Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއަރ ލީގު

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

މެޗުން މޮޅުވެ ލީގު ތާވަލްގެ ތިން ވަނަ މަގާމަަށް ޖެހިލުމުގެ ފުރުސަތު ޗެލްސީ އިން ނަގާލާފައިވާއިރު، އެ ޓީމު އޮތީ ހަތަރު ވަަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 14 މެޗުން 24 ޕޮއިންޓާ އެކު އެވެ. ޗެލްސީ އަތުން މޮޅުވި ލީޑްސް ޔުނައިޓެޑު އޮތީ 14 ޕޮއިންޓާ އެކު 17 ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2025 | ބުރާސްފަތި 03:45
ލީޑްސް ޔުނައިޓެޑާއި ޗެލްސީ ބައްދަލު ކުރި މެޗުގެ ތެރެއިން

ލީޑްސް ޔުނައިޓެޑާއި ޗެލްސީ ބައްދަލު ކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވެއްޖެ އެވެ.

ލީޑްސް ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗުގައި އެ ޓީމުން ވަނީ 3-1 އިން ޗެލްސީގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ލީޑްސް ޔުނައިޓެޑުން ދެ ލަނޑު ޖަހާފައި ވަނިކޮށް، ދެ ވަނަ ހާފުގައި ޗެލްސީ އިން ލަނޑު ޖަހައި ފަރަގު ކުޑަ ކުރި އެވެ. ނަމަވެސް، ދެ ވަނަ ހާފުގައި ލީޑްސް ޔުނައިޓެޑުން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ލީޑްސް ޔުނައިޓެޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޖަކާ ބިޖޯލް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، އާއޮ ޓަނަކާ ވަނީ ލީޑްސް ޔުނައިޓެޑުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަަށައިގެން ފަސް ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޕެޑްރޯ ނެޓޯ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖެމީ ގިޓެންސް އެވެ. އޭގެ ފަހުން މެޗުގެ 72 ވަނަ މިނެޓުގައި ޑޮމިނިކް ކަލްވާޓް ލެވިން ވަނީ ލީޑްސް ޔުނައިޓެޑުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

މެޗުން މޮޅުވެ ލީގު ތާވަލްގެ ތިން ވަނަ މަގާމަަށް ޖެހިލުމުގެ ފުރުސަތު ޗެލްސީ އިން ނަގާލާފައިވާއިރު، އެ ޓީމު އޮތީ ހަތަރު ވަަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 14 މެޗުން 24 ޕޮއިންޓާ އެކު އެވެ. ޗެލްސީ އަތުން މޮޅުވި ލީޑްސް ޔުނައިޓެޑު އޮތީ 14 ޕޮއިންޓާ އެކު 17 ވަނައިގަ އެވެ.

ޕްރިމިއަރ ލީގުލީޑްސް ޔުނައިޓެޑްޗެލްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު