުއިއްޒު ބޮޑު ކުރި ގެދޮރުވެރިޔާ ފުލެޓުގެ ކުއްޔާއި، ނަގަން ނިންމި އެޑްވާންސަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެއްޖެ، ކުލި ކުޑަވާނެ ދުވަހެއް ވިދާޅެއް ނުވޭ
18 ޑިސެމްބަރު 2025

ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!

18 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!
18 ޑިސެމްބަރު 2025

ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!

18 ޑިސެމްބަރު 2025
ވަޒީރުން ރަތަށް، މުއިއްޒު ހޫނު ފެނަށް!
18 ޑިސެމްބަރު 2025

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް
17 ޑިސެމްބަރު 2025

"ފަލާހު އަށް ދަންނަވާލަން މާލޭ މީހުންގެ ގޯތި ގެދޮރާ ނުބެހެން"

17 ޑިސެމްބަރު 2025
"ފަލާހު އަށް ދަންނަވާލަން މާލޭ މީހުންގެ ގޯތި ގެދޮރާ ނުބެހެން"
16 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!

16 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!
16 ޑިސެމްބަރު 2025

ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ

16 ޑިސެމްބަރު 2025
ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ  ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ
13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް