Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިރިމަރަދޫ

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް ވޯޓުލާން ޖެހުން ބަލައި ނުގަންނާނެ ކަމަށް މެމްބަރު ގަފޫރު ވިދާޅުވެއްޖެ

22 ޑިސެމްބަރު 2025 | ހޯމަ 10:13

ހިރިމަރަދޫ ކައުންސިލް އުވާލައި އެރަށު ރައްޔިތުން ހަނިމާދޫ ކައުންސިލަށް ވޯޓުލާން ނިންމި ނިންމުމަކީ ޤާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނާ ހިލާފު ކަމެއް ކަމަށް މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވި. އިލެކްޝަންސް ކޮމިޝަނުން ނެރުނު ރިޕޯޓުގައި ހިރިމަރަދޫ އަކީ އިންތިޚާބީ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ރައީސް މުއިއްޒު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުވާން ދޮޅު އަހަރު ހޭދަވާނެ ކަމަށް.

ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 10:13
ހދ. ހިރިމަރަދޫ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ

ހދ. ހިރިމަރަދޫ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ

ހދ. ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫ ގައި ތިއްބާ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަށުގެ ކައުންސިލް އުވާލާ، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލް އަށް ވޯޓުލައްވަން އުޅޭ މައްސަލައިގައި މެމްބަރު އަބްދުލް ގަފޫރު މޫސާ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވާ، ރައްޔިތުންގެ މަޖިލީހުގައި ހިރިމަރަދޫ ތަމްސީލު ކުރައްވާ މެމްބަރު އަދި އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަބްދުލް ގަފޫރު މޫސާ ވަނީ އެކްސް ގައި ޕޯސްޓެއް ކުރައްވާފަ އެވެ.

Advertisement - newsAdvertisement

ގަފޫރު ވިދާޅުވީ، "ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުނުކޮށް، އެބޭފުޅުން ހިރިމަރަދޫގައި ދިރިއުޅެމުން ދަނިކޮށް އެރަށުގެ ކައުންސިލް އުވާލިކަމަށް ކަޑައަޅާ، އެރަށްޔިތުން ހަނިމާދޫ ރައްޔިތުންގެގޮތުގާ ވޯޓުލާން ނިންމާ ނިންމުމަކީ ޤާނޫނުއަސާސީއާއި، ލާމަރުކަޒީގާނޫނާއި ކަޑައެޅިގެން ހިލާފުކަމެއް،" ކަމަށެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން ގަފޫރުު ވިދާޅުވީ، މި ވާހަކަ މި ގޮތަށް ރަށުގެ ރައްޔިތުންނާ ހަމަ އަށް ވެސް ގޮސްފައިވާ ކަމަށާއި އެއާއެކު ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުން އޭނާ އާ ހަމަ އަށް ވެސް ގެނެސްފައިވާ ކަމަށެވެ.

"ސަރުކާރުން މި ގޮތައް ރައްޔިތުންނާ ހަމަ އަށް މައުލޫމާތު ދިނުމުން ރައްޔިތުންގެ ތެރޭގައި ކަންބޮޑު އުފެދޭނީ،" ގަފޫރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ ގޮތަށް އެކަން ކުރުމަކީ ހިރިމަރަދޫ ރައްޔިތުން ވެސް އަދި އޭނާ ވެސް އެއް ގޮތަކަށް ވެސް ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމުގައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދާއިރާތައް ކަނޑައެޅުމާ ބެހޭ ދާއިމީ ރިޕޯޓު އިލެކްޝަންސް ކޮމިޝަނުން 21 ޑިސެމްބަރު 2025 ގައި ނެރުނު އިރު ހދ. ހިރިމަރަދޫ އަކީ އިންތިޚާބީ ދާއިރާ އެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި އެރަށަށް ކައުންސިލަށް 3 މެމްބަރުންނާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އަށް 3 މެމްބަރުން ހޮވަން ޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.

މި އަހަރުގެ އޯގަސްޓް މަހު 24 ވަނަ ދުވަހު ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުވާން އަދި ދޮޅު އަހަރު ހޭދަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ދޮޅުއަހަރުގެ ތެރޭގައިވެސް ރައްޔިތުންގެ ކުރިއެރުމަށް ބޭނުންވާ ކަންކަން ފަހިކޮށްދީ ރައްޔިތުން ބޭނުންވާ ކަންކަމުގައި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހިރިމަރަދޫރައީސް ޑރ. މުހައްމަދު މުއިއްޒުއަބްދުލްގަފޫރު މޫސާހަނިމާދޫލޯކަލް ކައުންސިލްތައް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2025

މޭޔަރ އާޒިމް، ރައީސް މުއިއްޒު އަށް: ވެރިކަމުގެ ހުވާ ކުރައްވައިގެން ހުންނަވާ ދޮގު ހެއްދެވުން ހުއްޓާލައްވާ!

22 ޑިސެމްބަރު 2025
މޭޔަރ އާޒިމް، ރައީސް މުއިއްޒު އަށް: ވެރިކަމުގެ ހުވާ ކުރައްވައިގެން ހުންނަވާ ދޮގު ހެއްދެވުން ހުއްޓާލައްވާ!
22 ޑިސެމްބަރު 2025

ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް

22 ޑިސެމްބަރު 2025
ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް
22 ޑިސެމްބަރު 2025

ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި: އާދޭހާ އެކު ރައްޔިތުން އެދުނީ ރައްޔިތުންގެ އަޑު އެހުމަށް!

22 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި: އާދޭހާ އެކު ރައްޔިތުން އެދުނީ ރައްޔިތުންގެ އަޑު އެހުމަށް!
21 ޑިސެމްބަރު 2025

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު

21 ޑިސެމްބަރު 2025
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު
21 ޑިސެމްބަރު 2025

ޤައުމެއް ކުރިއަރައި ދިޔުމަށް އެ ޤައުމެއްގެ ބަޔަކީ އަޚުލާޤު ރަނގަޅު ހަރުދަނާ ބަޔަކަށް ވާން ޖެހޭ : ރައީސް

21 ޑިސެމްބަރު 2025
ޤައުމެއް ކުރިއަރައި ދިޔުމަށް އެ ޤައުމެއްގެ ބަޔަކީ އަޚުލާޤު ރަނގަޅު ހަރުދަނާ ބަޔަކަށް ވާން ޖެހޭ : ރައީސް
21 ޑިސެމްބަރު 2025

ސާޖިދާ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެމްޑީޕީ އިން ހައިކޯޓު ގައި އިސްތިއުނާފު ކޮށްފި

21 ޑިސެމްބަރު 2025
ސާޖިދާ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެމްޑީޕީ އިން ހައިކޯޓު ގައި އިސްތިއުނާފު ކޮށްފި
21 ޑިސެމްބަރު 2025

ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާ އިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލާނަން: ރައީސް މުއިއްޒު

21 ޑިސެމްބަރު 2025
ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާ އިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލާނަން: ރައީސް މުއިއްޒު
21 ޑިސެމްބަރު 2025

މިސަރުކާރުން ކުމުންދޫ ގައި ފެށި އެއްވެސް ކަމެއް އެންމެ އެދެވޭ ގޮތެއްގައި ކުރިއަކަށް ނުދޭ، ސިއްހީ މަރުކަޒުގެ ބާ އިމާރާތް ތަޅަމުން ދަނީ އެމްޓީސީސީ އިން ގެންގުޅޭ މަރުތޭލަކުން: ކައުންސިލް ރައީސް އަމީން

20 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް

20 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުތައް
20 ޑިސެމްބަރު 2025

ފްލެޓްތައް އަތުލަނީ ހިތު ހުރި ގޮތަކަށް! ދައުލަތުން ވީ އެއްބަސްވުމެއްގެ އަގެއް ނެތް؟

20 ޑިސެމްބަރު 2025
ފްލެޓްތައް އަތުލަނީ ހިތު ހުރި ގޮތަކަށް! ދައުލަތުން ވީ އެއްބަސްވުމެއްގެ އަގެއް ނެތް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް