Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމީ ހޭންޑްބޯލް ޓީމު

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025 | ހޯމަ 14:23

މީޤާތު ގްރޫޕުން ދިވެހި ހޭންޑްބޯލް ޓީމަށް އުމްރާ އަދާކުރުމުގައި އެހީތެރިވެ، މައްކާ އަދި މަދީނާގެ ތާރީޚީ މަންޒިލްތައް ޒިޔާރަތްކޮށް އިސްލާމީ ތާރީޚާ ބެހޭ މައުލޫމާތު ފޯރުކޮށްދިން

ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2025 | ހޯމަ 14:23
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް ކުރި ދަތުރުގައި މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން ވަނީ ދީނީ އަދި އިސްލާމީ ތާރީޚާ ބެހޭ މައުލޫމާތު ދީފައި

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް ކުރި ދަތުރުގައި މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން ވަނީ ދީނީ އަދި އިސްލާމީ ތާރީޚާ ބެހޭ މައުލޫމާތު ދީފައި

ދިވެހި ގައުމީ ހޭންޑްބޯލް އަންހެން އަދި ފިރިހެން ޓީމު އުމްރާވުމަށް މީޤާތު ގްރޫޕުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ސައުދީ އަރަބިއާގެ ރިޔާޟު ގައި ބޭއްވި އިސްލާމިކް ސޮލިޑޭރިޓީ ގޭމްސް ގައި ބައިވެރިވުމަށް ފަހު، މި 2 ޓީމު ޖިއްދާ އަށް ދަތުރުކުރީ ނޮވެމްބަރ 22 ވަނަ ދުވަހުއެވެ. އެ ޓީމުތަކަށް މަރުހަބާ ކިޔުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުގެ އިސްވެރިން ވަނީ ޖިއްދާ އެއަރޕޯޓަށް ގޮސްފައެވެ.

ޓީމުތައް ތިބުމަށް ހާއްސަކޮށްފައިވާ ހޮޓަލުން ވެސް މީގާތު ގުރޫޕުން މަރުހަބާ ކިޔައި، އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް، ގުރޫޕުގެ އޮފިޝަލުން ވަނީ ޓީމުގެ މެމްބަރުންނަށް އެހީތެރިވެ ދީފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޓީމުގެ މެމްބަރުން ހިރާ މިއުޒިއަމް އަށާއި އަރަފާތު ބިން ސަރަހައްދަށް ޒިޔާރަތްކޮށް ގުރޫޕުން ވަނީ އިސްލާމީ ތާރީޚާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައި ވެއެވެ.

އަދި މަދީނާގެ ކަދުރު ބާޒާރަކަށް ޒިޔާރާތް ކުރުމުގެ އިތުރުން އެ ސިޓީގެ ތާރީޚީ އެކި ތަންތަން ދައްކާލައި، ތާރީޚީ މައުލޫމާތު ވެސް ވަނީ ދީފައެވެ. އެގޮތުން ޤުބާ މިސްކިތަށް ޒިޔާރަތްކުރިއެވެ. އަދި ޢުހުދުގެ މައިދާނަށް ޒިޔާރަތްކޮށް، އެ ހަނގުރާމަ ހިނގާދިޔަ ގޮތާއި، އެކަމުން ލިބިގަންނަންވީ އިބްރަތްތަކަށް އެ ގުރޫޕް ގެ ފަރާތުން ވަނީ ޓީމަށް މައުލޫމާތު ދީފަ އެވެ.

ހޭންޑްބޯލް ޓީމުން ވަނީ އިސްލާމީ ތާރީޚީ ތަންތަނަށް ޒިޔާރަތް ކޮށް މައުލޫމާތު ހޯދާފައި

ހޭންޑްބޯލް ޓީމުން ވަނީ އިސްލާމީ ތާރީޚީ ތަންތަނަށް ޒިޔާރަތް ކޮށް މައުލޫމާތު ހޯދާފައި

ކުޅުންތެރިންނާއި އޮފިޝަލުންނާއެކު ގާތްގަޑަކަށް 46 މީހުންގެ މި ދަތުރާއި ގުޅިގެން ދިވެހި ގައުމީ ހޭންޑްބޯލް ޓީމުގެ ފަރާތުން ބުނީ މިއީ ވަރަށް ފުރިހަމަ ދަތުރެއް ކަމަށާއި ދީނީގޮތުންނާއި މައްކާ އަދި މަދީނާ އާ ބެހޭގޮތުން ވެސް މިހާތަނަށް އެނގިފައިނުވާ އެތައް މައުލޫމާތުތަކެއް ލިބުނު ކަމަށެވެ.

"އަސްލު މިއީ ވަރަށް ފުރިހަމަ ދަތުރެއް. އެންމެ ދެ ދުވަހުން ނޭނގޭނެ އެތައް މައުލޫމާތުތަކެއް ލިބިއްޖެ. ދީނީ ގޮތުން ވެސް. މައްކާ އަދި މަދީނާ އާ ގުޅޭ ގޮތުން ވެސް. މީޤާތު ގްރޫޕުން މިކަން އިންތިޒާމު ކޮށްދީފައި ވަނީ ވަރަށް ރަނގަޅަށް. ވަރަށް ބިޒީކޮށް ޝެޑިއުލް އޮތީ. އެކަމަކު ވެސް އެއްވެސް ކަމަކަށް ދަތިވިޔަ ނުދީ ފުރިހަމަކޮށްދިނީ. އެކަމަށްޓަކައި ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އަދި ވަރަށްބޮޑަށް ޝުކުރިއްޔާ." ގައުމީ ހޭންޑްބޯލް ޓީމުގެ ކުޅުންތެރިން ބުންޏެވެ.

މި ދަތުރާ ގުޅިގެން މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާޒިމް ވިދާޅުވީ، އެ ގްރޫޕޫގެ ފަރާތުން ބެލީ އެކުދިންގެ ޝެޑިއުލް އާ އެއްގޮތަށް ކަންކަން ކޮށްދެވޭތޯ ކަމަށެވެ. އަދި އެއްވެސް ވަރަކަށް ފުށުއެރުމެއް ނައިސް، އެކުދިން ބޭނުންވި ކަންކަން ﷲގެ ރަޙުމަތްފުޅުން ކޮށްދެވުމުން އުފާކުރާ ކަމަށެވެ.

ދިވެހި ގައުމީ ހޭންޑްބޯލް އަންހެން އަދި ފިރިހެން ޓީމު މާލެ ދިއުމަށް މިހާރު ވަނީ ދަތުރުފަށާފައެވެ. އެ ޓީމު މާލެ އަންނާނީ އަންގާރަ ދުވަހު އެވެ.

މީޤާތު ހައްޖު އެންޑް ޢުމްރާ ގްރޫޕް ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީ ގައި ރަޖިސްޓަރީކޮށްފައި ވަނީ 6 ޖުލައި 2023 ގައެވެ. މި ގްރޫޕުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އެކި މަސްތަކަށް ބަހާލައިގެން އުމްރާ އަށް މީހުން ގެންދަމުންނެވެ.

ގައުމީ ހޭންޑްބޯލް ޓީމުމީޤާތު ގްރޫޕުޢުމްރާއިސްލާމިކް ސޮލިޑާރިޓީ ގޭމްސް

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި
07 ނޮވެމްބަރު 2025

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ރަފާ އާއި އިމްއާން

07 ނޮވެމްބަރު 2025
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ރަފާ އާއި އިމްއާން
03 ނޮވެމްބަރު 2025

އުމުރާ ވިސާ ދޫކުރާތާ 30 ދުވަސް ތެރޭގައި ސައުދީ އަށް އެތެރެ ނުވެއްޖެ ނަމަ ވިސާ ބާތިލު ވާނެ

03 ނޮވެމްބަރު 2025
އުމުރާ ވިސާ ދޫކުރާތާ 30 ދުވަސް ތެރޭގައި ސައުދީ އަށް އެތެރެ ނުވެއްޖެ ނަމަ ވިސާ ބާތިލު ވާނެ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
26 އޮކްޓޯބަރު 2025

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
06 އޮކްޓޯބަރު 2025

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅެން ޤައުމީ ޓީމު ފުރައިފި

06 އޮކްޓޯބަރު 2025
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅެން ޤައުމީ ޓީމު ފުރައިފި
04 އޮކްޓޯބަރު 2025

ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

04 އޮކްޓޯބަރު 2025
ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް