Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސައްހަ ނޫން ޓީޓީ ފޮނުވި މައްސަލަ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ފޮނުވައިގެން 123،000 ޑޮލަރު ގެ މުދާ ހޯދި މައްސަލާގައި ހުސައިން ޝިފާއުގެ މައްޗަށް ކުރި 23 ދައުވާގެ ތެރެއިން މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވި އިރު މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާ ސާބިތުވެ އެވެ. ދައުލަތުން އެދުނީ ކޮންމެ ދައުވާއަކަށް 10 އަހަރުގެ ޖަލު ހުކުމާއި އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް އިއްވުމަށެވެ. ޝިފާއުއަށް މި ސަރުކާރުގައި ސިޔާސީ މަގާމެއް ދިނަސް ފަހުން ވަކިކޮށް އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައި ވީނަމަވެސް ކޯޓުން އެ އެއްބަސްވުން ބަލައިނުގަނެ އެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2025 | އަންގާރަ 14:22
ވަގު ޓީޓީ ފޮނުވައިގެން ވިޔަފާރިކުރި މައްސަލާގައި ޝިފާއުގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ވަގު ޓީޓީ ފޮނުވައިގެން ވިޔަފާރިކުރި މައްސަލާގައި ޝިފާއުގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނި ތަކެއްގެ އަތުން އޮޅުވާލައިގެން 123،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ ހޯދި މައްސަލާގައި ހުސައިން ޝިފާއުގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ އެވެ.

ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި 2023 ވަނަ އަހަރު ހައްޔަރުކުރި ޝިފާއުގެ މައްޗަށް 23 ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާ އަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާ އެކެވެ.

ކްރިމިނަލް ކޯޓުގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމެއްގައި ޝިފާއުގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެފައި ވާއިރު އޭގެ ތެރެއިން މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާ އެއްވެސް ޝިފާއުގެ މައްޗަށް ވަނީ ސާބިތު ވެފަ އެވެ.

އަދި އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ އެ މައްސަލާގައި ޝިފާއުގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ހަތް ދައުވާ ވެސް ސާބިތުވާ ކަމަށެވެ. އަދި އެ މައްސަލާގައި ޝިފާއު ލޯންޑާކުރި 123،000 ޑޮލަރު ދައުލަތަށް ނަގަން އެދުނަސް، ގާޒީ ވިދާޅުވީ އެ ފައިސާ ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެ ނުދެވޭތީ އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ދައުލަތުން އެދުނީ ކޮންމެ ދައުވާއެއްގައި އެއްލައްކަ ރުފިޔާގެ ޖޫރިމަނާއަކާ އެކު 10 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ނަމަވެސް މިހާރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ޝިފާއު އެދުނީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުން އެހެން ދުވަހަށް ފަސްކުރުމަށެވެ.

ޝިފާއުގެ މައްސަލަ ކޯޓުގައި އޮއްވާ އޭނާއަށް މި ސަރުކާރުގައި ސިޔާސީ މަގާމަކަށް ވެސް ވަނީ އައްޔަން ކޮށްފަ އެވެ. ނަމަވެސް ފަހުން ވަނީ އޭނާ އެ މަގާމުން ވަކިކޮށްފަ އެވެ. މި މައްސަލާގައި ފަހުން ޝިފާއުގެ އަދަބު ލުއިކުރަން ދައުލަތުން އޭނާއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހެދި އެވެ. ނަމަވެސް އެ އެއްބަސްވުން ބަލައިނުގަތުމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.

ހުސައިންގެ ޝިފާއުމަނީ ލޯންޑަރިންގކްރިމިނަލް ކޯޓްމަކަރާއި ހީލަތްޓެލެގްރެފިކް ޓްރާންސްފާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި

ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު