Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަރަބޯ ކަޕް

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

17 ޑިސެމްބަރު 2025 | ބުދަ 07:44

މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައި ވަނީ، އަނެއްކާ ވެސް އެ ޓީމަށް ސެމީ ފައިނަލެއްގައި ކުޅުމުގެ ފުރުސަތު ލިބުމުން އޭނާ އުފާވާ ކަމަށެވެ. އޭނާ ބުނީ އެއީ ޗެލްސީގެ ސަޕޯޓަރުންނަށް ވެސް ހައްގުވާ ކަމެއް ކަމަށާއި، އެންމެން ވެސް ބޭނުން ވަނީ ކުލަބު ކުރިއަށް ދާން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޑިސެމްބަރު 2025 | ބުދަ 07:44
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ކަރަބޯ ކަޕްގެ ކުއާޓާ ފައިނަލްގައި ކާޑިފް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީ އިން މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ. 

އަންގާރަ ދުވަހުގެ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗު ޗެލްސީ އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ޗެލްސީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ކާޑިފް ސިޓީ އިން ވަނީ ނަތީޖާ ހަމަހަމަ ވެސް ކޮށްފަ އެވެ. ނަމަވެސް، މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ޗެލްސީ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ޗެލްސީ އިން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަލެހަންދްރޯ ގާނާޗޯ އެވެ. އޭގެ ފަހުން މެޗުގެ 75 ވަނަ މިނެޓުގައި ކާޑިފް ސިޓީ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑޭވިޑް ޓާންބުލް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް، ދެ ވަނަ ފަހަރަށް ޗެލްސީ އަށް ލީޑު ނަގައިދިނީ ޕެޑްރޯ ނެޓޯ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޗެލްސީ އިން ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. ޕެޑްރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޗެލްސީ އަށް ޖަހައިދިނީ ގާނާޗޯ އެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައި ވަނީ، އަނެއްކާ ވެސް އެ ޓީމަށް ސެމީ ފައިނަލެއްގައި ކުޅުމުގެ ފުރުސަތު ލިބުމުން އޭނާ އުފާވާ ކަމަށެވެ. އޭނާ ބުނީ އެއީ ޗެލްސީގެ ސަޕޯޓަރުންނަށް ވެސް ހައްގުވާ ކަމެއް ކަމަށާއި، އެންމެން ވެސް ބޭނުން ވަނީ ކުލަބު ކުރިއަށް ދާން ކަމަށެވެ.

އެކަން ފާހަގަކޮށް މަރެސްކާ ބުނީ ބައެއް މެޗު ތަކުން މޮޅުވުމަށް ޗެލްސީ އަށް އުނދަގޫވެ، މޮޅެއް ހޯދިފައި ނެތުމުން ސަޕޯޓަރުން ތިބެނީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ. ސަޕޯޓަރުންގެ އެ އިހުސާސް ޤަބޫލު ކުރެވޭކަން ފާހަގަކޮށް މަރެސްކާ ބުނީ، މި މެޗުން ލިބުނު މޮޅަކީ އަނެއްކާ ވެސް ޗެލްސީ އަށް އިތުރު ހިތްވަރެއް ކަމަށެވެ. 

އިތުރަށް ވާހަކަ ދައްކަމުން މަރެސްކާ ބުނީ، ޗެލްސީއާ އެންމެ ފުރަތަމަ ހަވާލުވީ ފަހުން ފެށިގެން ވެސް އެ ކުލަބުގައި އޭނާ ހުންނަނީ ހިތްހަމަ ޖެހިގެން ކަމަށެވެ. އެއީ ހަމައެކަނި ކާޑިފް ސިޓީ އަތުން މޮޅުވެ، ސެމީ ފައިނަލަށް ދިޔުމުންވާ ކަމެއް ނޫން ކަމަށާއި، ކުލަބުގައި ކުރާ މަސައްކަތާއި، ކުޅުންތެރިންގެ ކުޅުމާ މެދު އަބަދު ވެސް އުފާވާ ކަމަށް އޭނާ ބުންޏެވެ. 

ކަރަބޯ ކަޕްޗެލްސީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
30 އޮކްޓޯބަރު 2025

ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް

30 އޮކްޓޯބަރު 2025
ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް
30 އޮކްޓޯބަރު 2025

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި

30 އޮކްޓޯބަރު 2025
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
25 ސެޕްޓެމްބަރު 2025

ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް
25 ސެޕްޓެމްބަރު 2025

ޕޯޓް ވޭލް ބަލިކޮށް، އާސެނަލް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ޕޯޓް ވޭލް ބަލިކޮށް، އާސެނަލް ގަދަ 16 އަށް
24 ސެޕްޓެމްބަރު 2025

ފަހު ވަގުތު މޮޅުވެ، ލިވަޕޫލް ވެސް ގަދަ 16 އަށް

24 ސެޕްޓެމްބަރު 2025
ފަހު ވަގުތު މޮޅުވެ، ލިވަޕޫލް ވެސް ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް