Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުން ބައްދަލުވުން

އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

ރައީސް މުއިއްޒު މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ އާދިއްތަ ދުވަހުގެ ރޭ ބައްދަލުކުރައްވާނެ އެވެ. މިހާތަނަށް ބޭއްވުނު ބައްދަލުވުންތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ވައުދު ނުފުއްދުމާއި މާލީ ހާލަތު ދައްވަމުންދާތީ ސަރުކާރާ މެދު ކަންބޮޑުވުންތައް ހިއްސާކުރަމުން އަންނައިރު ގިނަ ސުވާލުތަކަށް ޖަވާބު ނުލިބޭކަން ފާހަގަކުރެ އެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2025 | ހޮނިހިރު 01:03
ރައީސް ޑރ މުހައްމަދު މުޢިއްޒު

ރައީސް ޑރ މުހައްމަދު މުޢިއްޒު

މާލޭ ގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީ ގައި ދިރިއުޅޭ ރައްޔިތުންނާ އާދިއްތަ ދުވަހުގެ ރޭ ބައްދަލުކުރައްވާނެކަން އިއުލާން ކޮށްފި އެވެ. 

ރައިސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި، މި ބައްދަލުވުން އޮންނާނީ ބުރާސްފަތި ދުވަހު ގެ ރޭގަނޑު 20:30 ގައި ހުޅުމާލެ ފޭސް 1 ގެ ރެހެންދީ ސްކޫލްގަ އެވެ.

Advertisement - newsAdvertisement

ހުޅުމާލެ އާއި ވިލިމާލެ ހިމެނޭހެން މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަން ރައީސް އިއުލާން ކުރެއްވީ މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގަ އެވެ.

ރައްޔިތުންގެ ޚިޔާލާ މަޝްވަރާ އަދި ހުރި ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ބާއްވަމުން ގެންދަވާ މި ބައްދަލުވުން ތަކުގައި މިހާތަނަށް ވިލިމާލެ، މައްޗަންގޮޅި، މާފަންނު، ހެންވޭރު، ގަލޮޅުގެ އަދި ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވާފަ އެވެ. މީގެ އިތުރުން ބުދަ ދުވަހުގެ ރޭ ރައީސް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކޮންމެ ބައްދަލުވުމެއްގައި ވެސް ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ރައީސް މުއިއްޒު އާއި ސަރުކާރުގެ ނާޤާބިލްކަން ފާހަގަކޮށް ފާޑުކިޔަމުންނެވެ. ވައުދު ނުފުއްދާތީ އާއީ މާލީ ހާލަތު ދައްވަމުން ދާތީ އެ ކަންބޮޑުވުންތައް އާއްމުން ދަނީ ކެނޑިނޭޅި ހިއްސާކުރަމުންނެވެ. އެހެންކަމުން މި ބައްދަލުވުންތައް ވެފައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރ ބޮޑުވެގެންދާ ބައްދަލުވުންތަކަށެވެ.

މި ބައްދަލުވުންތަކުގައި ރައްޔިތުން އެތައް ބައިވަރު ސުވާލެއް ކުރި ނަމަވެސް ގިނަ ސުވާލުތަކަށް ޖަވާބު ނުލިބޭ ކަމަށް ބައްދަލުވުންތަކަށް ދާ މީހުން ފާހަގަ ކުރެ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުހީނާ ވަލީދު ރައްޔިތުންނާ ބައްދަލުކުރުންރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް

މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް

19 ޑިސެމްބަރު 2025
12 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގާނެ ކަމަށް ބުނި ފޯކައިދޫ ގައި  2 އަހަރު ވީއިރު މި ސަރުކާރަށް ބައިންދާލެވުނީ އޭޓީއެމް އެއް އެކަނި!

12 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގާނެ ކަމަށް ބުނި ފޯކައިދޫ ގައި 2 އަހަރު ވީއިރު މި ސަރުކާރަށް ބައިންދާލެވުނީ އޭޓީއެމް އެއް އެކަނި!

19 ޑިސެމްބަރު 2025
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން ހޮނިހިރު ދުވަހު

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން ހޮނިހިރު ދުވަހު

19 ޑިސެމްބަރު 2025
ރައީސް މުއިއްޒު ބޮޑު ކުރި ގެދޮރުވެރިޔާ ފުލެޓުގެ ކުއްޔާއި، ނަގަން ނިންމި އެޑްވާންސަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެއްޖެ، ކުލި ކުޑަވާނެ ދުވަހެއް ވިދާޅެއް ނުވޭ

ރައީސް މުއިއްޒު ބޮޑު ކުރި ގެދޮރުވެރިޔާ ފުލެޓުގެ ކުއްޔާއި، ނަގަން ނިންމި އެޑްވާންސަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެއްޖެ، ކުލި ކުޑަވާނެ ދުވަހެއް ވިދާޅެއް ނުވޭ

19 ޑިސެމްބަރު 2025
މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހަކު: "ޑޮލަރު ގެ އަގު 21 ފަހަނަ އަޅާ ދަނީ، 64 ބިލިއަން ރުފިޔާ ޗާޕްކޮށް ބާޒާރަށް ނެރެފި"

މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހަކު: "ޑޮލަރު ގެ އަގު 21 ފަހަނަ އަޅާ ދަނީ، 64 ބިލިއަން ރުފިޔާ ޗާޕްކޮށް ބާޒާރަށް ނެރެފި"

19 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު