Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައި ވަނީ، އޭނާ ޤަބޫލު ކުރާ ގޮތުގައި ބާސެލޯނާ އަތުން ލިބުނު މޮޅަކީ ޗެލްސީ އަށް ވަރަށް ބޮޑު މޮޅެއް ކަމަށެވެ. ސަބަބަކީ އިދިކޮޅު ޓީމަކީ ބާސެލޯނާ ކަމަށްވުން ކަމުގައި މަރެސްކާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2025 | ބުދަ 05:49
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެއްޖެ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އަށް އެއް ލަނޑުގެ ލީޑެއް ލިބުނުއިރު، ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ ބާސެލޯނާ ކޮޅަށް ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ލިބުނީ ބާސެލޯނާގެ ޖޫލްސް ކޫންޑޭ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އެއީ ޗެލްސީގެ މާކް ކުކުރޭލާ ހުރަސްކޮށްދިން ބޯޅައެއް ޕެޑްރޯ ނެޓޯ ފޮނުވާލި ވަގުތު ކޫންޑޭގެ ފައިހައި ޖެހި ގޯލަށް ވަދެގެންނެވެ.

މެޗުގައި ބާސެލޯނާ އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ ފުރަތަމަ ހާފުގެ ފަހު ވަގުތު އެ ޓީމުގެ ރޮނާލްޑް އަރައުހޯ އަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އަރައުހޯ އަށް ދެ ވަނަ ރީނދޫ ކާޑެއް ދެއްކީ ޗެލްސީގެ ކުކުރޭލާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

އެއް ކުޅުންތެރިޔަކު މަދުން ކުޅެމުން ދިޔަ ބާސެލޯނާ ކޮޅަށް ޗެލްސީ އިން ދެ ވަނަ ލަނޑެއް ޖެހީ، މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދިހަ ވަނަ މިނެޓުގަ އެވެ. އެއީ ރީސް ޖޭމްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެސްޓެވާއޯ ޖެހި ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައި ބާސެލޯނާގެ މައްޗަށް ފުރިހަމަ މޮޅެއް ހޯދައިފަ އެވެ. އެ ލަނޑު ޗެލްސީ އަށް ޖަހައިދިނީ ލިއަމް ޑެލަޕް އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެ ލަނޑު ޖަހަން ޑެލަޕް އަށް ފުރުސަތު ތަނަވަސްކޮށްދިނީ އެންޒޯ ފެނާންޑޭޒް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައި ވަނީ، އޭނާ ޤަބޫލު ކުރާ ގޮތުގައި ބާސެލޯނާ އަތުން ލިބުނު މޮޅަކީ ޗެލްސީ އަށް ވަރަށް ބޮޑު މޮޅެއް ކަމަށެވެ. ސަބަބަކީ އިދިކޮޅު ޓީމަކީ ބާސެލޯނާ ކަމަށްވުން ކަމުގައި މަރެސްކާ ބުންޏެވެ. އެހެން ނަމަވެސް، ޓީމެއްގެ ހައިސިއްޔަތުން ޗެލްސީގެ ފެންވަރާއި، އެ ޓީމަށް ހާސިލު ކުރެވޭނެ ކަންކަން ބަދަލު ނުވާ ކަމުގައި އޭނާ ފާހަގަ ކުރި އެވެ.

އެކަން ފާހަގަ ކުރަމުން މަރެސްކާ ބުނީ އެ މެޗުން ލިބުނު މޮޅު ހުރިހާ ގޮތަކުން ވެސް ޚާއްސަވާ ކަމަށެވެ. އެހެން ނަަމަވެސް، އިތުރަށް އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެ މެޗު ނިމުނީ ކަމަށާއި، ދެން ޗެލްސީ އިން ކުރަން ޖެހޭ ކަމަކީ ކުރިއަށް އޮތް މެޗަށް ފުރިހަމަ އަށް ފޯކަސް ކުރުން ކަމުގައި މަރެސްކާ ބުނެފައިވެ އެވެ.

މޮޅާއެކު ޗެލްސީ އޮތީ ޗެމްޕިއަންސް ލީގު ތާވަލްގެ ފަސް ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ ފަސް މެޗުން 10 ޕޮއިންޓާ އެކު އެވެ. ޗެލްސީ އަތުން ބަލިވި ބާސެލޯނާ އޮތީ ފަސް މެޗުން ހަތް ޕޮއިންޓާ އެކު 15 ވަަނައިގަ އެވެ.

ޗެލްސީޔުއެފާ ޗެމްޕިއަންސް ލީގުބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު