Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަރަބޯ ކަޕް

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025 | ބުރާސްފަތި 06:06

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ، އެ މެޗުގައި ސިޓީގެ ފުރަތަމަ އެގާރަ އަށް ވަރަށް ބޮޑު ބަދަލެއް އޭނާ ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗާ އަޅާ ބަލާއިރު، ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށް އޭނާ ފާހަގަ ކުރި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޑިސެމްބަރު 2025 | ބުރާސްފަތި 06:06
މެޗު ގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗު ގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ކަރަބޯ ކަޕްގެ ކުއާޓާ ފައިނަލް ގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ސިޓީ އިން މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ ރަޔަން ޗާކީ އެވެ. އޭގެ ފަހުން ވެސް ސިޓީ އިން ވަނީ މެޗުގައި ރަނގަޅަށް ކުޅެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްފަ އެވެ. މެޗުގެ 67 ވަނަ މިނެޓުގައި ސަވީނިއޯ ވަނީ ސިޓީގެ ދެ ވަނަ ލަނޑު ޖަަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޓިޖާނީ ރެއިންޖާސް އެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ، އެ މެޗުގައި ސިޓީގެ ފުރަތަމަ އެގާރަ އަށް ވަރަށް ބޮޑު ބަދަލެއް އޭނާ ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗާ އަޅާ ބަލާއިރު، ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށް އޭނާ ފާހަގަ ކުރި އެވެ. 

އެކަން ފާހަގަކޮށް ގާޑިއޯލާ ބުނީ އެއީ ވަރަށް ރަނގަޅު ބަދަލެއް ކަމަށާއި، މެޗުގެ ނަތީޖާ އިން ވެސް އެކަން ފާހަގަވާ ކަމަށެވެ. ޚާއްސަކޮށް ކުޅުންތެރިން ކުރި މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް ގާޑިއޯލާ ބުންޏެވެ. ޚާއްސަކޮށް ސަވީނިއޯގެ ފަރާތުން ވަރަށް ރަނގަޅު ކަންތައް ތަކެއް ފެންނަ ކަމަށާއި، އެންމެ ރަނގަޅު ވަގުތުގައި އޭނާ ފުރުސަތުގެ ބޭނުން ކުރާ ކަމަށް ގާޑިއޯލާ ބުންޏެވެ.

އިތުރަށް ގާޑިއޯލާ ބުނީ ބައެއް ކުޅުންތެރިންނަކީ އެހާ ގިނައިން ކުޅުމުގެ ފުރުސަތު ނުލިބޭ ކުޅުންތެރިން ކަމަށާއި، ނަމަވެސް ބެރެންޓްފޯޑާ ދެކޮޅަށް އެ ކުޅުންތެރިން ވަރަށް ފުރިހަމަ ކުޅުމެއް ދައްކާފައިވާ ކަމަށެވެ. އޭނާ ބުނީ ސިޓީ އަށް ބައެއް ކަހަލަ އުނދަގޫތަކާ ދިމާވެފައިވާ ކަމަށާއި، އެއީ ކުރިއަށް ޖެހިގެން ކުޅުމުގައި ދިމާވި ދަތިތަކެއް ކަމަަށެވެ.

ގާޑިއޯލާ ބުނީ މެޗު ފަށައިގެން ފުރަތަމަ 15 މިނެޓާއި، 20 މިނެޓުގެ ތެރޭގައި ސިޓީ އަށް އުނދަގޫ ތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް، ކުޅުންތެރިން އެކަމަށް ހޭނި، ރަނގަޅަށް ކުޅުނު ކަމަށް ގާޑިއޯލާ ބުންޏެވެ. ގާޑިއޯލާ ބުނީ ފުރަތަމަ އެގާރައިގައި ތިބި ކުޅުންތެރިން އަދި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވެސް އޭނާ ވަރަށް ބޮޑަަށް ހިތްހަމަ ޖެހޭ ކަަމަށެވެ. 

ކަރަބޯ ކަޕްމެންޗެސްޓަރ ސިޓީބްރެންޓްފޯޑު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

17 ޑިސެމްބަރު 2025
ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
30 އޮކްޓޯބަރު 2025

ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް

30 އޮކްޓޯބަރު 2025
ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް
30 އޮކްޓޯބަރު 2025

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި

30 އޮކްޓޯބަރު 2025
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް