Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި

ފީފާ އެވޯޑު ޑެމްބެލޭ ހޯދާފައިވާއިިރު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ވަނީ ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު ވެސް ކާމިޔާބު ކޮށްފަ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޑިސެމްބަރު 2025 | ބުދަ 07:42
ފީފާ އެވޯޑާ އެކު ޑެމްބެލޭ

ފީފާ އެވޯޑާ އެކު ޑެމްބެލޭ

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ދެމުން އަންނަ ފީފާ ބެސްޓް އެވޯޑު، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އޮސްމާން ޑެމްބެލޭ ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ އޮތް އެވޯޑު ހަފްލާގައި ޑެމްބެލޭ އެ އެވޯޑު ހޯދާފައި ވަނީ، ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ލަމީން ޔަމާލް އަދި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއާ ވާދަކޮށެވެ. 

ފީފާ އެވޯޑު ޑެމްބެލޭ ހޯދާފައިވާއިރު، މިދިޔަ ސީޒަންގައި އޭނާ ވަނީ ޕީއެސްޖީ އާއެކު ގިނަ ކާމިޔާބީ ތަކެއް ހޯދައި، މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ. އެގޮތުން ޕީއެސްޖީ އިން އެ ކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު، ޑެމްބެލޭ ވަނީ އިސް ދައުރެއް އަދާ ކޮށްފަ އެވެ.

މީގެ އިތުރުން ޑެމްބެލޭ ވަނީ ޕީއެސްޖީ އާއެކު ފްރާންސް ލީގުގެ އިތުރުން، ފްރާންސް ކަޕް އަދި ޓްރޮފީ ޑީ ޗެމްޕިއަންސް ވެސް ކާމިޔާބު ކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ މިދިޔަ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ޑެމްބެލޭ އެވެ. އަދި ފްރާންސް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ޑެމްބެލޭ ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.

ފީފާ އެވޯޑު ޑެމްބެލޭ ހޯދާފައިވާއިިރު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ވަނީ ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު ވެސް ކާމިޔާބު ކޮށްފަ އެވެ. އެ އެވޯޑު ޑެމްބެލޭ ހޯދީ ޔަމާލްގެ އިތުރުން، ވިޓީނިއާ ވާދަ ކޮށްގެންނެވެ. 

މީގެ އިތުރުން، ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗަަކަށް ހޮވުނީ ޕީއެސްޖީ އަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ލުއިސް އެންރީކޭ އެވެ. އަދި އެންމެ މޮޅު ގޯލު ކީޕަރަކަށް ހޮވުނީ ޕީއެސްޖީ ދޫކޮށްލުމަށް ފަހު، މެންޗެސްޓަރ ސިޓީ އަށް ބަދަލުވި ޖިއާންލުއިޖީ ޑޮންނަރުންމާ އެވެ. އޭގެ އިތުރުން، އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ސްޕެއިންގެ  އައިޓާނާ ބޮންމާޓީ އެވެ. މިއީ މި އެވޯޑު ޖެހި ޖެހިގެން އޭނާ ހޯދި ތިން ވަނަ ފަހަރެވެ.

ފީފާއޮސްމާނޭ ޑެމްބެލޭ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު