Advertisement
ކ. މާލެ
|
25 ނޮވެންބަރ 2025 | އަންގާރަ 10:57
އެވަންޓަން މެޗުގައި ޔުނައިޓެޑުގެ ކުޅުންތެރިން
އެވަންޓަން މެޗުގައި ޔުނައިޓެޑުގެ ކުޅުންތެރިން
ރޮއިޓަރސް
އިނގިރޭސި ޕްރިމިއާ ލީގު
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
އެވަޓަން މެޗާ ކުރިމަތިލީއިރު، ލީގުގައި އެންމެ ފަހުން ޔުނައިޓެޑު ކުޅުނު ފަސް މެޗުން ވެސް އެ ޓީމު ބަލިވެފައި ނުވެ އެވެ. ތިން މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އަނެއް ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލި ކުރި މެޗު ވެސް ހިމެނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑު ބަލިވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ދަންވަރު ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެވަޓަން އިން ވަނީ 1-0 އިން އެ ޓީމުގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި އެވަޓަން އިން ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން ކުރީ ކޮޅު ޔުނައިޓެޑު ގެ ބްރަޔަމް އެމްބުއޭމޯ އަށް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. އެވަޓަން ގެ އޭރިޔާ ތެރެއިން އޭނާ ބޯޅަ ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް، އެވަޓަންގެ ކުޅުންތެރިން ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ. ރީބައުންސް އަށް ބޯޅަ އައި ވަގުތު ޔުނައިޓެޑުގެ ބްރޫނޯ ފެނާންޑޭސް ފޮނުވާލި ބާރު ހަމަލާ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.

މެޗުގެ 13 ވަނަ މިނެޓުގައި އެވަޓަން ގެ އިދްރީސި އާ ގާނާ ގުއޭޔޭ އަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އެއް ކުޅުންތެރިޔަކު މަދުން ކުޅެމުން ދިޔަ އެވަޓަން އިން ވަނީ 29 ވަނަ މިނެޓުގައި ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ.

ޔުނައިޓެޑުގެ އޭރިޔާ ބޭރުން ލިބުނު ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވާ ގޮތަށް ފޮނުވާލައިގެން އެވަޓަން އަށް ލީޑު ނަަގައިދިނީ ކިއާނަން ޑެއުސްބްރީ ހާލް އެވެ. އޭގެ ފަހުން ޔުނައިޓެޑަށް ލިބުނު ފުރުސަތެއް ގައި ފެނާންޑޭސް ފޮނުވާލި ހަަމަލާ އެވަޓަންގެ ގޯލު ކީޕަރު ވަނީ އަތުން ޖައްސައި ބޭރުކޮށްލައިފަ އެވެ.

އެވަޓަން މެޗާ ކުރިމަތިލީއިރު، ލީގުގައި އެންމެ ފަހުން ޔުނައިޓެޑު ކުޅުނު ފަސް މެޗުން ވެސް އެ ޓީމު ބަލިވެފައި ނުވެ އެވެ. ތިން މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އަނެއް ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލި ކުރި މެޗު ވެސް ހިމެނެ އެވެ.

އެވަޓަން އަތުން ވީ ބައްޔާ އެކު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ 10 ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 12 މެޗުން 18 ޕޮއިންޓާ އެކު އެވެ. ޔުނަައިޓެޑު އަަތުން މޮޅުވި އެވަޓަން އޮތީ 12 މެޗުން 18 ޕޮއިންޓާ އެކު 11 ވަނައިގަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް ބުނީ އެ މެޗުގައި ޔުނައިޓެޑުގެ ކުޅުންތެރިންނަށް އެންމެ އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކޭ ކަމަށެވެ. އޭނާ ބުނީ މެޗު ތަކުން މޮޅުވުމަށް ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށާއި، ވަރަށް ގިނަ ކަންކަން ފުރިހަމަ ވެސް ވާން ޖެހޭ ކަމަށެވެ. ނަމަވެސް، އަދި ޔުނައިޓެޑު އޮތީ އެ ޙާލަތުގައި ނޫން ކަމަށް އޭނާ ބުންޏެވެ.

- ކޮމެންޓް