Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއަރ ލީގު

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

މި ނަތީޖާ އާއެކު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ ހަ ވަނަ މަގާމުގަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 16 މެޗުން އެ ޓީމަށް ލިބެނީ 26 ޕޮއިންޓެވެ. ޔުނައިޓެޑު އަތުން ޕޮއިންޓެއް ހޯދި ބޯންމައުތު އޮތީ ލީގު ތާވަލްގެ 13 ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 16 މެޗުން 21 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2025 | އަންގާރަ 06:53
މެންޗެސްޓަރ ޔުނައިޓެޑާއި ބޯންމައުތު ބައްދަލު ކުރި މެޗުގެ ތެރެެއިން

މެންޗެސްޓަރ ޔުނައިޓެޑާއި ބޯންމައުތު ބައްދަލު ކުރި މެޗުގެ ތެރެެއިން

އިނގިރޭސި ޕްރިމިއަރ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑު އެއްވަރު ވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރޭ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 4-4 އިން އެއްވަރު ވެގެންނެވެ. މެޗުގައި ބޯންމައުތުން ކުރި ހޯދާފައި ވަނިކޮށް، ޔުނައިޓެޑުން ފަހަތުން އަރައި ލީޑު ވެސް ނެގި އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ބޯންމައުތުން ވަނީ ޔުނައިޓެޑާ އެއްވަރު ކޮށްފަ އެވެ.

މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަމަދް ޑިއާލޯ އެވެ. ނަމަވެސް، ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް އެންޓޮއިން ސެމެންޔޯ ވަނީ ލަނޑު ޖަަހައި ބޯންމައުތަށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ދެ ވަނަ ފަހަރަށް ޔުނައިޓެޑަށް ލީޑު ނަގައިދިނީ ކަސެމީރޯ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ބޯންމައުތުން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެވަނިލްސަން އެވެ. އޭގެ ހަ މިނެޓު ފަހުން މާކަސް ޓަވަނިއާ ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައި، ބޯންމައުތަށް ލީޑު ނަގައިދީފަ އެވެ. 

އޭގެ ފަހުން މެޗުގައި ޔުނައިޓެޑުން ވަނީ ދެ ލަނޑު ޖަހައިގެން ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އެވެ. އަދި އޭގެ ދެ މިނެޓު ފަހުން މަތެއުސް ކުންހާ ވަނީ އިތުރު ލަނޑެއް ޖަހައި ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް، އެލީ ޖޫނިއާ ކްރޫޕީ ވަނީ ލަނޑު ޖަހައި ބޯންމައުތަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މި ނަތީޖާ އާއެކު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ ހަ ވަނަ މަގާމުގަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 16 މެޗުން އެ ޓީމަށް ލިބެނީ 26 ޕޮއިންޓެވެ. ޔުނައިޓެޑު އަތުން ޕޮއިންޓެއް ހޯދި ބޯންމައުތު އޮތީ ލީގު ތާވަލްގެ 13 ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 16 މެޗުން 21 ޕޮއިންޓާ އެކު އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމްް ބުނެފައި ވަނީ، ބޯންމައުތު އަތުން މޮޅެއް ހޯދޭނެ ގޮތް ނުވުމުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރި ކަމަށެވެ. ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗަކީ ވަރަށް ވާދަވެރި އަދި ފޯރި ގަދަ މެޗެއް ކަމަށް ފާހަގަކޮށް އަމޯރިމް ބުނީ، ޔުނައިޓެޑަށް މުހިންމު ދެ ޕޮއިންޓު ގެއްލުނީ ދެ ވަނަ ހާފުގައި ނޫން ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ހާފުގައި ވެސް ޔުނައިޓެޑަށް އޮތީ ދެ ޕޮއިންޓު ގެއްލިފައި ކަމަށެވެ.

އަމޯރިމް ބުނީ މެޗުގައި ޔުނައިޓެޑުން ލަނޑު ޖަހަން ވަރަށް ގިނަ ފުރުސަތު ތަކެއް ތަނަވަސް ކުރި ކަމަށާއި، ފުރަތަމަ ހާފުގައި ވެސް ރަނގަޅު ލީޑެއް ނަގާނެ ފުރުސަތު ލިބުނު ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑުގެ ކުޅުންތެރިން މެޗުގައި ކުޅެމުން ދިޔަ ގޮތަށް ބަލާއިރު، އެހެން ނަތީޖާ އަކަށް ވެސް އުންމީދު ކުރެވުނު ކަމަށެވެ. ޚާއްސަކޮށް މެޗު ފަށައިގެން ކުޅުންތެރިން ރަނގަޅަށް ކުޅެމުން ދިޔަ ކަމަށާއި، ނަތީޖާ ތަފާތުވާން ޖެހޭނެ ކަމަށް ޤަބޫލު ކުރާ ކަމަށް އޭނާ ބުންޏެވެ. 

ނަމަވެސް، ދެ ވަނަ ހާފު ފަށައިގެން ބައެއް ކަންކަން މަދުވަމުން ގޮސް، ޔުނައިޓެޑަށް ގޯސް ތަކެއް ހެދުނު ކަމަށް އަމޯރިމް ވަނީ ފާހަގަ ކޮށްފަ އެވެ. އިތުރަށް އަމޯރިމް ބުނީ މެޗުގައި ކޮންޓްރޯލްް ހޯދައި، އެ ކޮންޓްރޯލް ހިފަހައްޓަން އިތުރު މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަމަށް ސަމާލުކަން ދޭނެ ކަމަށެވެ.

މެންޗެސްޓަރ ޔުނައިޓެޑްބޯންމައުތުއިނގިރޭސި ޕްރިމިއަރ ލީގު

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު