Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު

މީގެ 4 މަސް ދުވަސް ކުރިން ބިންގާ އެޅި، ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އަދިވެސް ނުފެށޭ

ހދ. ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅިފައި 4 މަސްވީނަމަވެސް މަސައްކަތް ނުފެށޭކަން ކައުންސިލް ރައީސް ފާހަގަކުރެއްވި. މި ސެންޓަރުގެ މަސައްކަތް 2026 ވަނަ އަހަރުގެ ކުރިން ނިންމާލުމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިއަދާ ހަމައަށް މަސައްކަތް އެއްވެސް ގޮތަކަށް ކުރިޔަށް ނުދާކަން ފާހަގަކުރެއްވި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 27 ޑިސެމްބަރު 2025 | ހޮނިހިރު 13:31
ހދ. ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ

ހދ. ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ

މީގެ 4 މަސް ދުވަސް ކުރިން ބިންގާ އެޅި، ހދ. ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނުފެށި ބިންގާ ވެސް އޮތި ވެއްޓޭ ހިސާބު ގައި ކަމަށް އެރަށު ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވެއްޖެ އެވެ. 

މި ސެންޓަރުގެ ބިންގާ އެޅި ފަހުން 4 މަސް ދުވަސް ފާއިތުވެގެން ގޮސްފައި ވާއިރުވެސް، އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާކަމަށް އަމީން ފާހަގަކުރެއްވި އެވެ. 

މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސް މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި މަކުނުދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އާދަމް ޝަފީގުގެ އިތުރުން އެ ރަށު ކައުންސިލްގެ ރައީސް އަމީން މުޙައްމަދު އެވެ.

 ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސަރުކާރުގެ ފަރާތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މި ސެންޓަރުގެ މަސައްކަތް 2026 ވަނަ އަހަރު ފެށުމުގެ ކުރިން ނިންމުމަށް މަސައްކަތް ކުރާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް އެޅުމުގެ މަސައްކަތް 2026 ވަނަ އަހަރުގެ ކުރިން ނިންމާލުމުގެ މަސައްކަތް ކުރިޔަށް ދާކަމުގަ އެވެ. 

ނަމަވެސް މިއަދާ ހަމައަށް ވެސް މިއިން އެއްވެސް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއްގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިޔަށް ނުދާ ކަމަށް ރަށްރަށުގެ ކައުންސިލް ތަކުން ފާހަގަކުރެ އެވެ. ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ވީ އިރު ދިވެހިރާއްޖޭގެ އެއްވެސް ހިސާބެއްގައި ހަގީގީ މާނައި ގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިޔަށް ނުދާ ކަމަށް ގިނަ ރައްޔިތުން ދަނީ ފާހަގަކުރަމުންނެވެ. 

ހދ. ކުމުންދޫރައީސް މުއިއްޒުފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ކުމުންދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމޭނެ ދުވަހެއް ނޭނގެ: ކައުންސިލް ރައީސް

25 ޑިސެމްބަރު 2025
ކުމުންދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމޭނެ ދުވަހެއް ނޭނގެ: ކައުންސިލް ރައީސް
24 ޑިސެމްބަރު 2025

ނޮވެމްބަރު ގައި ފެށޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި، ހދ. ކުމުންދޫ ސްކޫލު ގެ މަލްޓި ޕަރޕަސް ހޯލު ގެ މަސައްކަތް އަދިވެސް ނުފެށޭ

24 ޑިސެމްބަރު 2025
 ނޮވެމްބަރު ގައި ފެށޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި، ހދ. ކުމުންދޫ ސްކޫލު ގެ މަލްޓި ޕަރޕަސް ހޯލު ގެ މަސައްކަތް އަދިވެސް ނުފެށޭ
21 ޑިސެމްބަރު 2025

ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް ޖަމާ ނުވާތާ 1 އަހަރު

21 ޑިސެމްބަރު 2025
ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް ޖަމާ ނުވާތާ 1 އަހަރު
21 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކު ގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލާއި އެކު 550 ގޮނޑި މަދުވާނެ!

21 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކު ގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލާއި އެކު 550 ގޮނޑި މަދުވާނެ!
20 ޑިސެމްބަރު 2025

މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

20 ޑިސެމްބަރު 2025
މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު