Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

ޓްރަމްޕް މިފަދައިން ވިދާޅުވުމަކީ ފައިޓަރ ޖެޓްތައް ހޯދުމަށް ސައުދީން ކުރަންޖެހޭ ދިގު އިންތިޒާރު ކުރުވެގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ. ނަމަވެސް ސްޓެލްތު ފައިޓަރ ޖެޓްތައް ސައުދީ އަށް ފޯރުކޮށްދޭނެ ދުވަހެއް ޔަގީނެއް ނޫނެވެ. މީގެ ކުރިން ޓްރަމްޕުގެ ފުރަތަމަ ދައުރުގެ ފަހުކޮޅު ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ބޯޓު ވިއްކަން ހެދި އެއްބަސްވުމުގެ ދަށުން އަދިވެސް ޖެޓްތައް އެގައުމަށް ނުލިބެ އެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2025 | އަންގާރަ 11:30
އެމެރިކާގެ ވައިގެ ސިފައިން ހިންގާ ލޮކްހީޑް މާޓިން އެފް-35އޭ ފަޔަރ ޖެޓެއް ޖޫން 16 ވަނަ ދުވަހު ޕެރިސް އެއާ ޝޯގައި

އެމެރިކާގެ ވައިގެ ސިފައިން ހިންގާ ލޮކްހީޑް މާޓިން އެފް-35އޭ ފަޔަރ ޖެޓެއް ޖޫން 16 ވަނަ ދުވަހު ޕެރިސް އެއާ ޝޯގައި

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކުމަށް އެއްބަސްވުމަކީ ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނު އަށް ލިބޭ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ ކަމަށް ބެލެއެވެ. ޓްރަމްޕް އެކަމަށް ތާއީދު ކުރައްވާ އެއް ސަބަބަކީ އިޒްރޭލާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރުމަށް ސައުދީ އަރަބިއްޔާ އަށް ހިތްވަރު ދިނުމެވެ.

"އަޅުގަނޑު ދަންނަވާނީ އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކާނަން،" ވައިޓް ހައުސްގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވި އެވެ. އެފް-35 ވިއްކުމާއި ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާއަކީ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ.

ޓްރަމްޕު މިފަދައިން ވިދާޅުވުމަކީ ފައިޓަރ ޖެޓްތައް ހޯދުމަށް ކުރަންޖެހޭ ދިގު އިންތިޒާރު ކުރުވެގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ. ނަމަވެސް ސްޓެލްތު ފައިޓަރ ޖެޓްތައް ސައުދީ އަށް ފޯރުކޮށްދޭނީ ކޮން އިރަކު ކަމެއް ޔަގީނެއް ނޫނެވެ. މީގެ ކުރިން ޓްރަމްޕުގެ ފުރަތަމަ ދައުރުގެ ފަހުކޮޅު ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ބޯޓު ވިއްކަން ހެދި އެއްބަސްވުމުގެ ދަށުން އަދިވެސް ޖެޓްތައް އެގައުމަށް ނުލިބެ އެވެ.

އެފް-35 މަރުކާގެ މަތިންދާބޯޓުތަކަކީ ދުނިޔޭގެ އެންމެ ޒަމާނީ ހަތިޔާރު އުފައްދާ ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭ މަތިންދާބޯޓެކެވެ. ސައޫދީން އެ ހަތިޔާރު ބޭނުންވެގެން އުޅޭތާ އެތައް ޒަމާނެއް ވެފައިވާ ކަމަށް މަޝްވަރާތަކާ ބެހޭ މައުލޫމާތު އެނގޭ އޮފިޝަލުން ބުނެ އެވެ. ކޮންމެ މަތިންދާބޯޓެއްގެ އަގު 100 މިލިއަން ޑޮލަރަށް އަރަ އެވެ. ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން މަތިންދާބޯޓުތައް އުފައްދާ ލޮކްހީޑް މާޓިން ކޯޕަރޭޝަންގެ ހިއްސާގެ އަގު ވަނީ 1.1 ޕަސެންޓަށް އުފުލިފަ އެވެ.

ޖެޓްތަކުގެ ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ވެސް މި ޑީލް ކޮމްޕްލިކޭޓް ވާނެ އެވެ. މެދުއިރުމަތީގެ ހަމައެކަނި ފައިޓާ ޖެޓް އޮންނަ އިޒްރޭލުގެ މޮނޮޕޮލީ ހިމާޔަތް ކުރުމަށް އިޒްރޭލުން ބޭނުންވި ނަމަވެސް، ޓްރަމްޕް ވަނީ ހުއްދަ ދޭން ނިންމައިފަ އެވެ. އެމެރިކާގެ ގާނޫނުގައިވާ ގޮތުން އަރަބި ގައުމުތަކުގެ މައްޗަށް އަސްކަރީ ބާރު ދެމެހެއްޓުމަށް ބޭނުންވާ ހަތިޔާރު އިޒްރޭލަށް ލިބުން ކަށަވަރު ކުރެވެ އެވެ. އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ އެފް-35 މަރުކާގެ މަތިންދާބޯޓު ސައުދީ އަރަބިއްޔާ އަށް ވިއްކި ނަމަވެސް އެ ޔަގީންކަން ދެވިދާނެ ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕްސައޫދީ އަރަބިއްޔާއެފް-35ސައުދި އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާންއެމެރިކާއެމެރިކާ-ސައުދީ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު