Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް-ސޯމާލީލޭންޑް

އިޒްރޭލުން ސޯމާލީލޭންޑް ބަލައިގަތުމަކީ ސަރަހައްދަށް އޮތް ބޮޑު ބިރެއް: ސޯމާލިއާގެ ރައީސް

1991 ގައި އަމިއްލަ އަށް މިނިވަންކަން އިޢުލާންކުރި ސޯމާލީލޭންޑް އޮތީ އެކަހެރިކޮށްފައި ނަމަވެސް، އިޒްރޭލު ވަނީ ސޯމާލީލޭންޑް ބަލައިގަތް ފުރަތަމަ ގައުމަށް ވެފައި. ސޯމާލިއާ، އެފްރިކާ ޔޫނިއަން، މިޞްރު، ތުރުކީ، ޖީސީސީ އަދި އޯއައިސީން ވަނީ މި ނިންމުން ކުށްވެރިކޮށްފައި.

ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2025 | އާދީއްތަ 15:25
ހަސަން ޝެއިޚް މުހައްމަދު

ހަސަން ޝެއިޚް މުހައްމަދު

ސޯމާލިއާ އިން ވަކިވެގަނެފައިވާ ސޯމާލީލޭންޑް، އިޒްރޭލުން ބަލައިގަތުމަކީ، "ދުނިޔޭގެ ސަލާމަތާއި ހަމަޖެހުމަށާއި، ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބިރެއް" ކަމަށް، ސޯމާލިއާގެ ރައީސް ޙަސަން ޝައިޚް މުޙައްމަދު، ވިދާޅުވެއްޖެއެވެ.

ސޯމާލިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ގައި އާދިއްތަ ދުވަހު ވާހަކަ ދައްކަވަމުން ވިދާޅުވީ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސޯމާލީލޭންޑް ބަލައިގަންނަ ކަމަށް ހުކުރު ދުވަހު ކުރެއްވި އިއުލާނުން، ސޯމާލީލޭންޑް ބަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލު ވެގެންދިއުމަކީ، "ސޯމާލިއާގެ ސިޔާދަތީ މިނިވަންކަމާއި، ސަރަހައްދީ އެއްބައިވަންތަ ކަމާއި، އެ ގައުމުގެ ރައްޔިތުންގެ އެއްބައިވަންތަކަމާ ދެކޮޅަށް ދިން ހަރުކަށި ޙަމަލާއެއް" ކަމަށް ރައީސް މުޙައްމަދު ވިދާޅުވިއެވެ.

ސޯމާލީލޭންޑުން ސޯމާލިއާ އިން މިނިވަންކަން އިޢުލާނުކުރީ 1991 ވަނަ އަހަރުގައެވެ. އަދި އެތައް އަހަރެއް ވަންދެން މިނިވަން ދައުލަތެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނޭތޯ މަސައްކަތްކޮށްފައިވެއެވެ.

މިނިވަން ދައުލަތެއްގެ ގޮތުގައި އަމިއްލަ އަށް އިޢުލާންކޮށްފައިވާ ސޯމާލީލޭންޑަށް އަދަން ކަނޑުން ސްޓްރެޓީޖިކް ގޮތުން މުހިންމު ޖާގަ އެއް ލިބިފައިވެއެވެ. އަދި އެތަނުގެ އަމިއްލަ ފައިސާ އާއި، ޕާސްޕޯޓާއި، ސިފައިން ވެސް ތިބެ އެވެ.

ނަމަވެސް، އަމިއްލަ އަށް މިނިވަންކަން އިޢުލާނުކުރި ފަހުން، ސިޔާސީ ގޮތުން ސޯމާލީލޭންޑް އޮތީ އެކަހެރިވެފަ އެވެ.

އިޒްރޭލުގެ މި އިއުލާނަށް ފަހު، ހުކުރު ދުވަހު ސޯމާލިއާގެ ސަރުކާރާއި، އެފްރިކާ ޔޫނިއަނުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މޮގަދިޝޫއިން މިކަން ސިފަކޮށްފައިވަނީ، އެ ގައުމުގެ ސިޔާދަތީ މިނިވަންކަމަށް ދެވުނު "ހަރުކަށި ޙަމަލާއެއް" ގެ ގޮތުގައެވެ. މީގެ އިތުރުން މިޞްރާއި، ތުރުކީ އާއި، ހަ ގައުމު ހިމެނޭ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) އާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން ވެސް ވަނީ މި ނިންމުން ކުށްވެރިކޮށްފައެވެ.

ސޯމާލިއާ-ސޯމާލީލޭންޑްއިޒްރޭލް-ސޯމާލީލޭންޑްރައީސް ޙަސަން ޝައިޚް މުޙައްމަދުބެންޖަމިން ނަތަންޔާހޫއެފްރިކާ ޔޫނިއަންއަދަން ކަނޑު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ސޯމާލީލޭންޑް ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން އަލް-ޝަބާބުން އެކަމާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް ވަޢުދުވެއްޖެ

އިޒްރޭލުން ސޯމާލީލޭންޑް ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން އަލް-ޝަބާބުން އެކަމާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް ވަޢުދުވެއްޖެ

28 ޑިސެމްބަރު 2025
އީރާނަށް ހަމަލާ ދޭން އިޒްރޭލުން ރާވަނީ - މިފަހަރުގެ ސަބަބަކީ އީރާނުގެ މިސައިލް ޕްރޮގްރާމް

އީރާނަށް ހަމަލާ ދޭން އިޒްރޭލުން ރާވަނީ - މިފަހަރުގެ ސަބަބަކީ އީރާނުގެ މިސައިލް ޕްރޮގްރާމް

27 ޑިސެމްބަރު 2025
ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

27 ޑިސެމްބަރު 2025
ސޮމާލީލޭންޑް ރަސްމީކޮށް ބަލައި ގަތުމަށް ޓްރަމްޕް ތާއީދު ނުކުރައްވާ ކަމަށް ބުނެފި

ސޮމާލީލޭންޑް ރަސްމީކޮށް ބަލައި ގަތުމަށް ޓްރަމްޕް ތާއީދު ނުކުރައްވާ ކަމަށް ބުނެފި

27 ޑިސެމްބަރު 2025
އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު

އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު

20 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު