Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިނގިރޭޓް ވައްކަން

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުރި ކޮންޓެއިނަރެއްގައި ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 11 މީހެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ދައުވާކޮށްފައިވޭ. އެޕްރީލް 26 ގައި ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ސިނގިރޭޓް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔައިރު ފުލުހުން މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ ޑިސެންބަރު 3 ގައި. ދައުވާ ކުރާ މީހުންގެ މައްޗަށް ވައްކަންކުރުމާއި ވައްކަންކުރުމަށް ރޭވުމާއި ވައްކަންކުރުމުގައި ބައިވެރިވުމުގެ ދައުވާތައް ކޮށްފައިވޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2025 | އަންގާރަ 03:32
ސިނގިރެޓު ވައްކަމުގެ މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުން

ސިނގިރެޓު ވައްކަމުގެ މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުން

ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުރި ކޮންޓެއިނަރެއް ގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ބުނީ މި އަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ސިނގިރޭޓް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ މި މައްސަލައިގައި ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހު އެވެ. މައްސަލާގައި ލިބިފައިވާ ހެކި ޤަރީނާއަށް ރިޢާޔަތްކޮށް ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ދައުވާތައް ހުށަހަޅާފައިވެ އެވެ.

ދައުވާކުރި މީހުންގެ ތެރޭގައި ބ. އޭދަފުށީ، ދިގަލީގެ މުޙައްމަދު ވަޙީދާއި މއ. އެވަރގްލޯރީގެ އަޙްމަދު ޢާރިފާއި ހ. ނިއުހެޕިނަސްގެ މުޢާޛު ޢަލީ ހިމެނެ އެވެ. މި ތިން ބޭފުޅުންގެ މައްޗަށް ވައްކަންކުރުމަށް ރޭވުމާއި ވައްކަންކުރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވެއެވެ.

ހދ. ވައިކަރަދޫ، މެދުރީގެ ޒިވާރު އިސްމާޢީލާއި ހދ. ވައިކަރަދޫ، ނޫރަލީގެ އަޙްމަދު ޝަހީމާއި ހ. ރުމޭނިޔާގެ އަޙްމަދު ފިރުސާންގެ މައްޗަށް ވައްކަންކުރުމާއި ވައްކަންކުރުމަށް ރޭވުމުގެ ދައުވާ ކޮށްފައިވެއެވެ.

ސ. ހިތަދޫ، ޗާނދަނީގެ ޙުސައިން ސާމިޙާއި ނ. މިލަދޫ، ކެނެރީގެ އާދަމް ވަޙީދުގެ މައްޗަށް ވައްކަންކުރުމުގެ ދައުވާ ކޮށްފައިވެ އެވެ. އަދި ކ. ތުލުސްދޫ، ލިންކްގެ ޙަސަން ޢަބްދުއްރަޙްމާންގެ މައްޗަށް ވައްކަންކުރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވެ އެވެ.

ބަނގުލަދޭޝްގެ މުޙައްމަދު އަލަމިން މިއާގެ މައްޗަށް ވެސް ވައްކަންކުރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވެ އެވެ.

މި މައްސަލާގައި ތުހުމަތުކުރެވުނު ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފުގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާއެއް ކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާކަމަށް ނުފެންނާތީ އޭނާ ގެ ބައި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާލާފައިވާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.

ވައްކަންކުރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވާ މީހުން މި ކުށުގެ ޢަމަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާތީ އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވަނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.

މި ދައުވާތައް ސާބިތުވާ ޙާލަތުގައި ކުށުގެ ޢަމަލުގެ ޒާތާއި ބާވަތާއި ޙައްސާސް ކަމަށް ރިޢާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓުގައި އެދޭނެ ކަމަށް ބުނެފައިވެ އެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ ދަށުން އެހެން މީހެއްގެ މުދަލެއް ގެ މައްޗަށް ހުއްދަނޫން ގޮތެއް ގައި ބާރު ހިންގުމާއި އެ ޤާނޫނުގެ 82 ވަނަ މާއްދާގެ ދަށުން ވައްކަންކުރުމަށް ރޭވުމާއި 30 ވަނަ މާއްދާގެ ދަށުން ވައްކަންކުރުމުގައި ބައިވެރިވުމުގެ ދައުވާތައް މި މައްސަލާގައި ކޮށްފައިވެ އެވެ.

ހުޅުމާލެ އިންޓަނޭޝަނަލް ޕޯޓްސިނގިރޭޓް ވައްކަންޕްރޮސެކިއުޓަރ ޖެނެރަލްކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު