Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

މެޗުން މޮޅުވެ ސިޓީ އިން ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމަށް ޖެހިލައިފަ. މިހާތަނަށް ކުޅެފައިވާ ހަ މެޗުން އެ ޓީމަށް ލިބެނީ 13 ޕޮއިންޓް. ސިޓީ އަތުން ބަލިވި ރެއާލް އޮތީ، މިހާތަނަށް އެ ޓީމު ކުޅެފައިވާ ހަ މެޗުން 12 ޕޮއިންޓާ އެކު ހަތް ވަނައިގަ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2025 | ބުރާސްފަތި 03:45
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑްއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ސިޓީ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ރެއާލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ސިޓީ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ރެއާލް އަށް ލީޑު ނަގަައިދިނީ ބްރެޒިލްގެ ރޮޑްރީގޯ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޖޫޑް ބެލިންހަމް އެވެ. އޭގެ ފަހުން ވެސް ރެއާލް އިން ވަނީ އިތުރު ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ.

ނަމަވެސް މެޗުގެ 35 ވަނަ މިނެޓުގައި ސިޓީ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު ސިޓީ އަށް ޖަހައިދިނީ ނިކޯ އޯރައިލީ އެވެ. އޭނާ އެ ލަނޑު ޖެހީ ޖޮސްކާ ގްވާޑިއޯލް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ސިޓީ އަށް ލީޑު ނަގައިދިނީ ނޯވޭގެ ފޯވާޑު އާލިން ހާލަަންޑް އެވެ. އެއީ ސިޓީގެ ގޯލު އޭރިޔާ ތެރެއިން، ރެއާލްގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިއާ، ހާލަންޑް އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

މެޗުން މޮޅުވެ ސިޓީ އިން ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމަށް ޖެހިލައިފަ އެވެ. މިހާތަނަށް ކުޅެފައިވާ ހަ މެޗުން އެ ޓީމަށް ލިބެނީ 13 ޕޮއިންޓެވެ. ސިޓީ އަތުން ބަލިވި ރެއާލް އޮތީ، މިހާތަނަށް އެ ޓީމު ކުޅެފައިވާ ހަ މެޗުން 12 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ސިޓީ އަށް މިފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެތޯ ވަނީ ގާޑިއޯލާއާ ސުވާލު ކޮށްފަ އެވެ. އެއާާ އެކު ގާޑިއޯލާ ބުނެފައި ވަނީ، ސިޓީ އޮތީ އެކަމަށް ތައްޔާރަށް ނޫން ކަމަށާއި، އެއީ ވަރަށް ދުރުގައި އޮތް ކަމެއް ކަމަށެވެ.

ގާޑިއޯލާ ބުނެފައި ވަނީ ސިޓީގެ ޙާލަތު މަޑު މަޑުން ރަނގަޅު ވަމުން އައި ނަމަވެސް، އަދި ވެސް އެ ޓީމުން ހާސިލު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރި ކަމަށެވެ. ސިޓީ އޮތީ "ވަރަށް ދުރުގައި" ކަމަށް ފާހަގަކޮށް ގާޑިއޯލާ ބުނީ، އަންނަ އަހަރުގެ ފެބްރުވަރީ މަހާ ހަމައަށް ދާއިރު ސިޓީ ރަނގަޅު ވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ ބައެއް ފަހަރު އެންމެ އުންމީދު ނުކުރެވޭ މެޗުން ވެސް ސިޓީ ބަލިވެފައި ހުރި ކަމަށެވެ. އެހެން ނަމަވެސް، ސިޓީގެ ކުޅުންތެރިން މިހާރު ވަރަށް ބޮޑު ހިތްވަރެއް ލަމުން އަންނަ ކަމަށާއި، ކުޅުންތެރިންގެ ރޫޙު ރަނގަޅު ކަމަށެވެ. އެކަމަކު ވެސް، ސިޓީ އިން ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އަދި ވެސް ހުރި ކަމަށް އޭނާ ބުންޏެވެ.

ރެއާލް މެޑްރިޑްޔުއެފާ ޗެމްޕިއަންސް ލީގުމެންޗެސްޓަރ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު