Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިވަލަޕްމަންޓް ބޭންކް

ތަރައްގީގެ މަސައްކަތަށް ލޯނު ދޫކުރާ ޑިވަލަޕްމަންޓް ބޭންކުން 2 އަހަރުވީ އިރު ވެސް ކުރަނީ ބެކް އޮފީހުގެ މަސައްކަތް

ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ޑިވެލޮޕްމަންޓް ބޭންކުން 2 އަހަރުވީއިރު އަދިވެސް ހިދުމަތް ނުދެވޭއިރު ބެކް އޮފީހުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވޭ. އެތަނަށް 10 މެނޭޖަރުން ހިމެނޭ ގޮތަށް 13 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފައިވާއިރު މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ބޭންކަށް 11.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 10:30
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސައީދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނައި އުފައްދަވާނެ ކަމަށް ވައުދުފުޅުވި ޑިވަލަޕްމަންޓް ބޭންކުން 2 އަހަރުވީ އިރު ވެސް ކުރަނީ ބެކް އޮފީހުގެ މަސައްކަތް ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

އިކޮނަމިކް މިނިސްޓްރީ އިން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީ އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޑިވަލަޕްމަންޓް ބޭންކަށް މުވައްޒަފުން ބޭނުންވާނެ ކަމަށެވެ. ނުހިނގާތަނަކަށް މުވައްޒަފުން ނުނަގާނެ ކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ވިދާޅުވީ އެކަން ކުރަން ބޭނުންވާ ނުވާނަމަ މުވައްޒަފުން ނުނަގާނެ ކަމަށާއި، އެކަން ކުރަނީ ސަރުކާރުން ޒިންމާދާރު ކަމާއެކު އެކަން ކުރަން ބޭނުންވާތީ ކަމަށެވެ. 

Advertisement - newsAdvertisement
ޑިބީއެމްއަށް 10 މުވައްޒަފުން ނަގަން އިއުލާނު ކުރީ. އާދެ މުވައްޒަފުން އިތުރަށް ބޭނުންވާނެ. ބައްލަވާ މުވައްޒަފުން ނުނަގާނެ ދެއްތޯ ނުހިނގާ ތަނަކަށް. ކުރިއަށް ގެންދަން ބޭނުން ނުވާ ތަނަކަށް މުވައްޒަފުން ނަގަން އިއުލާނު ކުރާ އިރު ރަނގަޅަށް އަޅުގަނޑުމެންނަށް ވެސް އެނގޭ އެ ސުވާލު އަންނާނެ ކަން. މާދަމާ ވެސް ބުނެފާނެ ޑީބީއެމް އަށް 10 މުވައްޒަފުން ނަގަން އިއުލާނު ކޮށްފިއޭ ބޮޑު މުސާރައިގައި. އެކަން ކުރާނީ ސަރުކާރުން ޒިންމާދާރުކަމާ އެކު ކުރަން ބޭނުންވާތީ. އެއަށް ހިނގާ ހަރަދެއް ހިނގާނެ. ހުރިހާ ހަރަދެއް ކުރާނެ. އެކަން ކޮށްގެން ވިޔަފާރިތަކަށް ރަނގަޅު ގޮތެއް ހެދޭނީ. އަބަދު އެއްގޮތަކަށް ކަންކަން ކުރަންތިބީމާ ލިބޭ ނަތީޖާއަށްވުރެ އައު ކަންތައްތަކެއް ކޮށްގެން ރަނގަޅު ނަތީޖާއެއް ލިބޭކަމެއް ނޫންތޯ ބަންކަރިން އިން ވެސް ފެނުނީ. 
އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު

ރާއްޖެޓީވީ އިން މިނިސްޓަރު ސައީދާއި ސުވާލު ކުރެއްވީ މި ސަރުކާރުން އެކި ގޮތަށް އެކި ފަހަރު ބޭންކާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި މި ސަރުކާރަށް 3 ވަނަ އަހަރު ގުނަމުންދާ އިރު އަދިވެސް ހިދުމަތެއް ނުދެވޭ ކަމަށާއި، ބައިވަރު ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި އިހައްދުވަހަކު 10 މެނޭޖަރުން ހިމެނޭ ގޮތަށް 13 މުވައްޒަފުން ނަގަން އިއުލާނުކޮށްފައިވާ ކަމަށާއި، ޑިވަލަޕްމަންޓް ބޭންކުން ރަސްމީކޮށް ހިދުމަތް ދޭނީ ކޮން އިރަކުންތޯ އެވެ. އަދި ހިދުމަތް ފެށިގެންދާނީ ވެސް ކޮން އިރަކުންތޯ ސުވާލު ކުރެވުނެވެ. 

ނަމަވެސް މިނިސްޓަރު ސައީދު ވަނީ ބޭންކުގެ ވާހަކަތަކުގެ ތެރެއިން ގޮސް ބަންކަރިންގެ ވާހަކަ ދައްކަވާ މައުޟޫއިން ބޭރުވެ ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތަކުގެ ވާހަކަ ވެސް ދައްކަވާފަ އެވެ. ނަމަވެސް ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. 

އަނެއްކާވެސް ދެވަނަ ފަހަރަށް ސުވާލުތައް ތަކުރާރު ކުރުމުން މިނިސްޓަރު ވިދާޅުވީ ޑިވަލަޕްމަންޓް ބޭންކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އެމަނިކުފާނު ކުރިއަށް ގެންދަވާނެކަމަށް ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. އަދި މިއީ އަލަށް ކުރާ ކަމެއް ކަމަށާއި، އެހެންކަމުން ގޮންޖެހުންތައް ހުންނާނެ ކަމަށެވެ. 

ޑީބީއެމްގެ މަސައްކަތް އެބަދޭ ކުރިއަށް. އެހެންވެގެން މުވައްޒަފުން ވެސް ނަގަން އިއުލާނު ކުރީ ވެސް. ދެން ތި ވިދާޅުވީ 2 އަހަރުވި އިރު ވެސް ހިދުމަތް ނުފެށޭ. ކުރީ ޕްރެސް ކޮންފަރެންސްގައި ވެސް އަޅުގަނޑު ދެންނެވިން ހިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރެވެޔޭ. މިތާގަ ބެކް އޮފީސްގެ މަސައްކަތްތައް އެބަދޭ. ބޭންކެއް ވުޖޭދެއް ގެނައުމަކީ، އާދައިގެ ބޭންކެއް ގެނައުމާއި ޑިވަލަޕްމަންޓް ބޭންޖެއް ގެނައުމާއި ވެސް ހުންނާނެ ތަފާތުތަކެއް. އެހެންވީމަ އެގޮތުން ކުރަންޖެހޭ ކަންތައްތަކެއް އެބަކުރެވޭ. 
އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ގެ އެއްވެސް އޮޕަރޭޝަނެއް ނުފަށައި ހިދުމަތް ނުދިން ނަމަވެސް އެ ބޭންކް އަށް 10 މެނޭޖަރުން ހިމެނޭ ގޮތަށް، 13 މަގާމަކަށް މުވައްޒަފުން ހޯދަން ވަނީ އިއުލާނު ކޮށްފަ އެވެ.  ޑިވެލޮޕްމަންޓް ބޭންކް އިން ގެޒެޓުގައި ކުރި އިއުލާނެއް ގައި ވާގޮތުން، ޑީބީއެމަށް 10 މެނޭޖަރަކާއި ފްރަންޓް އޮފީސް ދެ އެގްޒެކެޓިވަކާއި މާކެޓިން އެގްޒެކެޓިވެއް ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ. އެ މަގާމުތަކަށް އެދި ހުށަހަޅަން ޖެހޭނީ އަންނަ ހޯމަ ދުވަހުގެ ހަވީރު ފަހެއް ޖެހުމުގެ ކުރިންނެވެ.

މީގެ އިތުރުން އެތެރޭގެ އޮޑިޓް މެނޭޖަރަކާއި ލީގަލް މެނޭޖަރަކާއި ކްރެޑިޓް އެންޑް ރިސްކް މެނޭޖަރަކާއި އެޗްއާރާއި އިދާރީ މެނޭޖަރަކާއި އައިޓީ މެނޭޖަރެއްގެ އިތުރުން ދެ ކޮމްޕަލަޔަންސް މެނޭޖަރަކާއި ތިން ފައިނޭންސް މެނޭޖަރަކު ވެސް ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ. އެގޮތުން މެނޭޖަރު ފެންވަރުގެ މަގާމުތަކުގެ މުސާރަ އުޅެނީ 35،000 ރުފިޔާއާއި 45،000 ރުފިޔާ އާ ދެމެދެވެ. އަދި އެގްޒެކެޓިވް ފެންވަރުގެ މަގާމުތަކުގެ މުސާރަ އުޅެނީ 20،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް އުފައްދާފައިވަނީ 16 މެއި 2024 ގައެވެ. މި ބޭންކް އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ޑިވެލޮޕްމަންޓް ބޭންކަށް އެމްއެމްއޭ އިން ލައިސަންސް ދީފައިވަނީ 13 އޮކްޓޯބަރު 2024 ވީ އާދިއްތަ ދުވަހު އެވެ. އެ ބޭންކު ހިންގަން ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވި ނަމަވެސް، އަދިވެސް އެ ބޭންކުގެ ޚިދުމަތް ފެށޭނެ ތާރީޚެއް ނޭނގެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދި މައުލޫމާތު ތަކަށް ބަލާއިރު ބޭންކު އުފެއްދި ތާރީހުން ފެށިގެން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެތަނަށް 11،998،267 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓަރ މުޙައްމަދު ސަޢީދުއިކޮނޮމިކް މިނިސްޓްރީޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ މަކަރުވެރިކަން ރައްޔިތުންނަށް މިހާރު ސާފުވެ އެނގެން ޖެހޭ: މެމްބަރު މައުރޫފް

ރައީސް މުއިއްޒުގެ މަކަރުވެރިކަން ރައްޔިތުންނަށް މިހާރު ސާފުވެ އެނގެން ޖެހޭ: މެމްބަރު މައުރޫފް

25 ޑިސެމްބަރު 2025
ރައީސް ހިޔާލުދެއްވީ ސީޕްލޭން ގައި ފުރޮޅު ހަރުކޮށް ރަށްރަށު ގައި ޖެއްސޭ ގޮތަށް ހެދުން

ރައީސް ހިޔާލުދެއްވީ ސީޕްލޭން ގައި ފުރޮޅު ހަރުކޮށް ރަށްރަށު ގައި ޖެއްސޭ ގޮތަށް ހެދުން

23 ޑިސެމްބަރު 2025
ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން ކުރީގެ އިމާރާތަކާއި ބޭރު ފާރު މަރުތޭލަކުން ތަޅާތާ 4 މަސް

ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން ކުރީގެ އިމާރާތަކާއި ބޭރު ފާރު މަރުތޭލަކުން ތަޅާތާ 4 މަސް

23 ޑިސެމްބަރު 2025
"ތިކަންކަމާއި ސީރިއަސްކޮށް އެޓެންޑް ވާނަން"

"ތިކަންކަމާއި ސީރިއަސްކޮށް އެޓެންޑް ވާނަން"

23 ޑިސެމްބަރު 2025
ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހަޅާ ކަންކަން ހައްލު ނުވެ އެންމެ ފަހުން ޑްރައިވާރސް އެސޯސިއޭޝަނުން ރައީސް މުއިއްޒު އާ ބައްދަލު ކޮށްފި

ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހަޅާ ކަންކަން ހައްލު ނުވެ އެންމެ ފަހުން ޑްރައިވާރސް އެސޯސިއޭޝަނުން ރައީސް މުއިއްޒު އާ ބައްދަލު ކޮށްފި

23 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު