Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަނީ ލޯންޑަރިންގ

ރާއްޖެ އަކީ ކަރަޕްޝަން އާއި ޚިޔާނަތުގެ މައްސަލަތައް ގިނަ، ކަޅު ފައިސާ ދޮންނަ، ޓެރަރިޒަމަށް ޚަރަދު ކުރުމުގެ ނުރައްކާ ބޮޑު ގައުމެއް: ރިޕޯޓު

ދިވެހިރާއްޖެ އަކީ މަނީ ލޯންޑަރިން، ކޮރަޕްޝަން، މަސްތުވާތަކެތީގެ ވިޔަފާރި އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ނުރައްކާ ބޮޑު ގައުމެއް ކަމަށް އޭޕީޖީގެ ރިޕޯޓުގައި ބުނެފައިވެއެވެ. ސިޔާސީ ގޮތުން ނުފޫޒުގަދަ ފަރާތްތަކާއި ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަން ވަރަށް އާންމު ކަމަށާއި، ރާއްޖެ އަކީ ހަނގުރާމަވެރި ސަރަޙައްދުތަކަށް ޓެރަރިސްޓުން ފޮނުވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރިޕޯޓުގައިވެއެވެ. މި ކަންކަން ހުއްޓުވުމަށް ގައުމީ ސްޓްރެޓެޖީއެއް ނެތުމާއި، ކަމާބެހޭ އިދާރާތަކުގެ ކެޕޭސިޓީ ދަށްވުން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2025 | އާދީއްތަ 15:11
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

ދިވެހިރާއްޖެ އަކީ މަނީ ލޯންޑަރިން އާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި ކޮރަޕްޝަނުގެ ކުށްތަކާއި، އޮގަނައިޒްޑް ކްރައިމް އާއި، މަކަރާއި ހީލަތުން އަދި، ނާޖާއިޒު ގޮތުގައި ފައިސާ ހޯދުމުގެ ނުރައްކާ ބޮޑު ގައުމެއް ކަމަށް އޭޝިއާ ޕެސިފިކް ގްރޫޕް އޮން މަނީ ލޯންޑަރިން (އޭޕީޖީ) އިން ބުނެފި އެވެ.

މަނީ ލޯންޑަރިންގ އާ ގުޅޭ ބޮޑެތި ނުރައްކާތެރި މައްސަލަތަކުގެ ތެރޭގައި ރިޝްވަތު ދިނުމާއި ކޮރަޕްޝަން ހިމެނޭ ކަމަށާއި، މީޑިއާ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ދިވެހި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތައް ވެސް ހިމެނޭ ގޮތަށް، ކޮރަޕްޝަން އާންމުވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

Advertisement - newsAdvertisement

ރިޕޯޓުގައި ބުނެފައިވަނީ  ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި، ޝައްކުކުރެވޭ މާލީ މުޢާމަލާތްތަކުގެ އަދަދު ރާއްޖޭ ގައި އިތުރުވެފައިވާ ކަމާއި، މީގެ ތެރޭގައި ސިޔާސީ ގޮތުން ނުފޫޒުގަދަ ފަރާތްތަކާއި، އެފަރާތްތަކުގެ އާއިލީ މެމްބަރުންނާއި އެހެނިހެން ފަރާތްތަކުގެ އެހީގައި ރިޝްވަތާއި، މަޤާމުގެ ނާޖާއިޒު ފައިދާ ނެގުމާއި، ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ކުށްތަކުގައި ބައިވެރިވެފައިވާކަން ހާމަވާ ކަމަށް ބުނެފައިވެއެވެ. އަދި، ދައުލަތުގެ ކުންފުނިތައް ހިމެނޭ ބައެއް މަޝްރޫޢުތަކުގައި ވެސް ކޮރަޕްޝަންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަވާ ކަމަށް ވެސް ބުނެފައިވެ އެވެ.

41 މެމްބަރު ގައުމު ހިމެނޭ އޭޕީޖީ އިން އޮކްޓޯބަރު 2025 ގައި ނެރުނު 'އެންޓި މަނީ ލޯންޑަރިން އެންޑް ކައުންޓަރ ޓެރަރިސްޓް ފައިނޭންސިން - މޯލްޑިވްސް ރިޕޯޓުގައި ބުނެފައިވަނީ ދިވެހިރާއްޖެ ޖިއޮގްރަފީ ގޮތުން މުހިއްމު ހިސާބެއްގައި އޮތުމުގެ ސަބަބުން، ގައުމުތަކުގެ ބޯޑަރު ހުރަސް ކޮށް ހިންގާ ކުށްތަކާއި، ކަޅު ފައިސާ ގެ މުއާމަލާތްތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި އާއި، އިންސާނުންގެ ވަގުފާރީގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ވުމުގެ ނުރައްކާ ބޮޑު ކަމަށެވެ.

ދިވެހިރާއްޖޭގައި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ނުރައްކާ ވަރަށް މަތިކަމަށް ފާހަގަ ކުރެވޭ ކަމަށް ރިޕޯޓުގައި ބުނެއެވެ. މިގޮތަށް މިހެން ވުމުގައި، ފައިސާގެ މުޢާމަލާތްތައް ނަގުދު ފައިސާ އިން ހިންގުން ގިނަވުމާއި، ރާއްޖޭގެ ބޯޑަރުތައް ހުޅުވިފައި އޮތުމާއި، ޝައްކުކުރެވޭ މާލީ މުޢާމަލާތްތަކުގެ ރިޕޯޓުކުރުމުގައި ހުރި ބަލިކަށިކަމާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ކެޕޭސިޓީ ދަށްވުން ފަދަ ގޮންޖެހުންތައް ފާހަގަ ކޮށްފައިވެ އެވެ. 

ރިޕޯޓުގައި  ބުނެފައިވަނީ މީގެ ކުރިން ދިވެހިރާއްޖެ އަކީ، އާބާދީގެ ނިސްބަތުން، ސީރިއާ އާއި އިރާގު ފަދަ ހަނގުރާމަވެރި ސަރަޙައްދުތަކަށް އެންމެ ގިނައިން ޓެރަރިސްޓް ހަނގުރާމަވެރިން ފޮނުވި އެއް ގައުމު ކަމަށް ރިޕޯޓުކުރެވިފައިވާ ކަމަށެވެ. އެ ގޮތުން 2021 ވަނަ އަހަރު، ގާތްގަނޑަކަށް 173 ދިވެހީން ހަނގުރާމަވެރި ސަރަޙައްދުތަކަށް ދަތުރުކޮށްފައިވާއިރު، 432 މީހުން ދަތުރުމަތީގައި އުޅެނިކޮށް ހިފާ ނުވަތަ އަނބުރާ ފޮނުވާލާފައި ކަމަށް ރިޕޯޓުގައިވެ އެވެ. މިއީ  ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި އޯޕަން ސޯސް މީޑިއާ އިން ދައްކާ ގޮތުގައި، ދިވެހީން ވަނީ އައިސިސް ގެ ނެޓްވޯކްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ޕާކިސްތާނުގައި ހިންގާ ޓެރަރިސްޓް އޮޕަރޭޝަންތަކަށް ފައިސާ ފޯރުކޮށްދިނުމުގައި މެދުވެރިންގެ ދައުރު އަދާކޮށްފައި ކަމަށް ބުނެފައިވެ އެވެ. 

ދިވެހިރާއްޖެއިން 2022 ވަނަ އަހަރު މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ނުރައްކާ ދެނެގަތުމުގެ ދިރާސާއެއް ކުރިއަށް ގެންގޮސްފައިވެއެވެ. ނަމަވެސް، އެ ރިޕޯޓު އާންމުންނަށް ލިބޭނެ ގޮތެއް ހަދާފައެއް ނުވެއެވެ. އަދި އޭގެ ފަހުން އެއްވެސް ރަސްމީ އަޕްޑޭޓެއް ވެސް މިކަންކަމާ ބެހޭ ގޮތުން ދީފައި ނުވާކަމަށް އޭޕީޖީ އިން ބުނެފައިވެ އެވެ. 

ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ނުރައްކާ ރާއްޖެ އަށް އޮތް މިންވަރު ދެނެގަނެވިފައިވާލެއް ކުޑަ ކަމަށް ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އޭގެ އިތުރުން ޓެރަރިސްޓުންނާއި އެމީހުންގެ އާއިލާތަކަށް އެހީތެރިވުން ފަދަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތަކާއި މެދު ރާއްޖެ އަށް މައުލޫމާތު ލިބިފައިވާ މިންވަރު ކުޑަ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ. އަދި މި ނުރައްކަލާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ހޭލުންތެރިކަން ކުޑަ ކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

ދިވެހިރާއްޖޭގައި ކަޅުފައިސާ ދޮވުން ހުއްޓުވުމާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގައުމީ ސްޓްރެޓެޖީއެއް ނެތް ކަމަށާއި. އަދި ގައުމީ ސިޔާސަތުތައް ގަވާއިދުން މުރާޖާކުރުމުގެ ނިޒާމެއް ވެސް ނެތް ކަމަށް ބުނެފައިވެ އެވެ. ގުޅުންހުރި އިދާރާތަކުގެ މެދުގައި މިކަންކަމާ ބެހޭ ގޮތުން ވިލަރެސް ކުރުން ބަލިކަށި ކަމަށާއި ގަވައިދުން އެކަން ކުރިއަށް ނުދާކަން ފާހަގަ ކޮށްފައިވެ އެވެ.

މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް އެއްވެސް ރޭވުމެއް ނެތް ކަމަށް ބުނެފައިވެއެވެ. މި މައްސަލައިގައި ގައުމީ ކޯޑިނޭޝަން ކޮމިޓީ ގެ ރަސްމީ އޮނިގަނޑެއް އޮތް ނަމަވެސް، ގައުމީ ފެންވަރުގައި މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް ގައުމީ ސްޓްރެޓަޖީ އެއް ނެތުމުގެ އިތުރުން، ސިޔާސަތު މުރާޖާކުރުމުގެ ރަސްމީ ނިޒާމެއް ވެސް ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ އެއްވެސް ނެތުމާ އެކު ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ހިންގުމަށާއި، އެކަށީގެންވާ މިންވަރަށް ނަތީޖާ ނެރުމަށް ހުރަސްއެޅިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

މަކަރާއި ޙީލަތުން ފައިސާ ހޯދުމާއި މަނީ ލޯންޑަރިންގެ ނުރައްކާ ރާއްޖެ އަށް ބޮޑު ކަން އެނގިފައި އޮތް ނަމަވެސް، ޓެރަރިޒަމަށް ޚަރަދު ކުރުން ހުއްޓުވުމަށާއި މަނީ ލޯންޑަރިން ހުއްޓުވުމަށް ސިޔާސަތު ކަނޑައެޅުމާއި އޮޕަރޭޝަނަލް އެއްބާރުލުން ދިނުމުގެ ރަސްމީ އޮނިގަނޑެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ އެކިއެކި އިދާރާތަކުން ތަހުގީގު ކުރުމުގައި ފައިނޭންޝަލް އިންޓެލިޖެންސް ބޭނުންކުރާ ކަމަށާއި މި މަސައްކަތް އެންމެ ބޮޑަށް ކުރާ އެއް ފަރާތް ކަމުގައިވާ އެމްއެމްއޭ ގެ  ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ސަރުކާރުގެ މުހިންމު ބައެއް ޑޭޓާބޭސްތަކަށް ސީދާ އޮންލައިންކޮށް ވަނުމުގެ ހުއްދަ ލިބިފައިވީ ނަމަވެސް، ކުށުގެ ރެކޯޑުތަކާއި، ޓެކްސް ރެކޯޑުތަކާއި، އަދި މުދާ ރަޖިސްޓަރީކުރުމުގެ ރެކޯޑުތައް ފަދަ އެހެން ޑޭޓާބޭސްތަކަށް ވަނުން މިހާރުވެސް ހުރީ ކޮންޓްރޯލު ކުރެވިފައި ކަން ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. މިފަދަ މަޢުލޫމާތު ލިބެނީ އެދުމުން ކަމަށާއި މަޢުލޫމާތުތަކަށް އެދި ހުށަހަޅާނެ ގޮތާއި، ޖަވާބު ލިބެންދެން ހޭދަވާނެ ވަގުތުގެ މިންގަނޑު ބަޔާންކުރާ އެއްވެސް ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ އެއް ނުވަތަ މެނުއަލެއް ނެތް ކަމަށް އޭޕީޖީ ގެ ރިޕޯޓުގައިވެ އެވެ. 

މިއަދާ ހަމައަށް، އެފްއައިޔޫ އިން ތައްޔާރުކޮށްފައިވަނީ ވިޔަފާރީގެ ތެރެއިން މަނީ ލޯންޑަރ ކުރުމާ ބެހޭ ސްޓްރެޓީޖިކް އެންމެ ރިޕޯޓެކެވެ. ނަމަވެސް، މި ރިޕޯޓު އާއްމުކޮށް ހާމަކުރެވިފައި ނުވާކަން ފާހަގަ ކޮށްފައިވެއެވެ. މަނީ ލޯންޑަރިންގ އާއި ޓެރަރިޒަމް ފައިނޭންސިން ހުއްޓުވުމަށް އެފްއައިޔޫ އިން ހިންގާ ތަހުގީގުތަކުގެ ނަތީޖާ އާ ބެހޭ ގޮތުން ވެސް ރިޕޯޓުގައި ސުވާލު އުފައްދާފައިވެ އެވެ.

މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ގެ ނުރައްކާ ރާއްޖެ އަށް އޮތް މިންވަރަށް ބަލާއިރު، ކާމިޔާބު ތަޙުޤީޤުތަކަށާއި، ދައުވާކުރުމަށާއި، ކުށް ސާބިތުކުރުމަށާއި، މުދާ އަނބުރާ ހޯދުމަށް އެފްއައިޔޫ ގައި ފައިނޭންޝިއަލް އިންޓެލިޖެންސް އެންމެ އެކަށީގެންވާ ގޮތެއްގައި ގާއިމުވެފައި ނެތްކަން ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މަނީ ލޯންޑަރ ކުރުމުގެ މައްސަލަތައް ތަޙުޤީޤުކުރުމާއި ދައުވާކުރުމުގެ މައިގަނޑު އިދާރާއަކީ ދިވެހިރާއްޖޭގެ ފުލުހުންގެ ޚިދުމަތެވެ. އެހެން ނަމަވެސް މަނީ ލޯންޑަރ ކުރުމުގެ ރިސްކް ބޮޑު ދާއިރާ ތަކުގައި ރާއްޖެއިން އޮޕަރޭޝަނަލް ހަރަކާތްތަކެއް ހިންގާފައި ނުވާ ކަމަށާއި އަދި ގައުމީ ފެންވަރުގައި މަނީ ލޯންޑަރިން އާ ދެކޮޅަށް ހަރުދަނާ ސްޓްރެޓީޖިކް ސިޔާސަތެއް ރާއްޖޭގައި ނެތް ކަމަށް ވަނީ ބުނެފަ އެވެ.

ތަޙުޤީޤުކުރާ އިދާރާތަކުގައި މަސައްކަތްކުރާ ފައިނޭންޝިއަލް އެނަލިސްޓުންނަކީ މައިގަނޑު ގޮތެއްގައި އަމިއްލައަށް ތަމްރީނުވެފައިވާ ބަޔެއް ކަމަށާއި މިއަދާ ހަމައަށް މަނީ ލޯންޑަރިން އާ ބެހޭ ބޮޑު މައްސަލަތަކެއް ރާއްޖެއިން ތަޙުޤީޤުކޮށްފައިވާކަން އެނގެން ނެތް ކަމަށް ވެސް ބުނެފައިވެ އެވެ. 

ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމަށްޓަކައި އެކަށީގެންވާ ޤާނޫނީ އޮނިގަނޑެއް ފުރިހަމައަށް ގާއިމުވެފައެއް ނެތް ކަމަށާއި އަދި އެއީ އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވެމުން ދާ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ. 

ދިވެހިރާއްޖޭގައި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް އިސްކަންދީފައި ނުވާ ކަމަށާއި އަދި މިކަންކަން ޤައުމީ ފެންވަރުގައި ޓެރަރިޒަމާ ދެކޮޅަށް ހަދާފައިވާ ސްޓްރެޓެޖީތަކުގެ ތެރޭގައި ރަސްމީކޮށް ހިމަނާފައި ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ. ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ބޮޑެތި ނުރައްކާތައް ހުރިކަމަށް ދެނެގަނެވިފައިވީ ނަމަވެސް، މިފަދަ އެއްވެސް މައްސަލައެއްގައި މީހަކު ކުށްވެރިކޮށްފައެއް ނުވާ ކަމަށާއި، އަދި މިފަދަ މައްސަލަތަކާ ގުޅޭގޮތުން ހިންގާފައިވާ ތަހުގީގުތައް މަދުވުމަކީ، މިކަމުގެ ނުރައްކާ އޮތް މިންވަރާ އަޅާ ބަލާއިރު ކަންބޮޑުވާ ކަމެއް ކަމަށް ފާހަގަ ކޮށްފައިވެއެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ މައްސަލަތަކާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގެ އިސް ފަރާތަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ކަމަށްވީ ނަމަވެސް ދިވެހިރާއްޖެ އިން ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ދާއިރާގައި އެކަށީގެންވާ ގޮތަކަށް މަސައްކަތް ކޮށްފައިވާކަމަށް ފެންނަން ނެތް ކަމަށް ބުނެފައިވެ އެވެ.   މީގެ އިތުރުން، ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށްތަކަށް ދޭންޖެހޭ އަދަބުތަކުގެ ނަތީޖާ މިހާތަނަށް ދެނެގަނެވޭނެ ގޮތެއް ނެތް ކަމަށާއި ސަބަބަކީ، ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ އެއްވެސް މައްސަލައެއްގައި މީހަކު ކުށްވެރިވެފައި ނުވާތީ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. 

ދިވެހިރާއްޖޭގައި އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު ނަންބަރު 1267 އާއި 1373 ތަންފީޒުކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑާއި އިރުޝާދުތައް އެކަށީގެންވާ ގޮތަކަށް ނެތުމަކީ ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އޮތް ހުރަހެއް ކަމަށް ރިޕޯޓުގައިވެ އެވެ.

ގުޅުންހުރި ޑޮކިއުމަންޓް

Maldives MER 2025 - Published version_1.pdf

PDF · 3.25 MB

މަނީ ލޯންޑަރިންގޓެރަރިޒަމްއޭޝިއާ ޕެސިފިކް ގްރޫޕް އޮން މަނީ ލޯންޑަރިން (އޭޕީޖީ)ކޮރަޕްޝަން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި

ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި

16 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު