Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އެމެރިކާ، އިޒްރޭލު އަދި ޔޫރަޕުން ގުޅިގެން އީރާނާ ދެކޮޅަށް ފުރިހަމަ އަށް ހަނގުރާމަ އެއް ދަނީ ކުރަމުން، އުޅެނީ ކަކޫ ޖައްސަން: ރައީސް ޕެޒެޝްކިއަން

އިޒްރޭލާއި އިރާނުން ޖޫން މަހު ހަނގުރާމައެއް ކުރިއިރު، 1،000 އަށްވުރެ ގިނަ މީހުންނަށް ގެއްލުން ލިބިފައިވޭ. އެމެރިކާ އިން ވެސް ހަނގުރާމައިގައި ބައިވެރިވެ، އީރާނުގެ ތިން ނިއުކްލިއަރ ސައިޓަށް ބޮން އެޅުމުން ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ހުއްޓުނު.

ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2025 | ހޮނިހިރު 17:34
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން

އެމެރިކާ، އިޒްރޭލް އަދި ޔޫރަޕުން އީރާނާ ދެކޮޅަށް "ފުރިހަމަ ހަނގުރާމަ އެއް" ކުރަމުންދާ ކަމަށާއި އެ ގައުމުތަކުން ބޭނުން ވަނީ އީރާނު ކަކޫ ޖައްސުވަން ކަމަށް އެ ގައުމުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެ އެވެ.

އިޒްރޭލާއި އެމެރިކާ އިން އިރާނަށް އަސްކަރީ ހަމަލާތައް ދިންތާ ހަ މަސް ފަހުން، ޕެޒެޝްކިއަން  ސުޕްރީމް ލީޑަރު އަލީ ޚާމަނާއީގެ ރަސްމީ ވެބްސައިޓަށް ދެއްވި އިންޓަވިއު އެއް ގައި ހޮނިހިރު ދުވަހު ވިދާޅުވެފައިވާ ގޮތުގައި، އީރާން ވަނީ "އެމެރިކާ، އިޒްރޭލް އަދި ޔޫރަޕާ އެކު ފުރިހަމަ ހަނގުރާމައެއްގެ ތެރޭގައި؛" ކަމަށާއި "އެމީހުން ބޭނުންވަނީ އަޅުގަނޑުމެންގެ ގައުމު ކަކޫޖައްސުވަން." ކަމަށެވެ.

ފްރާންސް، އިނގިރޭސިވިލާތް އަދި ޖަރުމަނު ވެސް ހިމެނެނީ، އިރާން ގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅިގެން ސެޕްޓެމްބަރު މަހު އަލުން އދ. ގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރި ގައުމުތަކުގެ ތެރޭގައެވެ.

"އިރާގުން އަޅުގަނޑުމެންނާ ދެކޮޅަށް ފެށި ހަނގުރާމަ އަށް ވުރެ މި ހަނގުރާމަ މާ ނުރައްކާތެރި. ކައިރިން ބަލާލުމުން، މިއީ މާ ބޮޑަށްވެސް ހުރިހާ ގޮތަކުން ގޮންޖެހުން ބޮޑު އަދި އުނދަގޫ ކަމެއް؛" 1980 ން 1988 އާ ދެމެދު ހިނގި އެތައް ލައްކަ މީހުން މަރުވި ހާދިސާ އަށް އިޝާރާތް ކުރައްވައި ވިދާޅުވިއެވެ.

އެމެރިކާ އާއި އެގައުމުގެ އެކުވެރިން ތުހުމަތު ކުރަނީ އިރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް ތެހެރާނުން މިކަން ތަކުރާރުކޮށް ދޮގުކުރެއެވެ.

ދިގު މުައްދަތަކަށް ދުޝްމަނުން ގެ ގޮތުގައި ދެމި އޮތް އިޒްރޭލާއި އިރާނުން ޖޫން މަހު 12 ދުވަހުގެ ހަނގުރާމަ އެއް ވަނީ ކޮށްފަ އެވެ. މި ހަނގުރާމަ ފެށިގެން އައީ އިޒްރޭލުން އިރާނުގެ އަސްކަރީ އަދި ނިއުކްލިއަރ ސައިޓުތަކަށް، އަދި އާއްމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ.

އިރާނުގެ އޮފިޝަލުން ހާމަކުރާ ގޮތުގައި މި ހަމަލާތަކުގެ ސަބަބުން 1,000 އަށްވުރެ ގިނަ މީހުންނަށް ގެއްލުން ލިބިފައިވެ އެވެ.

ފަހުން އެމެރިކާ އިން ވެސް މި ހަނގުރާމައިގައި ބައިވެރިވެ، އީރާނުގެ ތިން ނިއުކްލިއަރ ސައިޓަށް ބޮން އެޅިއެވެ.

ވޮޝިންގްޓަންގެ މި ބައިވެރިވުމުގެ ސަބަބުން، އޭޕްރީލް މަހު ތެހެރާނާ އެކު އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ފެށުނު މަޝްވަރާތައް ހުއްޓުނެވެ.

އީރާން-އިޒްރޭލްއީރާން-އެމެރިކާމަސްޢޫދު ޕެޒެޝްކިއަންއީރާން ނިއުކްލިއަރ ޕްރޮގްރާމް

އިތުރަށް ކިޔާލަން

27 ޑިސެމްބަރު 2025

އީރާނަށް ހަމަލާ ދޭން އިޒްރޭލުން ރާވަނީ - މިފަހަރުގެ ސަބަބަކީ އީރާނުގެ މިސައިލް ޕްރޮގްރާމް

27 ޑިސެމްބަރު 2025
އީރާނަށް ހަމަލާ ދޭން އިޒްރޭލުން ރާވަނީ - މިފަހަރުގެ ސަބަބަކީ އީރާނުގެ މިސައިލް ޕްރޮގްރާމް
26 ޑިސެމްބަރު 2025

އީރާނަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި އިޒްރޭލު ރައްޔިތަކު އެ ގައުމުގެ އޮފިޝަލުން ހައްޔަރުކޮށްފި

26 ޑިސެމްބަރު 2025
އީރާނަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި އިޒްރޭލު ރައްޔިތަކު އެ ގައުމުގެ އޮފިޝަލުން ހައްޔަރުކޮށްފި
25 ޑިސެމްބަރު 2025

ގެއްލުން ލިބިފައިވާ ނިއުކްލިއަރ ސައިޓްތައް ބޭރުގެ ފަރާތްތަކުން އިންސްޕެކްޓް ކުރަން ޖެހޭ އެއްވެސް ހުއްޖަތެއް ނެތް: އީރާނު

25 ޑިސެމްބަރު 2025
ގެއްލުން ލިބިފައިވާ ނިއުކްލިއަރ ސައިޓްތައް ބޭރުގެ ފަރާތްތަކުން އިންސްޕެކްޓް ކުރަން ޖެހޭ އެއްވެސް ހުއްޖަތެއް ނެތް: އީރާނު
22 ޑިސެމްބަރު 2025

އަރާގްޗީ އާއި ކޫޕާ ފޯނުން ގުޅުއްވައި "ކުޑަ ވަގުތު ކޮޅަކަށް" މަޝްވަރާ ކުރައްވައިފި

22 ޑިސެމްބަރު 2025
އަރާގްޗީ އާއި ކޫޕާ ފޯނުން ގުޅުއްވައި "ކުޑަ ވަގުތު ކޮޅަކަށް" މަޝްވަރާ ކުރައްވައިފި
20 ޑިސެމްބަރު 2025

އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު

20 ޑިސެމްބަރު 2025
އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު