Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ، އެ މެޗުގައި ސިޓީ އިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސްކުރި ކަމަށެވެ. ފުރަތަމަ ލަނޑަށް ފަހު، އިތުރު ލަނޑު ޖަހަން ހާލަންޑް އަށް ވެސް ފުރުސަތު ލިބުނު ކަަމަށް ގާޑިއޯލާ ފާހަގަ ކުރި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޑިސެމްބަރު 2025 | ބުދަ 03:35
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިންނާ އެކު ހާލަންޑް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިންނާ އެކު ހާލަންޑް އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ދަންވަރު ފުލަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ސިޓީ އިން ކާމިޔާބު ކުރީ 5-4 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އިން ތިން ލަނޑު ޖެހިއިރު، ފުލަމް އިން އެއް ލަނޑު ޖެހި އެވެ. ދެ ވަނަ ހާފުގައި ސިޓީ އިން ދެ ލަނޑު ޖެހިއިރު، ފުލަމް އިން ތިން ލަނޑު ޖެހި އެވެ.

މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ސިޓީ އަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ ނޯވޭގެ ފޯވާޑް އާލިން ހާލަންޑް އެވެ. އެ ލަނޑާ އެކު ޕްރިމިއާ ލީގުގައި ހާލަންޑް ޖަހާފައިވާ ލަނޑުގެ އަދަދު 100 އަށް އަރާފައިވާއިރު، އޭނާ އަކީ ޕްރިމިއާ ލީގުގައި އެންމެ އަވަހަށް ސަތޭކަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

އޭގެ ފަހުން މެޗުގެ 37 ވަނަ މިނެޓުގައި ސިޓީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ޓިޖާނީ ރައިންޑާސް އެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ފިލް ފޮޑެން ވަނީ ސިޓީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަަމަވެ އިތުރަށް ދެއްކި ވަގުތުގައި ފުލަމްގެ ފުރަތަމަ ލަނޑު ޖެހީ އެމިލް ސްމިތު ރޯވް އެވެ.

ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ފޮޑެން ވަނީ ސިޓީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އަދި މެޗުގައި ސިޓީގެ ފަސް ވަނަ ލަނޑަކީ ފުލަމްގެ ސެންޑަ ބާގާ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. ސިޓީ އިން ފަސް ލަނޑު ޖެހި ފަހުން ފުލަމް އިން ތިން ލަނޑު ޖެހި އެވެ.

އެއީ މެޗުގެ 57 ވަނަ މިނެޓުގައި އަލެކްސް އިވޯބީ ޖެހި ލަނޑުގެ އިތުރުން، 72 ވަނަ މިނެޓުގައި ސެމުއެލް ޗުކުވޭޒާ ޖެހި ލަނޑު އަދި 78 ވަނަ މިނެޓުގައި ޗުކުވޭޒާ ޖެހި ދެ ވަނަ ލަނޑެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ، އެ މެޗުގައި ސިޓީ އިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސްކުރި ކަމަށެވެ. ފުރަތަމަ ލަނޑަށް ފަހު، އިތުރު ލަނޑު ޖަހަން ހާލަންޑް އަށް ވެސް ފުރުސަތު ލިބުނު ކަަމަށް ގާޑިއޯލާ ފާހަގަ ކުރި އެވެ.

މެޗުން ހޯދި މޮޅާ އެކު ސިޓީ އޮތީ ލީގު ތާވަލްގެ ދެ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 14 މެޗުން 28 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަނައިގައި އާސެނަލް އަށް ލިބެނީ 30 ޕޮއިންޓެވެ. މެޗުގެ އަދަދު ހަމަކޮށް، އެއް ވަަނައިގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު އާސެނަލް އަށް އޮންނާނެ އެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީއާރްލިންގ ހާލަންޑް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު