Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ހާލަންޑް އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އެގޮތުން ހާލަންޑް ކުޅެމުން އަންނަނީ ލިއޮނަލް މެސީ އާއި، ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް ފެންވަރެއްގައި ކަމަށް ގާޑިއޯލާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2025 | ހޯމަ 03:49
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ހާލަންޑް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ހާލަންޑް އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ސިޓީ އިން ލީގު ތާވަލްގެ ދެ ވަނަ މަގާމަށް ޖެހިލައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ، ސިޓީގެ އިއްތިހާާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ސިޓީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބޯންމައުތުން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، އިތުރު ދެ ލަނޑު ޖަހައިގެން ސިޓީ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ސިޓީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ސިޓީ އަށް ޖަހައިދިނީ ނޯވޭގެ ފޯވާޑު އާލިން ހާލަންޑް އެވެ. އެއީ ރަޔަން ޗާކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހާލަންޑް ޖެހި ލަނޑެކެވެ. ނަމަވެސް އޭގެ އަށް މިނެޓު ފަހުން، ޓައިލާ އެޑަމްސް ވަނީ ލަނޑު ޖަހައި ބޯންމައުތަށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް ސިޓީ އަށް އަލުން ލީޑު ނަގައިދިނީ ވެސް ހާލަންޑް އެވެ. އެ ލަނޑު ވެސް ހާލަންޑް ޖެހީ ޗާކީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އަދި މެޗުގައި ސިޓީގެ ތިން ވަނަ ލަނޑު 60 ވަނަ މިނެޓުގައި ޖެހީ ނިކޯ އޯ ރެއިލީ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ފިލް ފޮޑެން އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ހާލަންޑް އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އެގޮތުން ހާލަންޑް ކުޅެމުން އަންނަނީ ލިއޮނަލް މެސީ އާއި، ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް ފެންވަރެއްގައި ކަމަށް ގާޑިއޯލާ ބުންޏެވެ. އަދި ހާލަންޑް ނެތް ނަމަވެސް، ސިޓީ އަށް ވަރަށް ބޮޑު އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން ބޯންމައުތު އަތުން ސިޓީ މޮޅުވެފައިވާއިރު، އެ ޓީމުގައި މިހާރު އޮތީ ރަނގަޅު ރޫޙެއް ކަމަށް ގާޑިއޯލާ ސިފަ ކުރި އެވެ. ޚާއްސަކޮށް ބައެއް ކުޅުންތެރިން އެނބުރި އައިސް ޓީމާ ގުޅުމަކީ ވެސް ހިތްހަމަ ޖެހުމެއް ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ސިޓީ އިން ކުރިއަށް ދާން ޖެހޭނީ ފެންވަރު ރަނގަޅު ގޮތުގައި ކަމަށް ގާޑިއޯލާ ބުންޏެވެ.

ބޯންމައުތު އަތުން މޮޅުވެ ސިޓީ ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 10 މެޗުން 19 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ހަތަރު ވަނައިގައި ބޯންމައުތު އޮތީ 18 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އާސެނަލް އަށް 25 ޕޮއިންޓު ލިބޭއިރު، ތިން ވަނައިގައި ލިވަޕޫލް އަށް ލިބެނީ 18 ޕޮއިންޓެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީބޯންމައުތު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު