Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ މެޗުން ބަލިވުމުގެ ޒިންމާ އޭނާ ފުރިހަމަ އަށް ނަގާ ކަމަށެވެ. އެގޮތުން މާ ގިނަ ބަދަލު ތަކެއް ޓީމަަށް ގެނެެވުނީ ކަމަށާއި، މެޗުގެ ނަތީޖާ އެގޮތަށް ނިކުންނަން ޖެހުނު މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށް ޤަބޫލު ކުރާ ކަމުގައި ގާޑިއޯލާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2025 | ބުދަ 05:49
މެޗުގައި ލަނޑު ޖެހުމަށް ފަހު ލެވަކޫސަންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ލެވަކޫސަންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެ އެވެ.

ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ލެވަކޫސަން އިން ވަނީ 2-0 އިން ސިޓީގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ލެވަކޫސަން އިން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާާފުގެ 23 ވަނަ މިނެޓުގައި ލެވަކޫސަން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެލެކްސް ގްރިމާލްޑޯ އެވެ. އެއީ ކްރިސްޓިއަން މިކޭލް ކޮފާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން މެޗުގައި ސިޓީ އަށް ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރަން ފުރުސަތު ލިބިފަ އެވެ. ލެވަކޫސަންގެ އޭރިޔާ ތެރެއިން ސިޓީގެ އޮސްކާ ބޮބް ފޮނުވާލި ބޯޅަ ލެވަކޫސަންގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ސިޓީގެ ޓިޖާނީ ރެއިންޖާސް ފޮނުވާލި ބާރު ހަމަލާ ވެސް ލެވަކޫސަންގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ލެވަކޫސަން އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޕެޓްރިކް ޝިކް އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އިބްރާހީމް މަޒާ އެވެ.

މޮޅާއެކު ލެވަކޫސަން އޮތީ ޗެމްޕިއަންސް ލީގު ތާވަލްގެ 13 ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަަށް ކުޅެފައިވާ ފަސް މެޗުން އަށް ޕޮއިންޓާ އެކު އެވެ. ލެވަކޫސަން އަތުން ބަލިވި ނަމަވެސް، ސިޓީ އޮތީ ތާވަލްގެ ހަ ވަނަ މަގާމުގަ އެވެ. އެއީ އެ ޓީމު ކުޅެފައިވާ ފަސް މެޗުން 10 ޕޮއިންޓާ އެކު އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ މެޗުން ބަލިވުމުގެ ޒިންމާ އޭނާ ފުރިހަމަ އަށް ނަގާ ކަމަށެވެ. އެގޮތުން މާ ގިނަ ބަދަލު ތަކެއް ޓީމަަށް ގެނެެވުނީ ކަމަށާއި، މެޗުގެ ނަތީޖާ އެގޮތަށް ނިކުންނަން ޖެހުނު މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށް ޤަބޫލު ކުރާ ކަމުގައި ގާޑިއޯލާ ބުންޏެވެ.

އެހެން ނަމަވެސް، ހުރިހާ ކުޅުންތެރިންނަށް ވެސް ފުރުސަތު ދޭން ބޭނުންވާ ކަމުގައި ގާޑިއޯލާ ބުންޏެވެ. ޚާއްސަކޮށް ފުޓުބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ހުރެ، ފަސް މެޗު، ހަ މެޗު ނުވަތަ ހަތް މެޗު ނުކުޅެ ހުންނަން ޖެހުމަކީ ވެސް ބޮޑު ވަރެއް ކަމަށް ގާޑިއޯލާ ބުނެފައިވެ އެވެ. އެހެންކަމުން، އަބަދު ވެސް އޭނާ ބޭނުން ވަނީ ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދީގެން، އެންމެން ޝާމިކޮށްގެން ކުރިއަށް ދާން ކަމުގައި ގާޑިއޯލާ ބުންޏެވެ.

މެންޗެސްޓަރ ސިޓީޔުއެފާ ޗެމްޕިއަންސް ލީގުބަޔާ ލެވަކޫސަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު