Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއަރ ލީގު

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް ބުނެފައި ވަނީ، ޔުނައިޓެޑުން މެޗު ފެށީ ރަނގަޅަށް ކަމަށާއި، ރަނގަޅު ކުޅުމެއް ދައްކައި އެ ޓީމުން ލަނޑު ވެސް ޖެހި ކަމަށެވެ. ނަމަވެސް، ވުލްވްސް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ ޔުނައިޓެޑުން ބައެއް ކަންކަން ދޫކޮށްލުމުން ކަމަށް ވެސް އަމޯރިމް ބުނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2025 | އަންގާރަ 06:25
މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ޔުނައިޓެޑުން ހަމަ ޖެހުމެއް ހޯދައިފި އެވެ.

ވުލްވްސްގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ލީޑު ނަގާފައި ވަނިކޮށް، ވުލްވްސް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ދެ ވަނަ ހާފުގައި ތިން ލަނޑު ޖަހައިގެން ޔުނައިޓެޑު ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލަނޑު ޖަހައި ކުރި ހޯދައިދިނީ އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އެވެ. އެއީ މަތެއުސް ކުންހާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖިއަން ރިސްނާ ބެލަގާޑް ވަނީ ލަނޑު ޖަހައި ވުލްވްސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗުގައި ދެ ވަނަ ފަހަރަށް ޔުނައިޓެޑުން ލީޑު ނެގީ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގަ އެވެ. ޑިއޭގޯ ޑަލޮޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔުނައިޓެޑަށް އެ ލަނޑު ޖަހައިދިނީ ބްރަޔަން އެމްބުއޭމޯ އެވެ. އޭގެ ފަހުން މެޗުގެ 62 ވަނަ މިނެޓުގައި މޭސަން މައުންޓް ވަނީ ޔުނައިޓެޑުގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. އަދި މެޗުގައި ޔުނައިޓެޑުގެ ފަހު ލަނޑު ފެނާންޑޭސް ޖެހީ، އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް ބުނެފައި ވަނީ، ޔުނައިޓެޑުން މެޗު ފެށީ ރަނގަޅަށް ކަމަށާއި، ރަނގަޅު ކުޅުމެއް ދައްކައި އެ ޓީމުން ލަނޑު ވެސް ޖެހި ކަމަށެވެ. ނަމަވެސް، ވުލްވްސް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ ޔުނައިޓެޑުން ބައެއް ކަންކަން ދޫކޮށްލުމުން ކަމަށް ވެސް އަމޯރިމް ބުންޏެވެ. އޭނާ ބުނީ މެޗުގެ ފުރަތަމަ ހާފުގެ ވަކި ހިސާބަކުން ޔުނައިޓެޑަށް ގިނަ ކަންކަން އުނދަގޫވި ކަމަށެވެ.

ނަމަވެސް، މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަނެއްކާ ވެސް ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް، ލަނޑު ތަކެއް ޖެހި ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް ލަނޑުތައް ޖެހުމުގެ އިތުރުން، ޔުނައިޓެޑުގެ ކުޅުން ރަނގަޅު ކަމަށާއި، އެ ޓީމުން ގިނަ ފުރުސަތު ތަކެއް ހޯދިކަން އަމޯރިމް ވަނީ ފާހަގަ ކޮށްފަ އެވެ. މެޗު ނިމުނު ގޮތާ މެދު ހިތްހަމަ ޖެހިގެން ހުރިކަން ފާހަގަކޮށް އަމޯރިމް ބުނީ، ކުޅުންތެރިން ވެސް ތިބީ އުފަލުން ކަމަށެވެ.

މެޗުން މޮޅުވެ ޔުނައިޓެޑުން ވަނީ ލީގު ތާވަލްގެ ހަ ވަނަ މަގާމަށް ޖެހިލައިފަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 15 މެޗުން 25 ޕޮއިންޓާ އެކު ޔުނައިޓެޑު އޮތީ ހަ ވަނައިގަ އެވެ. ފަސް ވަނައިގައި އޮތް ޗެލްސީ ވެސް ހަމަ އެ އަދަދަށް މެޗު ކުޅެފައިވާއިރު، އެ ޓީމަށް ވެސް ލިބެނީ 25 ޕޮއިންޓެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި ހަތް މެޗުން ޔުނައިޓެޑު މޮޅުވެފައިވާއިރު، ހަތަރު މެޗުން ބަލިވެ، އަނެއް ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު