Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓެކްސީ ޑްރައިވަރުންގެ ޖަމްއިއްޔާ

ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހަޅާ ކަންކަން ހައްލު ނުވެ އެންމެ ފަހުން ޑްރައިވާރސް އެސޯސިއޭޝަނުން ރައީސް މުއިއްޒު އާ ބައްދަލު ކޮށްފި

ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ރައީސް މުއިއްޒު އާ އެކު ބޭއްވި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ސިޓީތަކަށް ޖަވާބު ނުދިނުމާއި، ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކުކުރުމުގެ އިންތިޒާމާއި، ޑްރައިވަރުންގެ ދަފްތަރު ބަންދުކުރުމުގެ މައްސަލަތައް ހިއްސާކުރިއެވެ. ރައީސް މުއިއްޒު ވިދާޅުވީ އެސޯސިއޭޝަނުން ހުށަހެޅި ކަންތައްތައް ހައްލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާ މަޝްވަރާކުރައްވައި، މިހާރުން މިހާރަށް ހައްލުކުރެވިދާނެ ކަންކަން ބައްލަވާނެ ކަމަށް.

ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 12:13
ރައީސް މުހައްމަދު މުއިއްޒު، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާ ބައްދަލުކުރެއްވުން - 23 ޑިސެމްބަރު 2025

ރައީސް މުހައްމަދު މުއިއްޒު، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާ ބައްދަލުކުރެއްވުން - 23 ޑިސެމްބަރު 2025

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަން އާ އެކު ބޭއްވި ބައްދަލުވުމުގައި ޑްރައިވަރުންގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފި އެވެ.

އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެސޯސިއޭޝަުން ފާހަގަ ކުރި ގޮތުގައި ރައީސް މުއިއްޒު އާ ބައްދަލު ކުރަން ޖެހުނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހަޅާ ކަންކަމުގައި ސިޓީ ތަކަށް ޖަވާބު ނުދިނުމާއި، ކަންކަން ހައްލު ނުވާތީ ކަމަށް ފާހަގަ ކުރިއެވެ.

Advertisement - newsAdvertisement

ޓެކްސީގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ޙައްލު ކުރެވޭނެ ގޮތްތަކާއި، މި ޚިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

މި ބައްދަލުވުމުގައި އެސޯސިއޭޝަނުން ހުށަހެޅި ބައެއް ކަންކަމުގެ ތެރޭގައި ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކު ކުރުން ކުރީއްސުރެ ހިނގަމުން އައި ގޮތަށްވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސެމަށް ކުރެވިދާނެ ކަންކަމާއި، މާލޭގެ ޓްރެފިކް މައްސަލަތައް މަދުކުރުމަށް މިހާރުން މިހާރަށް ގެންނަން ފެންނަ ބަދަލުތައް ހިމެނެއެވެ. މީގެ އިތުރުން ސަރުކާރުން ފަށާ ޓެކްސީ ލައިނާ ގުޅޭގޮތުނޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުގެ ކަންބޮޑުވުން ރައީސްއާ ހިއްސާކުރިއެވެ. އަދި، ޓެކްސީ ޑްރައިވަރުންގެ ދަފްތަރު ބަންދުކޮށްފައި އޮންނާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާހަގަ ކުރިއެވެ.

މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޓެކްސީ ޑްރައިވަރުންގެ ކަންކަން ރަނގަޅުކުރެއްވުމަށްޓަކައި ޑްރައިވަރުންގެ ދަފްތަރުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތައް ޝާމިލްވާގޮތަށް، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ފާހަގަކުރެއްވި ކަންތައްތައް ޙައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ފަށާ ޓެކްސީ ފްލީޓް އާ ބެހޭ ގޮތުން މުއިއްޒު ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީ އާ މަޝްވަރާ ކުރުމަށް ފަހު ގެނެވޭނެ ބަދަލުތައް ބައްލަވާނެ ކަމަށެވެ.

ވެހިކަލް ރެޖިސްޓްރީ ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާ މަޝްވަރާ ކޮށްގެން މިހާރުން މިހާރަށް ހައްލު ކުރެވިދާނެ ކަންކަން ބައްލަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ބައްދަލުވުމަށް ފަހު މި ނޫހަށް މައުލޫމާތު ދެއްވަމުން ޑްރައިވަރސް އެސޯސިއޭޝަންގެ ރައީސް އިބްރާހީމް ނިޔާޒު ވިދާޅުވީ، ވަރަށް ގިނަ ދުވަސްވީ ކަންބޮޑުވުން ތަކެއް މަޝްވަރާ ނުކުރެވި، ހައްލުނުވެ ހުރި ކަންތައްތަކެއް ރައީސް މުއިއްޒު އާ ހިއްސާ ކުރެވުނު ކަމަށާއި، ރައީސް ވިދާޅުވި ގޮތަށް ކަންކަން އަވަސް ފުރުސަތެއްގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އަންގާރަ ދުވަހު ބޭއްވުނު ބައްދަލުވުމަކީ ހުސްވި އަހަރު އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ރައީސް އޮފީހަށް ރައީސް މުއިއްޒު އާ ބައްދަލު ކުރަން އެދި ޑްރައިވަރސް އެސޯސިއޭޝަނުން ހުށަހެޅި ހުށަހެޅުމަށް ހަމަ ޖެހުނު ބައްދަލުވުމެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޓެކްސީ ޑްރައިވަރުންގެ ޖަމްއިއްޔާއިބްރާހިމް ނިޔާޒްޓްރާންސްޕޯޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓުތަކުން މައްސަލަ ބަލާ ނިންމާނެ ތާރީޚު ކަނޑައަޅުއްވަނީ ވެސް ރައީސް މުއިއްޒު

ކޯޓުތަކުން މައްސަލަ ބަލާ ނިންމާނެ ތާރީޚު ކަނޑައަޅުއްވަނީ ވެސް ރައީސް މުއިއްޒު

22 ޑިސެމްބަރު 2025
ބިލެތްފަހި އެއަރޕޯޓުގެ ބިންހިއްކަން ގެނައި ޑްރެޖަރުން އަދި އެންމެ ވެލިފުކެއްވެސް ނާޅާ، ކުރާހާ ވެސް ކަމަކީ އޭގެ ދަބަރު ތެޅުން

ބިލެތްފަހި އެއަރޕޯޓުގެ ބިންހިއްކަން ގެނައި ޑްރެޖަރުން އަދި އެންމެ ވެލިފުކެއްވެސް ނާޅާ، ކުރާހާ ވެސް ކަމަކީ އޭގެ ދަބަރު ތެޅުން

22 ޑިސެމްބަރު 2025
މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

22 ޑިސެމްބަރު 2025
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް ވޯޓުލާން ޖެހުން ބަލައި ނުގަންނާނެ ކަމަށް މެމްބަރު ގަފޫރު ވިދާޅުވެއްޖެ

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް ވޯޓުލާން ޖެހުން ބަލައި ނުގަންނާނެ ކަމަށް މެމްބަރު ގަފޫރު ވިދާޅުވެއްޖެ

22 ޑިސެމްބަރު 2025
މޭޔަރ އާޒިމް، ރައީސް މުއިއްޒު އަށް: ވެރިކަމުގެ ހުވާ ކުރައްވައިގެން ހުންނަވާ ދޮގު ހެއްދެވުން ހުއްޓާލައްވާ!

މޭޔަރ އާޒިމް، ރައީސް މުއިއްޒު އަށް: ވެރިކަމުގެ ހުވާ ކުރައްވައިގެން ހުންނަވާ ދޮގު ހެއްދެވުން ހުއްޓާލައްވާ!

22 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު