Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައޫދީ އަރަބިއްޔާ

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އެދިވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕް ސޫދާނުގެ ހަނގުރާމަ ނިންމުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާފައިވެ އެވެ. ސޫދާނުގައި ހިނގަމުންދާ ހަނގުރާމަ ނިންމައި ގައުމު ސުލްހަވެރިކުރުމަށް އެމެރިކާ އިން ސައުދީ، އެމިރޭޓްސް، މިޞްރާއި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާނެ އެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ނޮވެމްބަރު 2025 | ބުރާސްފަތި 08:31
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވޮޝިންޓަން، ޑީސީގައި ހުންނަ އެމެރިކާ-ސައުދީ އިންވެސްޓްމަންޓް ފޯރަމްގައި، ނޮވެމްބަރު 19، 2025

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވޮޝިންޓަން، ޑީސީގައި ހުންނަ އެމެރިކާ-ސައުދީ އިންވެސްޓްމަންޓް ފޯރަމްގައި، ނޮވެމްބަރު 19، 2025

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) އެހީތެރިކަމަށް އެދިވަޑައިގެންފައިވާތީ ސޫދާނުގެ ހަނގުރާމަ ހުއްޓުވުމުގެ މަސައްކަތް ޓްރަމްޕް ފަށައިފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވީ ސޫދާނުގެ ހަނގުރާމަ ނިންމުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި މަސައްކަތް ފަށާފައިވަނީ ވައިޓްހައުސްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެދިވަޑައިގެންނެވުމުން ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އޭނާ އެކަން ދެކެނީ ފްރީލާންސް މަސައްކަތެއްގެ ގޮތުގައި ކަމަށާއި އެކަމުގައި ސަރުކާރެއް އެކަމެއް މިކަމެއް ނެތް ގޮތަކަށެވެ. އެމެރިކާ-ސައުދީ އިންވެސްޓްމަންޓް ފޯރަމްގައި ޓްރަމްޕް ވަނީ "އަހަރެމެން އެކަމުގެ މަސައްކަތް ކުރަން ފަށާފައިވާ" ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް ވިދާޅުވީ އަންގާރަ ދުވަހު އޯވަލް އޮފީހުގައި އެމްބީއެސްއާ ބައްދަލުކުރެއްވުމަށްފަހު ގާތްގަނޑަކަށް 30 މިނެޓް ފަހުން ސޫދާނުގެ ފައިލްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެމްބީއެސް ވިދާޅުވެފައި ވަނީ އެއީ ޓްރަމްޕަށް ކުރެވިދާނެ އެންމެ ބޮޑު ކަންތައް ކަމަށާއި، އެއީ ކުރައްވާފައިވާ ކަންތަކަށްވުރެ ބޮޑު ކަމެއް ކަމަށް ބައެއް ވާހަކަތައް ހިއްސާ ކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.

"އަހަރެން [ސޫދާނަށް] ބަލަނީ މިހާރު އިއްޔެއަށްވުރެ ތަފާތު ގޮތަކަށް،" ޓްރަމްޕް ވިދާޅުވި އެވެ.

ބުދަ ދުވަހު ފަހުން، ޓްރަމްޕް ޓްރޫތު ސޯޝަލްގައި ލިޔުއްވީ އެމެރިކާ އިން ސައުދީ އަރަބިއްޔާ، އެމިރޭޓްސް، މިޞްރު އަދި އެހެނިހެން މެދުއިރުމަތީ ގައުމުތަކާ ގުޅިގެން ސޫދާނުގައި ހިނގަމުންދާ "އަނިޔާވެރި އަމަލުތައް" ނިންމައި، ގައުމު ސުލްހަވެރިކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ސޫދާނުގައި ވަރަށް ބޮޑެތި އަނިޔާވެރި އަމަލުތައް ހިނގަމުންދޭ،" ޓްރަމްޕް ލިޔުއްވި އެވެ. "އެއީ ދުނިޔޭގައި އެންމެ އަނިޔާވެރި ތަނަށް ވެފައިވާ ކަމަށާއި، އެތަނަކީ އެންމެ ބޮޑު އިންސާނީ ކާރިސާއަށް ވެއްޓިފައ އޮތްތަނަށް ވެފައި އެތަނަށް ކާބޯތަކެތި، ޑޮކްޓަރުން، އަދި އެހެން ހުރިހާ އެއްޗެއް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޑޮނަލްޑް ޓްރަމްޕްސައުދި އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާންސޫދާންސައޫދީ އަރަބިއްޔާސޫދާން ހަނގުރާމަ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު