Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހދ. ކުމުންދޫ

ނޮވެމްބަރު ގައި ފެށޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި، ހދ. ކުމުންދޫ ސްކޫލު ގެ މަލްޓި ޕަރޕަސް ހޯލު ގެ މަސައްކަތް އަދިވެސް ނުފެށޭ

މި އަހަރުގެ އޮގަސްޓު މަހު ރައީސް މުއިއްޒު ވިދާޅުވީ މި މަސައްކަތުގެ އަމަލީ މަސައްކަތް އޮގަސްޓް މަހުން ފެށިގެން ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް، ނަމަވެސް އެގެ ފަހުން މިހާރު ހަތަރު މަސް ވާން ކައިރިވެފައިވާ އިރު މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވޭ. ކުމުންދޫ ކައުންސިލް ގެ ރައީސް އަމީން އަހުމަދު ވިދާޅުވީ މަލްޓި ޕަރޕަސް ހޯލު އަޅަން ނިންމާފައިވާ ސަރަހައްދުގައި އަދި ޖަހާފައިވަނީ ފެންސެއް އެކަނި ކަމަށް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 24 ޑިސެމްބަރު 2025 | ބުދަ 14:37
ހދ. ކުމުންދޫ ސްކޫލު ގެ މަލްޓި ޕަރޕަސް ހޯލު އަޅަން ނިންމާފައިވާ ސަރަހައްދު

ހދ. ކުމުންދޫ ސްކޫލު ގެ މަލްޓި ޕަރޕަސް ހޯލު އަޅަން ނިންމާފައިވާ ސަރަހައްދު

ހދ. ކުމުންދޫ ސްކޫލުގައި މި ސަރުކާރުން އަޅައިދޭން ބުނި މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް އަދިވެސް ނުފެށޭ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަމީން އަހުމަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ އޮގަސްޓު މަހު ރައީސް މުއިއްޒު ވިދާޅުވީ މި މަސައްކަތުގެ އަމަލީ މަސައްކަތް އޮގަސްޓް މަހުން ފެށިގެން ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ. ނަމަވެސް އެގެ ފަހުން މިހާރު ހަތަރު މަސް ވާން ކައިރިވެފައިވާ އިރު މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ.

ކުމުންދޫ ސްކޫލްގައި އިމާރާތް ކުރަން ނިންމާފައިވާ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތާއި ގުޅޭގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ، މަލްޓި ޕަރޕަސް ހޯލު އަޅަން ނިންމާފައިވާ ސަރަހައްދުގައި އަދި ޖަހާފައިވަނީ ފެންސެއް އެކަނި ކަމަށެވެ. އެ ސަރަހައްދު ގައި ހުރި ބޮޑު ނިކަ ގަސް ނެގުމުގެ މަސައްކަތް ވެސް އަދި ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަލްޓި ޕާރޕަސް ހޯލަކީ ކުމުންދޫ ސްކޫލަށް ވަރަށް މުހިންމު އިމާރާތެއް ކަން ފާހަގަ ކުރައްވާ ކުމުންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، މި މަސައްކަތް އަވަހަށް ފެށިގެން ދިޔުމަކީ ކުމުންދޫ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. 

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ފާއިތުވެގެން ގޮސްފައިވާ އިރު، ކުމުންދޫ ގައި ތަރައްގީ ގެ އެއްވެސް މަޝްރޫއެއް އެކަށީގެންވާ ގޮތަށް ނުހިނގާ ކަން އެ ރަށު ރައްޔިތުން ފާހަގަ ކުރެ އެވެ. އަދި ނިމިދިޔަ އެމްޑީޕީ ގެ ސަރުކާރުން އެ ރަށުގައި ފަށާފައިވާ މަޝްރޫއު ތައް ވެސް މިހާރު މަޑުޖެހިފައިވާ ކަމަށް ރައްޔިތުން ވަނީ ފާހަގަ ކޮށްފަ އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި ހދ. ކުމުންދޫ ގެ ތަރައްގީ އަށް މުހިންމު ގިނަ މަޝްރޫއުތަކެއް ހިންގާފައިވެ އެވެ. އޭގެ ތެރޭގައި އެ ރަށު ފެނާ ނަރުދަމާ ގާއިމް ކުރުން، ކުމުންދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން، ފުޓްސަލް އަދި ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ހިމެނެ އެވެ. މީގެ އިތުރުން އެމްޑީޕީ ވެރިކަމުގައި ކުމުންދޫ ގައި ވަނީ އައުޓްޑޯ ޖިމް އެއް ވެސް އަޅާފަ އެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމް ކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި އެމްޑީޕީ ސަރުކާރުން ވަނީ، ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފަ އެވެ.

ހދ. ކުމުންދޫރައީސް މުއިއްޒުމަލްޓިޕާޕަސް ހޯލް

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް ޖަމާ ނުވާތާ 1 އަހަރު

21 ޑިސެމްބަރު 2025
ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް ޖަމާ ނުވާތާ 1 އަހަރު
21 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކު ގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލާއި އެކު 550 ގޮނޑި މަދުވާނެ!

21 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކު ގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލާއި އެކު 550 ގޮނޑި މަދުވާނެ!
20 ޑިސެމްބަރު 2025

މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

20 ޑިސެމްބަރު 2025
މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް
20 ޑިސެމްބަރު 2025

އެފްޑީސީ ފްލެޓް ތަކަށް ރައީސް މުއިއްޒު ފުރަތަމަ އެންގެވި ގޮތަށް ދެއްކި ޑިޕޮސިޓް ފައިސާ ކުލިން އުނި ކުރަނީ

20 ޑިސެމްބަރު 2025
 އެފްޑީސީ ފްލެޓް ތަކަށް ރައީސް މުއިއްޒު ފުރަތަމަ އެންގެވި ގޮތަށް ދެއްކި ޑިޕޮސިޓް ފައިސާ ކުލިން އުނި ކުރަނީ
20 ޑިސެމްބަރު 2025

މިސަރުކާރުން ކަނޑިތީމުގައި ފެށި އެއްވެސް މަޝްރޫއުއެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އަހުސަން

20 ޑިސެމްބަރު 2025
މިސަރުކާރުން ކަނޑިތީމުގައި ފެށި އެއްވެސް މަޝްރޫއުއެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އަހުސަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު