Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުއިއްޒު ބައްދަލުވުން

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަން ބޭއްވި ބައްދަލު ވުމުގައި ވިޔަފާރިވެރިއަކު ބުނީ އެޑިއުކޭޝަން މިނިސްޓްރީން ދޭންޖެހޭ 13 ލައްކަ ރުފިޔާ ނުދޭތާ 2 އަހަރާއި ބައި ވެއްޖެ ކަމަށް. ވޭސްޓް މެނޭޖްމަންޓު ސެންޓަރެއްގެ މަސައްކަތަށް ފޮނުވި ބިލު ފިނޭންސް މިނިސްޓްރީން ގެއްލުވާލާފައި ވާއިރު، ބޮޑެތި ކުންފުނިތަކަށް މިލިއަނުން ފައިސާ ދޭއިރު ކުދި ވިޔަފާރިވެރިންނަށް 15 ދުވަހުގެ ތެރޭގައި ވެސް ފައިސާ ނުލިބޭ ކަމަށް.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2025 | ބުރާސްފަތި 01:30
ސަރުކާރުން ކުރި މަސައްކަތަށް ފައިސާ ނުލިބި 2 އަހަރާއި ބައި ވެފައިވާތީ ވިޔަފާރިވެރިޔާ ވަނީ އޭނާގެ ޝަކުވާތައް ރައީސް އަށް ހުށަހަޅާފައި

ސަރުކާރުން ކުރި މަސައްކަތަށް ފައިސާ ނުލިބި 2 އަހަރާއި ބައި ވެފައިވާތީ ވިޔަފާރިވެރިޔާ ވަނީ އޭނާގެ ޝަކުވާތައް ރައީސް އަށް ހުށަހަޅާފައި

ކުރި މަސައްކަތަށް ބިލުކޮށްގެން ފައިސާ ނުދޭތާ 2 އަހަރާއި ބައި ވެއްޖެ ކަމަށާއި، ފޮނުވި ބިލު ގެއްލުވާލާފައިވާ އިރު، ވަޒީރަކަށް ވާނުވާ ވެސް ނޭނގޭ ކަަމަށް ބުނެ ވިޔަފާރިވެރިއެއް ގެ އުދާސްތައް ބަންޑުންކޮށްލައިފި އެވެ. 

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަން ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިއަކު އޭނާ ގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރަމުން ބުނީ ސަރުކާރުގެ މަސައްކަތް ކޮށްފައި ލިބެންޖެހޭ ލާރިކޮޅު ލިބުމުގައި ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި އެކި ޖަލްސާތަކުގައި ވިޔަފާރިވެރިންނަށް ފައިސާ ދެއްވާނެ ވާހަކަ ވިދާޅުވެފައިވާ ކަމަށާއި، ނަމަވެސް ރައީސްގެ ދެފަރާތުން ތިއްބެވި ކެބިނެޓު ވަޒީރުންގެ ކިބައިގައި ރައީސްގެ ހުންނަވާ ސިފަތަކެއް އަދި ރައީސް ވަޑައިގަންނަވާ މަގުން ހިންގަވާ ބޭފުޅެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

ވިޔަފާރިވެރިޔާ ބުނީ މިދިޔަ 2 އަހަރު ތެރޭގައި މަސްވެރިންނަށް ދޭންޖެހޭ ލާރިކޮޅުގެ ވާހަކަ ދައްކާ ސަބްސިޑީއާއި 24 ގަޑި އިރު ތެރޭގައި މަސްވެރިންނަށް ލާރި ދިން އިރު، ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ 6 މަސް ދުވަސް ތެރޭގައި ވެސް ނުލިބޭ ކަމަށެވެ. 

ވިޔަފާރިވެރިޔާ ބުނީ އެޑިއުކޭޝަން މިނިސްޓްރީ އިން ދޭންޖެހޭ ލާރި ނުދޭތާ ދެ އަހަރާއި ބައި ވަނީ ކަމަށާއި، މަތިވެރި ސަލާމަކުން މިނިސްޓަރަށް ސަލާމް ދެންނެވީމާ ސަލާމް ބަލައިގަންނަން މިނިސްޓަރަކަށް އެނގިވަޑައި ނުގަތް ކަމަށެވެ. އޭނާ ބުނީ ޖަވާބެއް ހޯދަން މިނިސްޓްރީއަށް ގުޅުނު އަދަދެއް ނޭނގޭ ކަމަށާއި، އެތަނުގައި ޖަވާބެއް ދޭނެ މީހަކު ނެތް ކަމަށެވެ. 

ދިވެހިރާއްޖޭގެ އާބާދީގެ 40 އިންސައްތަ، ސިޔާސީ މީހުންނާއެކު ދައުލަތުގެ ވަޒިފާގައި. އެކަމަކު ޖަވާބެއް ދޭނެ މީހަކު ނެތް. މިނިސްޓަރަކަށް ސަލާމް ބަލައިގަންނަން ނޭނގުނު. މިއީ އަޅުގަނޑުމެންޖެ ޖީލެއް ބިނާކުރަން ހުރި އެޑިއުކޭޝަން މިނިސްޓަރު ގެ ހާލަތު. ސުވާލު އުފެދެންޖެހޭ މިކަމުގައި. މިނިސްޓަރު ފޯނުގައި ފެންނަން ހުންނާނެ އަޅުގަނޑު ފޮނުވި މެސެޖްތައް. މަނިކުފާނު އިހައްދުވަހަކު ދަތުރުވަރެއްގައި ދިޔައީ ރ އަތޮޅު ވާދޫ ކިޔާ ރަަށަކަށް. އެރަށު ކައުންސިލުން އެދުނީ އެމީހުންނަށް އަޅައިދޭން، އެންވަޔަރަމަންޓް މިނިސްޓްރީ މެދުވެރިކޮށް ވޭސްޓް މެނޭޖްމަންޓު ސެންޓަރެއް. އިއުލާނު ކުރީމާ އަޅުގަނޑު ކުރިމަތިލީމަ ލިބިއްޖި އަޅުގަނޑަށް. ލިބިގެން އެގްރީމެންޓާ ހަމައަށް ދިޔަ އިރު ކަމަކުދާކަށް ނެތް. ކައުންސިލަކު ނެތް ލާރިއެއް. އެންވަޔަރަމަންޓާއި ބެހޭ ކަމެއް ނޫން. ފިނޭންސް މިނިސްޓްރީ ހިސާރުކޮށްފައި ހުރީ ޝާހިދު ކިޔާ މީހެއް. އޭނާ ބުނީ ނުދޭނަމޭ ލާރިއެއް. 
ވިޔަފާރި ވެރިއެއް

ވިޔަފާރިވެރިޔާ ބުނީ ވޭސްޓް މެނޭޖްމަންޓު ސެންޓަރުގެ މަސައްކަތް ކުރަން އެންވަޔަރަމަންޓް މިނިސްޓްރީން ފިނޭންސް މިނިސްޓްރީގައި އެެދުމުން ލާރިދޭން ޖެހޭ ކަމަށާއި، ނަމަވެސް އެދިގެން ވެސް ފިނޭންސް މިނިސްޓްރީ އިން ލާރި އެއް ނުދިން ކަމަށެވެ. އަދި މިދިޔަ ނޮވެމްބަރު މަހުގައި ފޮނުވި ބިލު ގެއްލިއްޖެ ކަމަށާއި، ހޯދާހޯދާ ވެސް ނުފެނުނު ކަމަށެވެ. އެ ބިލެއް މިނިސްޓަރަކަށް ވެސް ނުފެނުނު ކަމަށާއި، އިހައް ދުވަހަކު ބޮޑު މުޒާހަރާ އެއް ިކޮށްގެން ބެލި އިރު ބިލުގައި އޮތީ ހިރަފުސް ޖަހާފައި ކަމަށް ވިޔަފާރިވެރިޔާ ބުންޏެވެ. 

ދޯންޏެއްގައި މަޑުޖަހާހެން އޭގައި އޮތީ މަޑު ޖަހާފައި. 3 ދުވަސް ވެއްޖެ ހިރަފުސް ސާފުކުރާތާ. އަދިވެސް އެ ނުދޭ ފިނޭންސް އަކަށް. އަޅުގަނޑު 4 މަސް ދުވަހަށް ނަގާފައި އިން ޕްރޮޖެކްޓެއް، މަސައްކަތް ފަށައިގެން 2 މަސް ދުވަސް މިދިޔައީ. އަދި ފިނޭންސަކަށް ނުވަދޭ. ފިނޭންސް ގައި އަދި 4 މަސް ވާނެ. ފިނޭންސްގައި އެމީހުން އަމިއްލައަށް ހަދާފައި އޮންނަ ގަވާއިދު ވެސް ފޮލޯއެއް ނުކުރޭ. 14 ދުވަހުގެ ތެރޭގައި ލާރިދޭން އޮންނަނީ އެއްބަސްވެފައި. އެކަމަކު އެ 14 ދުވަސް ގުނާ ކަލަންޑަރެއް ނޭނގޭ އަޅުގަނޑަކަށް. އަޅުގަނޑުމެން މިތިބެ ހަނާވަނީ. އަޅުގަނޑުމެން ޓެކްސް ދައްކަންޖެހޭ. ޖީއެސްޓީ ދައްކަންޖެހޭ. ގެންގޮސް ކޮމްޕިއުޓަރު ހުޅުވާލާ އިރު މި އިންނަނީ ކޯޓާފީ، ވިސާ، އޮބިނޯވޭ. މުސާރަ ދޭންޖެހޭ، ސަރުކާރުން ލާރިއެއް ނުލިބޭ. މި ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގައި 2 އަހަރު ބައިވީ 13 ލައްކަ ރުފިޔާ ހުންނަތާ. 
ވިޔަފާރި ވެރިއެއް

ވިޔަފާރިވެރިޔާ ބުނީ ކުދި ވިޔަފާރި ކުރިއަރުވަން އަދި ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރުވަން އަންނަ ކޮންމެ ބަޔަކު ބުނަނީ އެވެނި ކަމެއް މިވެނި ކަމެއް ކުރާނެ ވާހަކަ ކަމަށާއި، ނަމަވެސް އެއިން އެއްވެސް ކަމެއް ނުވާ ކަމަށެވެ. ވިޔަފާރިޔާ ބުނީ ބިޑެއް ކާމިޔާބު ކުރަން ބެލިޔަސް އެ ލިބެނީ ބޮޑެތި ކުންފުނިތަކަށް ކަމަށާއި، މިލިއަނުން ބޮޑެތި ކުންފުނިތަކަށް ފައިސާ ދޭއިރު ކުދި ވިޔަފާރިވެރިންނަށް 15 ދުވަހުގެ ތެރޭގައި ވެސް ފައިސާ ނުލިބޭ ކަމަށެވެ. 

ރައީސް މުއިއްޒުވިޔަފާރިވެރިންފިނޭންސް މިނިސްޓްރީއެންވަޔަރަމަންޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
"ފަލާހު އަށް ދަންނަވާލަން މާލޭ މީހުންގެ ގޯތި ގެދޮރާ ނުބެހެން"

"ފަލާހު އަށް ދަންނަވާލަން މާލޭ މީހުންގެ ގޯތި ގެދޮރާ ނުބެހެން"

17 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!

ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!

16 ޑިސެމްބަރު 2025
ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ  ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ

ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ

16 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު