Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓަރ ޝިޔާމް

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މެންބަރު މައުރޫފް އާއި އިތުރު މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހުކުރު ދުވަހު ހާޒިރު ކޮށްފައިވާތީ މަސްވެރިންނާއި އެމްޑީޕީ ޕީޖީ ގުރޫޕް އިން އެސަރަހައްދުގައި އިހުތިޖާޖު ކޮށްފައިވެ އެވެ. މަސްވެރިން ވަނީ މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ ދެއްވުމަށް ގޮވާލައި، މަސްވެރިންގެ ހައްގު ނުލިބި އުޅޭ ކަމަށް ބުނެފައެވެ. މަސްވެރިން ބުނީ އެމީހުންގެ ޑިމާންޑުތަކަށް އިޖާބަ ނުދޭހާ ހިނދަކު މި އިހުތިޖާޖުތައް ނުހުއްޓާނެ ކަމަށާއި ހައްޔަރުކޮށްފައިވާ މީހުން ވަގުތުން ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށެވެ

އަލީ ޝާހީން
އަލީ ޝާހީން | 12 ޑިސެމްބަރު 2025 | ހުކުރު 14:15
މަސްވެރިކަމާއި ބެހޭ ވަޒީރު މަސްވެރިންނާއި ބައްދަލުކުރުން - ސަރުކާރުންވި ވައުދުތައް ނުފުއްދޭނެކަމަށް ވިދާޅުވި

މަސްވެރިކަމާއި ބެހޭ ވަޒީރު މަސްވެރިންނާއި ބައްދަލުކުރުން - ސަރުކާރުންވި ވައުދުތައް ނުފުއްދޭނެކަމަށް ވިދާޅުވި

މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް އިސްތިއުފާ އަށް މަސްވެރިން ގޮވައިލައިފި އެވެ. 

ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް އާއި އިތުރު މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހުކުރު ދުވަހުގެ މެންދުރު ވަނީ ހާޒިރު ކޮށްފަ އެވެ. އެކަމާއި ގުޅިގެން މަސްވެރިންނާއި އެމްޑީޕީގެ ޕީޖީ ގުރޫޕް އިން ވަނީ އެސަރަހައްދުގައި އެމީހުން މިނިވަން ކުރުމަށް ގޮވާލައި އިހުތިޖާޖު ކޮށްފަ އެވެ. 

Advertisement - newsAdvertisement

މަސްވެރިން ކުރާ އިހުތިޖާޖުގެ ތެރެއިން މަސްވެރިން ވަނީ މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް އަކީ ފިނޑި ބޭފުޅެއްކަމަށް ބުނެ އިސްތިއުފާ އަށް ވެސް ގޮވާލައިފަ އެވެ. 

މިނިސްޓަރު ޝިޔާމް އަށް މި އަންގާލަނީ އަޅުގަނޑުމެންނަކީ ދިވެހި މަސްވެރިންނޭ އިރުއިރުކޮޅަ ކަލޭމެން ނޫސްބަޔާން ނެރެފައި 900 މިލިއަނޭ ބުނާއިރު ކަލޭމެން ލަދު ގަނޭހޭ. އަހަރެމެންގެ ހައްގު އަހަރެމެންނަށް ނުލިބި އަހަރެމެން މީ މަސްވެރިންނޭ. އެހެންވީމަ ކަލޭ އަށް ވަގުތުކޮޅެއް ނުދެވުނޭ ކަލޭ ތިއޮތީއެ . އަހަރެމެން ހަނދާން އެބަހުއްޓޭ ފޮނަދޫއަށް ގޮއްސަ ފުލައިޓް ޗާޓަރ ކޮށްގެން ކޫއްޑޫ އަށް ދިޔަ ހަނދާން އަހަރެމެން ހަނދާން އެބަހުއްޓޭ. އަހަރެމެންވެސް މީ ދިވެހި ރައްޔިތުން. ދާންވީހެ ބުނެބަލާށެ ގުޅާފަ ރ އަތޮޅު ދުވާފަރަށް ދާން . އަޅުގަނޑުމެން މިތިބީ ނައްޓާލަން ތައްޔާރަށް . އޭނާ ބުނޭ މިހާރުވެސް ހަމަ ބުނާއިރަށް ނައްޓާލާނަން . ހުރިހާ ދޯންޏެއް މިވަގުތުން ވަގުތައް ނައްޓާލާނަން . އޭނާ އަށް ވަގުތެއް ނެތިއްޔާ އަހަރެމެން މިތިބީ ދާގޮތައް ... 
މަސްވެރިންގެ އިހުތިޖާޖުގައި ޝުއޫރު ފާޅުކުރި އޮޑިވެރިއެއް 

މީގެ އިތުރުން އިހުތިޖާޖުގެ ތެރެއިން ޝުއޫޜު ފާޅުކުރި ކެޔޮޅަކު ބުނީ، މަސްވެރިންގެ ޑިމާންޑް ތަކަށް އިޖާބަ ނުދޭހާ ހިނދަކު މި އިހުތިޖާޖު ތައް ނުހުއްޓާނެ ކަމަށާއި އަދި ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކުރި މީހުން ވަގުތުުން ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށެވެ. އޭނާ ބުނީ މި އިހުތިޖާޖުތައް 3 މަސްވެގެން ދިޔަސް ނުުހުއްޓާނެ ކަމަށާއި ހައްޔަރުގައި ތިބި ތިން މީހުންގެ ހައްގުގައި ކިތަންމެ ދުވަހަކު އިހުތިޖާޖު ކުރަން ޖެހުނަސް ނުހުއްޓާނެ ކަމަށެވެ. 

މި މުޒާހަރާގެ ބައިވެރިން މާލެ ބޭރުގައި މުޒާހަރާ ކުރަން ފެށުމުން، ބުރާސްފަތި ދުވަހު ފުލުހުން ވަނީ އެ މުޒާހަރާތަކުގައި ބިދޭސީން ބައިވެރިވަމުން އަންނަ ކަމަށް ބުނެ އޮޑިތަކަށް އަރައި، މީހުން ހައްޔަރުކޮށް، ތިން އޮޑި  އެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޑިމާންޑުތަކަކީ، ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.

މިނިސްޓަރ ޝިޔާމްމަސްވެރިކަންމައުރޫފްކެންދޫ ދާއިރާކްރިމިނަލް ކޯޓްކަންނެލި މަސްވެރިކަން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

12 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
12 ޑިސެމްބަރު 2025

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ
11 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު