Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަމްއާން

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025 | ހުކުރު 08:47

ބިދޭސީ އަކު ދޫކޮށްލުމަށް ފަހު އެ މީހާގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލައި ދޫކޮށްލި ކަމަށް ތުހުމަތުކޮށް މާޗް މަހު ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު މަގާމުން ވަކިކޮށް ހައްޔަރު ކޮށްފައި ވާއިރު، ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ނިންމީ ބަންދުން މިވަގުތު ދޫނުކުރެވޭނެ ކަމަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ޑިސެމްބަރު 2025 | ހުކުރު 08:47
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތުގެ މަޖިލީހުގައި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތުގެ މަޖިލީހުގައި

ކުރީ ގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުން ދޫ ނުކުރުމަށް ނިންމައިފި އެވެ.

ޝަމްއާން ބަންދުކޮށްފައިވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ އެއް ގެ މައްސަލާގައި އިމިގްރޭޝަންގެ މުވައްޒަފުންތަކާ ބައިވެރިވެގެން، ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ އަތުލުމަށް ފަހު އެ މީހާ އިމިގްރޭޝަން ގެ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލާގަ އެވެ. މި މައްސަލާގައި ޝަމްއާން ގެ މައްޗަށް ދައުލަތުން ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. އޭނާ މި މައްސަލައިގައި ފުރަތަމަ ހައްޔަރު ކުރި ފަހުން މިހާތަނަށް ވެސް އޭނާ ހުރީ ބަންދުގަ އެވެ.

Advertisement - newsAdvertisement

ޝަމްއާން ގެ ފަރާތުން އޭނާ ގެ ބަންދު މުރާޖައާ ކޮށްދިނުމަށް ވަނީ އެދިފަ އެވެ. އެހެންނަމަވެސް ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ކޯޓުން ނިންމާފައި ވަނީ މިވަގުތު ޝައްމާން ބަންދުން ދޫކުރެވެން ނެތް ކަމަށެވެ. ހަމައެއާއި އެކު ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމުން ޝަމްއާން ދޫކޮށްލުމަށް އިއުތިރާޒެއް ނެތް ކަމަށް ދައުލަތުން ވަނީ ހާމަކޮށްފަ އެވެ.

އެ މައްސަލާގައި ޝަމްއާންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާ ކުރާއިރު، އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އަދި މީގެ ކުރިން ބައެއް ހެކިންގެ ހެކިބަސް ވަނީ ނަގައިފަ އެވެ.

އެ މައްސަލާގައި ޝަމްއާންގެ އިިތުރުން އިތުރު ބަޔަކަށް ވެސް ދައުވާކުރި އެވެ. އޭގެ ތެރެއިން އިމިގްރޭޝަން ގެ އެއް މުވައްޒަފަކަށް ކުރި ދައުވާ އަށް އޭނާ އިއުތިރާފުވެ، ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން އެ މުވައްޒަފުގެ މައްސަލަ ކުރިން ވަނީ ނިންމައިފަ އެވެ.

މުހައްމަދު ޝައްމާން ވަހީދުއިމިގްރޭޝަން ކޮންޓްރޯލަރކްރިމިނަލް ކޯޓްމަނީ ލޯންޑަރިންގރިޝްވަތުމަކަރާއި ހީލަތް ހެދުން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
17 ޑިސެމްބަރު 2025

އިމިގްރޭޝަންގެ މުވައްޒަފުން ލައްވައި މިނިސްޓަރ އިހްސާން ގާނޫނާ ހިލާފު ކަންކަން ކޮށްފައިވޭތޯ ސުވާލު ކުރަން ގާޒީ ފުރުސަތެއް ނުދިން

17 ޑިސެމްބަރު 2025
 އިމިގްރޭޝަންގެ މުވައްޒަފުން ލައްވައި މިނިސްޓަރ އިހްސާން ގާނޫނާ ހިލާފު ކަންކަން ކޮށްފައިވޭތޯ ސުވާލު ކުރަން ގާޒީ ފުރުސަތެއް ނުދިން
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި

16 ޑިސެމްބަރު 2025
ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް