Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

"ތިކަންކަމާއި ސީރިއަސްކޮށް އެޓެންޑް ވާނަން"

ސަރުކާރުން ރައްޔިތުންނާ ބައްދަލުކުރާ ބައްދަލުވުންތައް ބާއްވަމުން އަންނައިރު، މިއީ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ކުރާ މަސައްކަތްތަކެއް ކަން ފެންނަން އެބަހުރި. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ދެ އަހަރު ފުރުނު ނަމަވެސް ސިއްހީ ނިޒާމް ހަރުދަނާކުރުމާއި ހުޅުމާލޭގެ ގެދޮރުގެ ވައުދުފުޅުތަކާ އެކު ރިޔާސީ އިންތިހާބުގެ ވައުދުފުޅުތައް މިހާތަނަށް ފުއްދިފައެއް ނުވޭ. ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ކަމަށް ވިދާޅުވި ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުގައި މަގާމުން ދުރުކުރި ބޭފުޅުން ތިއްބަވަނީ ސަރުކާރުގެ އިސް މަގާމުތަކުގައި. މިއިން ވައުދެއް ފުއްދަވާތަނެއް ނުފެންނަ އިރު ރައްޔިތުން ކައިރިއަށް އާކަމެއް ކުރައްވަން ވަޑައިގަންނަވާތަކެއް ނުފެނޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 14:23
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މި ސަރުކާރު ވެރިކަމަށް އައިސް މިއީ ރައްޔިތުންނަށްޓަކައި ކުރާ ވެރިކަމެއް ކަމަށް ދެއްކުމުގެ ގޮތުން ރައްޔިތުންނާއި ކައިރިން ބައްދަލުކުރުމުގެ ނަމުގައި އެތައް ބައްދަލުވުމެއް ދަނީ ބާއްވަމުންނެވެ. ވިލިމާލޭގައި ފުރަތަމަ ބައްދަލުވުން ބޭއްވިއިރު، ދެ ވަނަ ބައްދަލުވުން އޮތީ މައްޗަންގޮޅީގަ އެވެ. ތިން ވަނަ ބައްދަލުވުން މާފަންނުގައި އޮތްއިރު، ހަތަރު ވަނަ ބައްދަލުވުން އޮތީ ހެންވޭރުގަ އެވެ. އެފަހުން ހުޅުމާލެ ފޭސް 1 އަދި 2 ގައި ވެސް މި ބައްދަލުވުންތައް ބާވައިފި އެވެ. 

ކޮންމެއަކަސް މި ބައްދަލުވުންތަކަކީ ރައްޔިތުންގެ އަޑުއަހަން ބާއްވާ ބައްދަލުވުންތަކެއް ކަމަށް ދައްކާ މެންދަމުން އަލިވާ އިރު މި ކުޅޭ ކުޅިވަރު ރައްޔިތުންނަށް ވަރަށް ސާފެވެ. މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ރައްޔިތުންގެ ލޮލުގައި އަޅުވާ އަދުނެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންދަނީ ކޮންޓްރޯލް ކޮށްގެން ވަކި ބަޔަކަށް ފުރުސަތު ދޭން މަސައްކަތް ކުރާ އުސޫލުންނެވެ. ނަމަވެސް މިއަދު އެއަށްވުރެ ރައްޔިތުން ހޭލުންތެރި އެވެ. މައިކް އަތުލައިގެން ނަމަވެސް ދައްކަންޖެހޭ ވާހަކަ ދައްކަ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ދެ އަހަރު ފުރިފައިވާއިރު، ރިޔާސީ އިންތިހާބު ގައި ރައްޔިތުންނަށް ވިދާޅުވި ވައުދުތަކުގެ ތެރެއިން ގިނަ ވައުދުތަކެއް މިހާތަނަށް ފުއްދާފައި ނުވާ އިރު، 2 އަހަރު ތެރޭގައި ބޭއްވުނު ހުރިހާ ބައްދަލުވުމެއް ގައި ވެސް ޖަލްސާ އެއްގައި ދައްކަނީ އެއް ވާހަކަ އެކެވެ. ވެރިކަމުގެ ތިން ވަނަ އަހަރު ފަށާފައިވާއިރު، އަދިވެސް ވަމުންދަނީ ރިޔާސީ އިންތިހާބު ގައި ވި ވައުދުތަކެވެ. 

ރައީސް މުއިއްޒު ވެރިކަމަށް އައުމުގެ ކުރިން ވި އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި އާސަންދަ އަދި އެންސްޕާގެ ހަރަދު ކުޑަކޮށް ސިއްހީ ނިޒާމް ހަރުދަނާ ކުރުން ހިމެނެ އެވެ. ނަމަވެސް މިހާތަނަށް ވެސް އެ މައްސަލަތައް ހައްލު ނުކުރެވިފައިވާއިރު، ޔޫރަޕުގެ ކޮލިޓީ ބޭސް ގެންނާނެ ކަމަށް ވިދާޅުވި ވައުދު ފުއްދުމުގައި ވެސް ވަނީ ފެއިލްވެފަ އެވެ. އަދިވެސް ރައްޔިތުން ކައިރިއަށް ވަޑައިގަންނަވަނީ ހަމަ އެ ވައުދު ހިފައިގެންނެވެ. 2 އަހަރު ވި އިރު ވެސް އެ ވައުދެއް ނުފުދުނެވެ. 

އެންސްޕާގެ އެހީ ނުލިބި އެތައް ރައްޔިތަކު ނާށިގަނޑު ހިފައިގެން ސަލާން ޖަހަން މަޖުބޫރުވެފައިވާއިރު، ރާއްޖެއިން ބޭރަށް ފަރުވާއަށް ދެވެނީ ސިޔާސީ މީހާއާއި ގާތްގުޅުމެއް އޮންނަ މީހަކަށް ކަމަށް ރަށުތެރެއިން ދެކެވޭ ވާހަކައާއި ރައީސްގެ ބައްދަލުވުންތަކުގައި އާންމުންގެ ޝަކުވާއިން އެނގެ އެވެ. ބޭސް ސިޓީއަށް ސަލާން ޖެހުން އަދިވެސް ހުއްޓުވިފައެއް ނުވެއެވެ. މިއީވެސް ވައުދެކެވެ. 2 އަހަރުވި އިރު އަދިވެސް ވަޑައިގަންނަވަނީ މި ވައުދުފުޅާއެކު އެވެ. 

ހުޅުމާލޭ ރައްޔިތުން ކައިރީގައި ރިޔާސީ އިންތިހާބުގެ ވައުދެއްގެ ގޮތުގައި ރައީސް މުއިއްޒު ވިދާޅުވީ 10 ބުރިއަށް ހުޅުމާލޭގެ އަމިއްލަ ފަރާތްތަކުގެ ގެތައް ނެގޭނެ ކަމަށެވެ. ނަމަވެސް ދެ އަހަރު ފަހުންވެސް އިހައްދުވަހަކު އަނެއްކާ ވެސް ހަމަ އެ ވައުދު ވެވަޑައިގެންނެވީ އެވެ. މުޅި ދައުލަތުގެ ހުރިހާ އާރާބާރެއް އޮވެ މިފަދަ ވައުދެއް ނުފުއްދުމުން މި ރައީސް ރައްޔިތުންނާ ވެވަޑައިގަންނަވާ ވައުދުފުޅުތަކަކީ އަސްލު ވެސް ހަމަ ހަގީގަތުގައި ވެސް ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ފަޅީގައި ހުންނަވާ ވެވަޑައިގަންނަވާ ވައުދުފުޅުތަކެއް ކަމާމެދު ސުވާލު އުފެދެ އެވެ. 

ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އިރު، ކޮރަޕްޝަންގެ ތުހުމަތުގައި މަގާމުތަކުން ދުރުކުރި އެންމެން ތިބީ ރައީސްގެ އަރިހުގައި އިސް ސަފުގަ އެވެ. މީގެ ތެރޭގައި ސްޓެލްކޯ ގެ އެމްޑީ ކަމުގައި ހުރި ހުސައިން ފަހުމީ، އެޗްޑީސީ ގެ އެމްޑީ ފަޒުލް ރަޝީދު، މޯލްޑިވް ގޭސް ގެ އެމްޑީ އަބްދުﷲ މުހައްމަދު، އަދި އެފްއެސްއެމް ގެ އެމްޑީ ކަމުގައި ހުރި އިސްމާއިލް ސުހައިލް ހިމެނެ އެވެ.

މި އެންމެންވެސް މިއަދު ތިބީ ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައާއި ރައީސް އޮފީހުގެ އިތުރުން ޕީއެންސީގެ އިސް މަގާމުތަކުގަ އެވެ. ކޮރަޕްޝަންގެ ވާހަކަ ހިފައިގެން ދާ މުވައްޒަފު ކަނޑާލާ އިރު، ކްލޯސްޑް ބިޑު އުސޫލުން ޕްރޮޖެކްޓްތަކާއި މަސައްކަތްތައް ދަނީ ހަވާލު ކުރަމުންނެވެ. މިދިޔަ މަހުގެ ކުރީކޮޅު ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުތައް ބަހާލި ގޮތް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބަލާ ސަރުކާރުތަކުގެ ތެރެއިން ރާވައިގެން ހިންގާ ކޮރަޕްޝަނުގެ އަމަލުތަކުގެ މިންގަނޑަށް ފެތެ އެވެ. 

މިއީ ހުސް ވައުދުތަކެވެ. ރައީސް މުއިއްޒުގެ ވައުދުތަކުގެ ލިސްޓު ކިތައްމެހާ ވެސް ދިގެވެ. ކިތައްމެހާ ވެސް ރައްޔިތުން ބޭނުންވާ ކަންކަމެވެ. ނަމަވެސް މި ވައުދުތަކަކީ ހުސް ސީރިއަސްކޮށް ވިސްނަވާ ކަންތަކެވެ. 2 އަހަރުވި އިރުވެސް "ތިކަމާއި ހަމަ ސީރިއަސް ކޮށް ވިސްނަވަނީ" އެވެ. 

ކޮންމެ ބައްދަލުވުމެއްގައި ވެސް ރައްޔިތުން ލައްވާ ލައްކަ އާދޭހެއް ކުރުވުމަށްފަހު ތަހުތުން ތެދުވެވަދައިގެން ހުންނަވާ ވިދާޅުވަނީ އެންމެ ވާހަކަފުޅެކެވެ. "އަދިވެސް ބޭފުޅުން ފުރުސަތު ބޭނުންފުޅުވެއްލައްވާކަން އެނގޭ. ނަމަވެސް ކޮންމެ ބައްދަލުވުމެއްގައި ވެސް ވީވަރަކުން މިދަނީ ފުރުސަތު ދެމުން. އެހެން ވަނީ ކުރިން ބައްދަލުވުންތައް ބޭއްވިފައި ނެތުމުން ކަމަށް އެނގޭ. އެހެންވީމާ އެ ފުރުސަތު ބޭނުންވެލައްވާ ވަރަކުން މިދަނީ ފުރުސަތު ދެމުން. ދެން މިއިން ކޮންމެ ކަމަކީ ވެސް މުހިންމު ވާހަކަފުޅެއް ވިދާޅުވަނީ. މި ބައްދަލުވުމުގައި ތި ފާހަގަކުރައްވާ ކޮންމެ ކަމަކީ އަޅުގަނޑު އެކަމަކަށް ވަރަށް ސީރިއަސްކަމާ އެކު އެޓެންޑްވާނެ ކަންތައްތައް"  މިހެންނެވެ. 

ނަމަވެސް މިއިން ކަމަކާއި 2 އަހަރުވި އިރުވެސް މަނިކުފާނު ސީރިއަސްކޮށް ވިސްނެވި ނަމަ ރައްޔިތުން އެއް ޝަކުވާ އެއް 2 އަހަރު ވަންދެން ނުކުރާނެ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުލޯކަލް ކައުންސިލް އިންތިހާބުރައްޔިތުންނާ ބައްދަލުކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ކައުންސިލުގެ ނައިބު ރައީސް ޕީއެންސީ ގެ ޓިކެޓުގައި އިންތިޚާބުގައި ވާދަ ކުރަން ލީ ފޯމު ރިޖެކްޓް ކޮށްފި، ސަބަބެއް ނުބުނި!

ދުވާފަރު ކައުންސިލުގެ ނައިބު ރައީސް ޕީއެންސީ ގެ ޓިކެޓުގައި އިންތިޚާބުގައި ވާދަ ކުރަން ލީ ފޯމު ރިޖެކްޓް ކޮށްފި، ސަބަބެއް ނުބުނި!

23 ޑިސެމްބަރު 2025
ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހަޅާ ކަންކަން ހައްލު ނުވެ އެންމެ ފަހުން ޑްރައިވާރސް އެސޯސިއޭޝަނުން ރައީސް މުއިއްޒު އާ ބައްދަލު ކޮށްފި

ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހަޅާ ކަންކަން ހައްލު ނުވެ އެންމެ ފަހުން ޑްރައިވާރސް އެސޯސިއޭޝަނުން ރައީސް މުއިއްޒު އާ ބައްދަލު ކޮށްފި

23 ޑިސެމްބަރު 2025
ކޯޓުތަކުން މައްސަލަ ބަލާ ނިންމާނެ ތާރީޚު ކަނޑައަޅުއްވަނީ ވެސް ރައީސް މުއިއްޒު

ކޯޓުތަކުން މައްސަލަ ބަލާ ނިންމާނެ ތާރީޚު ކަނޑައަޅުއްވަނީ ވެސް ރައީސް މުއިއްޒު

22 ޑިސެމްބަރު 2025
ބިލެތްފަހި އެއަރޕޯޓުގެ ބިންހިއްކަން ގެނައި ޑްރެޖަރުން އަދި އެންމެ ވެލިފުކެއްވެސް ނާޅާ، ކުރާހާ ވެސް ކަމަކީ އޭގެ ދަބަރު ތެޅުން

ބިލެތްފަހި އެއަރޕޯޓުގެ ބިންހިއްކަން ގެނައި ޑްރެޖަރުން އަދި އެންމެ ވެލިފުކެއްވެސް ނާޅާ، ކުރާހާ ވެސް ކަމަކީ އޭގެ ދަބަރު ތެޅުން

22 ޑިސެމްބަރު 2025
މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

22 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު