Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވާނުވާ ބަންދު

ކޯޓުތަކުން މައްސަލަ ބަލާ ނިންމާނެ ތާރީޚު ކަނޑައަޅުއްވަނީ ވެސް ރައީސް މުއިއްޒު

ހޯމަ ވިލޭރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެއް އަހަރަށް ވުރެ ގިނަ ދުވަސް ވާނުވާ ބަންދުގައި ތިބި މީހުންގެ ކޯޓު މަރުހަލާތައް އަންނަ މާޗް މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް.

ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 13:17
ހުޅުމާލޭ ގައި ހުންނަ ޖަސްޓިސް ބިލްޑިންގ އެނެކްސް

ހުޅުމާލޭ ގައި ހުންނަ ޖަސްޓިސް ބިލްޑިންގ އެނެކްސް

ޝަރުއީ ކޯޓުތަކުން މައްސަލަތައް ބަލާ ނިންމާނެ ތާރީޚު ކަނޑައަޅުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވަފި އެވެ.

މި ގޮތުން ހޯމަ ވިލޭރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ވާނުވާ ބަންދުގައި ގިނަ ދުވަސް ވަންދެން ތިބި މީހުންގެ ޝަރީއަތް ނިމޭނެ ތާރީޚު މުއިއްޒު ވަނީ ދެއްވާފަ އެވެ.

ޝަރުއީ ދާއިރާ އަށް ނުފޫޒު ނުފޯރުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވާ ރައީސް މުއިއްޒު ވިދާޅުވީ، އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ވާނުވާ ބަންދުގައި ތިބި މީހުންގެ ކޯޓު މަރުހަލާތައް އަންނަ މާޗް މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށެވެ.

"އެއް އަހަރަށް ވުރެ ގިނަވެފައި ތިބި ފަރާތްތައް ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ކޯޓު މަރުހަލާތައް ނިމި، ކޮންމެސް ގޮތެއް ނިމޭ އެބަ. މާ ގިނަ ދުވަހެއް މި ކަމުގައި ނުވާނެ،" ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ވާނުވާ ގައި ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި މުއިއްޒު ވައުދުވެވަޑައިގެންފައިވީ ނަމަވެސް ސަރުކާރަށް 2 އަހަރު ވެގެން ދިޔަ އިރު ވެސް އެ ކަމަށް އެއްވެސް އަލިމަގެއް ފެނިފައި ނުވާތީ ގިނަ ބަޔަކު ރައީސް މުއިއްޒު އަށް އަންނަނީ ފާޑު ކިޔަމުންނެވެ.

ހޯމަ ވިލޭރޭގެ ބައްދަލުވުމުގައި ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، އެއް އަހަރަށް ވުރެ ގިނަ ދުވަހު ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަ ޝަރީއަތުން ނިމުމުން ވާނުވާގައި ތިބި އިތުރު މީހުންގެ މައްސަލަތައް ވެސް އެއަށް ފަހުގައި ކުރިއަށް ދާނެ ކަމަށެވެ. އޭގެ އިތުރަށް، މި މައްސަލަތައް ސަރުކާރުގެ ތެރެއިން ކުރެވެން އޮތް އެންމެ ރަނގަޅަކަށް އެޓާރނީ ޖެނެރަލް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުވާނުވާ ބަންދުއެޓަރނީ ޖެނެރަލް

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2025

ބިލެތްފަހި އެއަރޕޯޓުގެ ބިންހިއްކަން ގެނައި ޑްރެޖަރުން އަދި އެންމެ ވެލިފުކެއްވެސް ނާޅާ، ކުރާހާ ވެސް ކަމަކީ އޭގެ ދަބަރު ތެޅުން

22 ޑިސެމްބަރު 2025
ބިލެތްފަހި އެއަރޕޯޓުގެ ބިންހިއްކަން ގެނައި ޑްރެޖަރުން އަދި އެންމެ ވެލިފުކެއްވެސް ނާޅާ، ކުރާހާ ވެސް ކަމަކީ އޭގެ ދަބަރު ތެޅުން
22 ޑިސެމްބަރު 2025

މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

22 ޑިސެމްބަރު 2025
މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި
22 ޑިސެމްބަރު 2025

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް ވޯޓުލާން ޖެހުން ބަލައި ނުގަންނާނެ ކަމަށް މެމްބަރު ގަފޫރު ވިދާޅުވެއްޖެ

22 ޑިސެމްބަރު 2025
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް ވޯޓުލާން ޖެހުން ބަލައި ނުގަންނާނެ ކަމަށް މެމްބަރު ގަފޫރު ވިދާޅުވެއްޖެ
22 ޑިސެމްބަރު 2025

މޭޔަރ އާޒިމް، ރައީސް މުއިއްޒު އަށް: ވެރިކަމުގެ ހުވާ ކުރައްވައިގެން ހުންނަވާ ދޮގު ހެއްދެވުން ހުއްޓާލައްވާ!

22 ޑިސެމްބަރު 2025
މޭޔަރ އާޒިމް، ރައީސް މުއިއްޒު އަށް: ވެރިކަމުގެ ހުވާ ކުރައްވައިގެން ހުންނަވާ ދޮގު ހެއްދެވުން ހުއްޓާލައްވާ!
22 ޑިސެމްބަރު 2025

ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް

22 ޑިސެމްބަރު 2025
ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް
22 ޑިސެމްބަރު 2025

ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި: އާދޭހާ އެކު ރައްޔިތުން އެދުނީ ރައްޔިތުންގެ އަޑު އެހުމަށް!

22 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި: އާދޭހާ އެކު ރައްޔިތުން އެދުނީ ރައްޔިތުންގެ އަޑު އެހުމަށް!
21 ޑިސެމްބަރު 2025

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު

21 ޑިސެމްބަރު 2025
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު
21 ޑިސެމްބަރު 2025

ޤައުމެއް ކުރިއަރައި ދިޔުމަށް އެ ޤައުމެއްގެ ބަޔަކީ އަޚުލާޤު ރަނގަޅު ހަރުދަނާ ބަޔަކަށް ވާން ޖެހޭ : ރައީސް

21 ޑިސެމްބަރު 2025
ޤައުމެއް ކުރިއަރައި ދިޔުމަށް އެ ޤައުމެއްގެ ބަޔަކީ އަޚުލާޤު ރަނގަޅު ހަރުދަނާ ބަޔަކަށް ވާން ޖެހޭ : ރައީސް
21 ޑިސެމްބަރު 2025

ސާޖިދާ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެމްޑީޕީ އިން ހައިކޯޓު ގައި އިސްތިއުނާފު ކޮށްފި

21 ޑިސެމްބަރު 2025
ސާޖިދާ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެމްޑީޕީ އިން ހައިކޯޓު ގައި އިސްތިއުނާފު ކޮށްފި
21 ޑިސެމްބަރު 2025

ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާ އިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލާނަން: ރައީސް މުއިއްޒު

21 ޑިސެމްބަރު 2025
ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާ އިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލާނަން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު