Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައޫދީ-އެމެރިކާ ގުޅުން

ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދާއި އެންމެ ބޮޑު ތެޔޮ އެކްސްޕޯޓަރާ ދެމެދު، ސަލާމަތީ ގުޅުންތައް ވަރުގަދަކޮށް، 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގެ އިތުރުން އެފް-35 ހަނގުރާމަމަތީ ވައިގެ އުޅަނދުތަކާ ބެހޭ ޑީލުތައް މިދަތުރުފުޅުގައި ހަދާނެ ކަމަށް ބެލެވޭ.

ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2025 | އަންގާރަ 18:30
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސައުދީ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ވޮޝިންޓަން ޑީސީގެ ވައިޓް ހައުސްގައި ފޮޓޯ އަކަށް ހުއްޓިގެން - ނޮވެމްބަރު 18، 2025

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސައުދީ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ވޮޝިންޓަން ޑީސީގެ ވައިޓް ހައުސްގައި ފޮޓޯ އަކަށް ހުއްޓިގެން - ނޮވެމްބަރު 18، 2025

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) އަށް ވައިޓް ހައުސް އިން ހޫނު މަރުހަބާ އެއް ދަންނަވައިފި އެވެ.

ވައިޓް ހައުސް އިން ވަލީ އަހުދު އަދި ބޮޑު ވަޒީރަށް މަރުހަބާ ދެންނެވީ ހާއްސަ ރަސްމިއްޔާތެއްގައެވެ. ދެބޭފުޅުން ސަލާން ކުރެއްވި އިރު ވައިޓް ހައުސް ގެ މަތިން ފައިޓަރޖެޓް ތައް ޚާއްސަ ފޯމޭޝަން އަކަށް އުދުހެމުން ދިޔައެވެ.

ހަތް އަހަރަށްވުރެ ގިނަ ދުވަހަށް ފަހު ވައިޓް ހައުސް އަށް ކުރައްވާ ފުރަތަމަ ޒިޔާރަތުގައި އެމްބީއެސް އަށް ޓްރަމްޕް މަރުހަބާ ދެންނެވީ ސައުތު ލޯންގައި އޮތް އޮނަރގާޑަކާ ބޮޑު ބަޑީގެ ސެލިއުޓާ އެކުގައެވެ.

ދެ ލީޑަރުންގެ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ސަލާމަތީ ގުޅުންތަކާއި، މަދަނީ ނިއުކްލިއަރ ކޯޕަރޭޝަން އަދި ސައުދީ އާ އެކު ހަދާފައިވާ ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކާ ބެހޭ ވާހަކަތައް ހިމެނޭނެ ކަމަށް ބެލެވެއެވެ.

ޓްރަމްޕް އެމްބީއެސް އަށް ދެންނެވި ހޫނު މަރުހަބާ އިން ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދާއި އެންމެ ބޮޑު ތެޔޮ އެކްސްޕޯޓަރާ ދެމެދުގައިވާ ޚާއްސަ ގުޅުން ހާމަވާ ކަމަށް ރިޕޯޓުތަކުގައި ފާހަގަ ކޮށްފައި ވެއެވެ.

ޓްރަމްޕް ވަލީ އަހުދަށް ރަތްދޫލައިގެ މަތީގައި ހިނިތުންވުމާއެކު މަރުހަބާ ވިދާޅުވެ ސަލާން ކުރެއްވި އިރު، ވަށައިގެން ޚާއްސަ ޔުނިފޯމުގައި ތިބި އަސްކަރީ ގާޑުން އެތުރިގެން ތިއްބެވެ.

މަޝްވަރާތަކަށް ވަޑައިގަތުމުގެ ކުރިން، އޯވަލް އޮފީހުގެ ބޭރު ފާރުގައި ހުރި ކުރީގެ ރައީސުންގެ ފޮޓޯތައް ޓްރަމްޕް އެމްބީއެސް އަށް ދައްކާލެއްވި އެވެ.

ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ޓްރަމްޕް އާ އެމްބީއެސް މަޝްވަރާތައް ބާއްވައި، ކެބިނެޓް ރޫމްގައި މެންދުރުގެ ފަރިއްކޮޅުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްބީއެސް ގެ މި ދަތުރުފުޅުގެ ތެރޭގައި ޓްރަމްޕް އުއްމީދު ކުރައްވަނީ މެއި މަހު ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައި ސައުދީން ވައުދުވި 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ކަންކަން ކުރިއަށް ގެންދެވުމަށެވެ. މިދަތުރުފުޅުގައި މި ވައުދުގެ ތެރޭގައި ހިމެނޭ ގިނަ މަޝްރޫއުތަކެއް އިއުލާނު ކުރައްވާނެ ކަމަށް ބެލެވެއެވެ. ސައުދީ އާއި އެމެރިކާ އިން ދިފާއީ ދާއިރާ އިންނާއި، މަދަނީ ނިއުކްލިއަރ ހަކަތައިގެ ރޮނގުންނާއި އަދި އެމެރިކާގެ އާޓިފިޝަލް އިންޓެލިޖެންސް ގެ ރޮނގުން ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގެ އެއްބަސްވުންތައް ހަދަން ތައްޔާރަށް ތިބި ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯތުތައް ބުނެފައި ވެއެވެ. ޓްރަމްޕް ހޯމަ ދުވަހު ނޫސްވެރިންނަށް ވިދާޅުވީ އެފް-35 ފައިޓަރ ޖެޓްތައް ސައުދީ އަށް ވިއްކަން ތައްޔާރަށް ހުންނެވި ކަމަށެވެ.

މިއީ ސައުދީ އަރަބިއްޔާ އަށް ހަނގުރާމަމަތީ ވައިގެ އުޅަނދުތައް އެމެރިކާ އިން ވިއްކާ ފުރަތަމަ ފަހަރު ކަމަށްވާއިރު މިއީ އެމެރިކާގެ ސިޔާސަތައް އައި މުހިންމު ބަދަލެއްކަން ފާހަގަ ކުރެވެއެވެ. މިހާތަނަށް އެފް-35 މިލިޓަރީ ޖެޓުތައް މެދުއިރުމަތީގައި ލިބިފައިވާ ހަމައެކަނި ގައުމަކީ އިޒްރޭލެވެ.

މިލިޓަރީ އިކުއިޕްމަންޓް ގެ އިތުރަށް، ސައުދީ ވަލީ އަހުދު ސަލާމަތީ ގެރެންޓީ އެމެރިކާ އިން ބޭނުންފުޅު ވެއެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި އެމްބީއެސް ގެ މި ދަތުރުފުޅުގައި ގަތަރަށް ދެއްވި ފަދަ ސަލާމަތީ ގެރެންޓީ އެއް ޓްރަމްޕް ގެ އެގްޒެކެޓިވް އޯޑަރަކުން ސައުދީ އަށް ދެއްވާނެ ކަމަށް ބެލެވެއެވެ.

ޑޮނަލްޑް ޓްރަމްޕްސައުދި އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާންސައޫދީ އަރަބިއްޔާއެމެރިކާ-ސައުދީ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު