Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިވަޕޫލް

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

މެންޗެސްޓާ ސިޓީން ލިވަޕޫލް 3-0 އިން ބަލިކޮށް ލީގުގެ ދެވަނަ އަށް ވަނީ ޖެހިލައިފަ އެވެ. މިއީ ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގެ 1000 ވަނަ މެޗެވެ.

މެންޗެސްޓާ ސިޓީން ލިވަޕޫލް 3-0 އިން ބަލިކޮށް ލީގުގެ ދެވަނަ ސަފުގައި ހިމެނިފައިވާއިރު ހާލަންޑް، ގޮންޒާލޭޒް އަދި ޑޮކޫ ގޯލު ޖަހައިދިނެވެ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2025 | އަންގާރަ 14:33
ލިވަޕޫލް ކޮޅަށް ގޯލު ޖެހުމަށްފަހު ސިޓީގެ ހާލަންޑް އުފާ ފާޅުކުރަނީ

ލިވަޕޫލް ކޮޅަށް ގޯލު ޖެހުމަށްފަހު ސިޓީގެ ހާލަންޑް އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް 3-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ ދެވަނަ އަށް ޖެހިލައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

މެޗުގެ ފުރަތަމަ ހާފުން ފެށިގެން ސިޓީން ވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަން ފަށާފަ އެވެ. ސިޓީ އަށް 13 ވަނަ މިނިޓްގައި ލީޑުނަގަން ލިބުނު ފުރުސަތުގައި އާލިން ހާލަންޑް ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު، ޖިއޯޖީ މަމަޑާޝްވިލީ ވަނީ މަތަކޮށްފަ އެވެ. ނަމަވެސް މެޗުގެ 29 ވަނަ މިނިޓްގައި ހާލަންޑް ވަނީ ގޯލެއް ޖަހާ ސިޓީއަށް ލީޑު ނަގައިދީފަ އެވެ. މި ގޯލަކީ މަޓެއުސް ނޫނޭސް ނެގި ހުރަހަކުން ހާލަންޑް ބޮލުން ޖެހި ގޯލެކެވެ. މިއީ ޕްރިމިއާ ލީގުގައި ސިޓީ އަށް ހާލަންޑް ޖަހައިދިން 99 ވަނަ ގޯލެވެ.

ސިޓީގެ ފުރަތަމަ ގޯލަށް ފަހު، ލިވަޕޫލުން ވާޖިލް ވެން ޑައިކް ބޮލުން ޖެހި ގޯލުން އެއްވަރުކުރި ނަމަވެސް ވީއޭއާރް އިން ވަނީ އޮފްސައިޑް ކަމަށް ނިންމާފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ނިކޯ ގޮންޒާލޭޒް އެވެ. މިއާއެކު ސިޓީން ވަނީ 2-0 އިން ލީޑެއް ނަގައިގެން ފުރަތަމަ ހާފް ނިންމާލާފަ އެވެ.

މެޗުގެ 63 ވަނަ މިނިޓްގައި މި މެޗުގެ މޮޅު ކުޅުންތެރިޔާގެ އިނާމު ހޯދި ޑޮކޫ އޭރިއާބޭރުން ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ސިޓީގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނެވެ. މިއާއެކު މެޗު ނިމުނީ 3-0 އިން ސިޓީ މޮޅުވެގެންނެވެ.

ލިވަޕޫލްގެ މައްޗަށް ސިޓީން ބޮޑު މޮޅެއް ހޯދި މި މެޗަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގެ 1000 ވަނަ މެޗެވެ.

ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް 11 މެޗުން 26 ޕޮއިންޓް ލިބިފައިވެއެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 11 މެޗުން ލިބިފައިވަނީ 22 ޕޮއިންޓް އެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 11 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ސަންޑަލެންޑަށް 11 މެޗުން 19 ޕޮއިންޓް ލިބިފައިވެ އެވެ.

ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އާއި ހަ ވަނައިގައި އޮތް އެސްޓަން ވިލާ އަދި ހަތް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް އަދި އަށް ވަނައިގައި އޮތް ލިވަޕޫލަށް 11 މެޗުން 18 ޕޮއިންޓް ލިބިފައިވެ އެވެ.

މެންޗެސްޓަރ ސިޓީލިވަޕޫލްޕްރިމިއަރ ލީގު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު