Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާރާމާރީ ހިންގުން

ފުލުހަކަށް އިންޒާރުދީ، މާރާމާރީ ހިންގި މީހުންގެ ވަނަވަރު އާއްމުކޮށް ބަންދުގެ މުއްދަތު ޖަހައިފި

26 ޑިސެމްބަރު 2025 | ހުކުރު 08:17

މި މަހުގެ 23 ވަނަ ދުވަހު ގްރޫޕް ހަދައިގެން ތިބި ބަޔަކު ފުލުހުން ފެނުމުން އެ މީހުންގެ އަމަލުތައް ހުރި ގޮތުން ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތުކުރެވިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރި. ނަމަވެސް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅައި، އިންޒާރުދީ، ފުލުހަކަށް ހަމަލާ ދީފައިވޭ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އަހުމަދު ރަޒީން، ނާފިއު އިބްރާހިމް އަދި މުހައްމަދު ލުވޭޒް.

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޑިސެމްބަރު 2025 | ހުކުރު 08:17
ފުލުހަކަށް އިންޒާރުދީ، މާރާމާރީ ހިންގި މީހުން

ފުލުހަކަށް އިންޒާރުދީ، މާރާމާރީ ހިންގި މީހުން

ފުލުހަކަށް އިންޒާރުދީ، މާރާމާރީ ހިންގި މީހުންގެ ވަނަވަރު އާއްމުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބުނީ، މާލޭގެ އިންޒުއްދީން މަގާއި ގަދަކޯޅި މަގާ ގުޅޭ ކަންމަތީގައި މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 16:15 ހާއިރު ގްރޫޕް ހަދައިގެން ތިބި ބަޔަކު ފުލުހުން ފެނުމުން އެ މީހުންގެ އަމަލުތައް ހުރި ގޮތުން ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތުކުރެވިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރި ކަމަށެވެ. 

ނަމަވެސް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅައި، އިންޒާރުދީ، ފުލުހަކަށް ހަމަލާ ދީ މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. 

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ޏ. ފުވައްމުލައް، މިސްކިތް މަގު، ކީމީ، އަހުމަދު ރަޒީން (22އ)، ޏ. ފުވައްމުލައް، ފުނާޑު، ނަމަން، ނާފިއު އިބްރާހިމް (30އ) އަދި ދ. ވާދޫ، އިރާކުވިލާ، މުހައްމަދު ލުވޭޒް (19އ) އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހުމަދު ރަޒީން ފަސް ދުވަހަށް، ނާފިއު އިބްރާހިމް ދެ ދުވަހަށް އަދި މުހައްމަދު ލުވޭޒް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ. 

އެ ތިން މީހުންނަކީ ވެސް ފުލުހުންގެ ޚިދުމަތުގައި ޖިނާއީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

މާރާމާރީދިވެހި ފުލުހުން

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

އައު އަހަރާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން "ރިވެލި" ފަށައިފި

25 ޑިސެމްބަރު 2025
އައު އަހަރާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން "ރިވެލި" ފަށައިފި
25 ޑިސެމްބަރު 2025

ސްކޭމް ތަކުގައި މީހުން ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ!

25 ޑިސެމްބަރު 2025
ސްކޭމް ތަކުގައި މީހުން ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ!
24 ޑިސެމްބަރު 2025

ވައްކަން ކުރި ކަމަށް ތުހުމަތުކޮށް މާލޭގެ މަގުމަތީގައި ދަމާ ގެންގޮސް މޫދަށް މީހަކު އެއްލާލައިފި

24 ޑިސެމްބަރު 2025
ވައްކަން ކުރި ކަމަށް ތުހުމަތުކޮށް މާލޭގެ މަގުމަތީގައި ދަމާ ގެންގޮސް މޫދަށް މީހަކު އެއްލާލައިފި
24 ޑިސެމްބަރު 2025

ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ 3 ދިވެހިން ގެނައުމަށް މަސައްކަތް ކުރަނީ

24 ޑިސެމްބަރު 2025
ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ 3 ދިވެހިން ގެނައުމަށް މަސައްކަތް ކުރަނީ
24 ޑިސެމްބަރު 2025

މާލޭގައި މަސްތުވާތަކެތި ވިއްކާ 11 ކެފޭ ބަންދުކޮށް، އޮޕަރޭޝަން އިތުރަށް ފުޅާ ކުރަނީ

24 ޑިސެމްބަރު 2025
މާލޭގައި މަސްތުވާތަކެތި ވިއްކާ 11 ކެފޭ ބަންދުކޮށް، އޮޕަރޭޝަން އިތުރަށް ފުޅާ ކުރަނީ
21 ޑިސެމްބަރު 2025

ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަހަމްކޮށްލައިފި

21 ޑިސެމްބަރު 2025
ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަހަމްކޮށްލައިފި
20 ޑިސެމްބަރު 2025

ދޮޅުލައްކަ ރުފިޔާ ގެ އިންޖީނެއް ވަގަށް ނަގައިގެން 1000 ރުފިޔާ އަށް ވިއްކާލާފައި ވަނިކޮށް ހޯދައިފި

20 ޑިސެމްބަރު 2025
ދޮޅުލައްކަ ރުފިޔާ ގެ އިންޖީނެއް ވަގަށް ނަގައިގެން 1000 ރުފިޔާ އަށް ވިއްކާލާފައި ވަނިކޮށް ހޯދައިފި
18 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ އަމުރަށް، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަން ފަށައިފި

18 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ އަމުރަށް، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަން ފަށައިފި
16 ޑިސެމްބަރު 2025

ގަވާއިދާ ޚިލާފަށް މާލޭގައި ހިންގަމުން ދިޔަ 2 ވިޔަފާރިއެއް ހުއްޓުވައި، 1 ތަނަކަށް ނޯޓިސް ދީފި

16 ޑިސެމްބަރު 2025
ގަވާއިދާ ޚިލާފަށް މާލޭގައި ހިންގަމުން ދިޔަ 2 ވިޔަފާރިއެއް ހުއްޓުވައި، 1 ތަނަކަށް ނޯޓިސް ދީފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް